އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މުހިއްމު 4 މަޝްރޫޢެއްގެ އެއްބަސްވުމުގައި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ބައިވެރިވެވަޑައިގެންނެވިއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީ ވެސް ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

އިންޑިއާ އާއެކު ރާއްޖެއިން މިއަދު ވި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީގެ 3 ސަރަޙައްދެއްގައި "ގޭދޮށު މަސް ޕްލާންޓް" ނަމުގައި މަސް ޕްރޮސެސް ކުރާ ޕްލާންޓުތައް ޤާޢިމުކުރުމުގެ އެއްބަސްވުމަކާއި އިންޑިއާގައި ބޭނުންކުރާ ޕޭމެންޓު ކާޑެއް ކަމަށްވާ "ރުޕޭކާޑު" ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ރާއްޖެއަށް ތަޢާރަފުކުރުމާ ބެހޭ އެއްބަސްވުމަކާއި، މާލެ ސިޓީގެ މަގުތަކުގައި ލެޑް ލައިޓް ހަރުކުރުމުގެ މަޝްރޫޢު އިފްތިތާހު ކުރުމުގެ އެއްބަސްވުމާއި، އިންޑިޔާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރާ ކަނޑު 'އިންޓަރސެޕްޓަރ' އުޅަނދު، "ކާމިޔާބު" ރާއްޖެއާ ރަސްމީގޮތުން ހަވާލުކުރުމުގެ އެއްބަސްވުމެވެ.

މި ރަސްމިއްޔާތުގައި ރައީސް ޞާލިހު ވަނީ ރާއްޖެއާއި އިންޑިއާއާ އޮތް ގާތް ގުޅުން ފާހަގަކުރައްވާ އިންޑިއާއިން ރާއްޖެއަށް އަބަދުވެސް ވެދެއްވާ އެހީތެރިކަމަށް އެޤައުމަށް ޝުކުރު ދަންނަވާފައެވެ. އަދި އެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯޑީ ކުރައްވާ މަސައްކަތްތަކަށް އޭނާއަށްވެސް ޚާއްސަ ޝުކުރެއް ރައީސް ދެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިގޮތަށް އަނގައިން ހިންގާ މަޝްރޫޢުތައް ރަނގަޅަށް ނުހިނގާނެ، ދެންޖެހޭނީ ހުއްޓުވަލަން.
    ދެންޖެހޭނީ ބަދަލުދޭން، އެއީ މިގައުމުގެ މިނިވަންކަން ކަމަށްވެސްވެދާނެ. ބަދަލުގެ ގޮތުގައި މިގައުމުގެ މިނިވަންކަން ވެސްދޭން. ދޭން ޖެހިދާނެ. ވީޑިއޯ ކޮންފަރެންސް ތަރަގީއަށްއަށްވުރެ ރަނގަޅި ބުރިޖު ތަރައް

  2. އަލީ ޒުބައިރު

    ދިވެހިން ބޭނުން ވާނެހެން ހީނުވޭ އިންޑިއާގެ އަޅުވެތިކަމުގެ ދަށުގައި ތިބުމައް ދިވެހިން ބޭނުންވަނީ މިނިވަން ކަމާ އުލާ އެކުގައި މިގައުމުގައި އުޅެން . ތިޔަކާރޑަކީ 2000ހާ އިންޑިއަން އާބާދީ އެއް އައްޑޫ ގައި ފަހަރުގައި އުޅެމުން ގެންގޮސްފާނެ އަދި ރާއްޖޭގައި އުޅެމުންދާ އިންޑިއާ މީހުން ނައް ޜައްޖޭގައި ލިބެމުންދާ އާމްދަނީން ޓެކުސްގެ ނިޒާމުގެ ތެރެއިން ދައްކަންޖެހޭ އެތި ކުޑަވެގެން ހިނގާދާނެ ތިކަމުން ފާއިދާކުރާނީ އެމީހުން ނޫނީ އެވެރިންގެ ބޭންކައް.

  3. މަޝްރޫޢު.

    އެހީގެ ގޮތުގަދޭ ލޯނަްޗެއް ހަވާޅުކޮށްލުންވެސް އެެީ މަޝްރޫ އެއްތަ؟އެއީ މަޝްރޫ އެެއްކަމަށް ވަންޏާ އިންޑިޔާގެ މިލިޔަނެއްހާ ސިފައި ތި ލޯންޗްބަލަހައްޓަން ރާއަޖޭގަ ބާތިއްބަން ޖެހޭނެ. މީކީ އެހީއެއްނޫން އަޅުވެތިކުތުން. މިކަމުގެ އަދަބު މިސަރުކާރަށް ދޭނެ. އިންޝާ ﷲ.

  4. ބުރޯ

    މަސްރޫއުގާ ސޮއިކުރި ފޮޓޯތައްކޮބާ ؟

  5. ބުނަން.....

    ތިޔައީ ވާ މުހިއްމޭ ބުންޏަސް މުހިއްމު މަސްރޫޢުތަކެއް! ދިވެހިންނަކީ ގުނބޯލުންކަމަށްތަ މި ބައިގަނޑު މި ހީކުރަނީ؟