ހދ. ހަނިމާދޫ ގައި މީހަކު ރަހީނު ކޮށްފިއެވެ.

މި މީހާ ރަހީނު ކޮށްފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހު އެވެ. ރ

ފުލުހުން ވިދާޅުވީ، ޑިސެންބަރު 1 ވަނަ ދުވަހުގެ ވަގުތެއްގައި ހަނިމާދޫގައި 22 އަހަރުގެ ފިރިހެނަކަށް ބަޔަކު ބިރުދައްކައި އަނިޔާކޮށް ރަހީނުކޮށްގެން ގެންގުޅޭ ކަމުގެ މައްސަލައެއް ހުށައެޅި ކަމަށެވެ.

ފުލުހުން ވިދާޅުވީ، ރަހިނުކޮށްފައި ވާ މީހާ ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސް ދިނީ ފުލުހުން ކަމަށެވެ.

އަދި އޭގެ އަނެއް ދުވަހު އެ މައްސަލަ އާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވި އެވެ.

އަދި މި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މި ދެ މީހުންގެ ބަންދަށް 10 ދުވަސް ދީފައިވާ ކަމަށް ފުލުހުން ވިދާޅުވި އެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.