ފާއިތުވެދިޔަ އަހަރަކީ ރާއްޖޭގެ ޑިމޮކްރެސީ އާއި ތަރައްޤީގައި ތާރީޚީ އަހަރެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މިގޮތަށް ވިދާޅުވީ އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މުހިއްމު 4 މަޝްރޫޢެއްގެ އެއްބަސްވުމުގައި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މިއަދު ސޮއި ކުރެވިގެން ދިޔަ ރަސްމިއްޔާތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސް، އިބްރާހީމް މުހައްމަދު ޞާލިހުގެ އިތުރުން ކެބިނެޓުގެ ބައެއް ވަޒީރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.

"ފާއިތުވެދިޔަ އަހަރަކީ އިންޑިއާ-ރާއްޖޭގެ ގުޅުންވެސް އިތުރަށް ބަދަހިވެގެން ދިޔަ އަހަރެއް، މިހާރު ދެ ޤައުމުގެ ދޭދޭ ރައްޔިތުންގެ ގުޅުންވެސް އިތުރަށް ވަރުގަދަ ވެއްޖެ. ރާއްޖެއަށް ޒިޔާރަތް ކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދުވެސް ދެގުނައަށް އިތުރުވެގެން ގޮސްފި. މިހާރު އިންޑިއާ އަކީ ރާއްޖެއަށް 2 ވަނަ އަށް އެންމެ ގިނަ މީހުން ޒިޔާރަތް ކުރާ ޤައުމު." މޯދީ ވިދާޅުވިއެވެ.

ރާއްޖޭގެ އަސްކަރިއްޔާ އަށް އިންޑިއާގެ ފަރާތުން ހަދިޔާ ކުރެއްވި 'އިންޓަސެޕްޓަރ' ކަނޑު އުޅަނދު، "ކާމިޔާބު" އާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ އެއީ އިންޑިއާގެ އުފެއްދުމެއް ކަމަށާއި، އެ އުޅަނދު ހަދާފައިވަނީ ވެސް އޭނާގެ އުފަން ޝަހަރުގައި ކަމަށެވެ. އެ އުޅަނދަކީ ރާއްޖޭގެ ކަނޑުގެ ސަލާމަތަށާއި، ފަތުރުވެރިކަމަށްވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެ އުޅަނދަކަށް ވާނެ ކަމަށް މޯދީ ވިދާޅުވިއެވެ.

އިންޑިއާ އާއެކު ރާއްޖެއިން މިއަދު ވި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީގެ 3 ސަރަޙައްދެއްގައި "ގޭދޮށު މަސް ޕްލާންޓް" ނަމުގައި މަސް ޕްރޮސެސް ކުރާ ޕްލާންޓުތައް ޤާޢިމުކުރުމުގެ އެއްބަސްވުމަކާއި އިންޑިއާގައި ބޭނުންކުރާ ޕޭމެންޓު ކާޑެއް ކަމަށްވާ "ރުޕޭކާޑު" ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ރާއްޖެއަށް ތަޢާރަފުކުރުމާ ބެހޭ އެއްބަސްވުމަކާއި، މާލެ ސިޓީގެ މަގުތަކުގައި ލެޑް ލައިޓް ހަރުކުރުމުގެ މަޝްރޫޢު އިފްތިތާހު ކުރުމުގެ އެއްބަސްވުމާއި، އިންޑިޔާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރާ ކަނޑު 'އިންޓަރސެޕްޓަރ' އުޅަނދު، "ކާމިޔާބު" ރާއްޖެއާ ރަސްމީގޮތުން ހަވާލުކުރުމުގެ އެއްބަސްވުމެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ކިނބޫ

    ރޭޕިސްތާނަށްވުރެވެސް ކުރިއެރީ!؟ އަހަރެމެންގެ ކަންތައް އަވަދިވެ ނިމިއްޖެތާ. ދެރަވަރު ކަމެއްް.

    56
    1
  2. ޅަހޮއްކޮ

    މީ އަހަރެމެން ދިވެހިން އަމިއްލައައް ބޭނުންވެގެންބުއި ބޮޑި މީ އަދި ފެށުމެއް ކުރިޔައްއޮތް ދުވަސްތަކުގަ މީގެއަދިއެތައްކަމެއްހިނގާނެ ފެންނާނެ އިންޑިޔާގެރުޕީސްވެސް މިޤައުމުގެ ވިޔަފާރީގަ ދައުރުވާތަން މަޑުމަޑުން ނިކުންނަމުންގޮސް މިނިވަންކަން ގާދޫކޮލުން ނިކުމެގެންދާތަން އޭރުން ހިންދިރުވައިގެން ނޯށުންރޯންތިބެންޖެހޭނީ

    32
    2
  3. ޣެހެ

    ބޮޑު ޖޯކު

    32
    1
  4. ޢަޒްރާ ޢަލީ

    ކޮންމެ ދުވަހަކު އެތައް ރޭޕެއް އެހެނިހެން ގައުމުތަކައް ދެއްކޭނީ ކޮން ނަމޫނާއެއް ގެރި މޯދީ ﷲ ގެ އިރަދަފުޅާ މިންވަރު ފުޅުން މޯދީއާއި ކިނބޫ ސޯލިހުގެ ނިމުން ވ ގާތްވާނެ ހިތި ގޮތަކައް ނިމިގެން ދާނެ

    29
    1
  5. ސަޒާ

    ތިސޮއިކުރެވުނީ ބޮޑެތި މެގަޕްރޮޖެކްޓް ތަކެއްގައި. ދެން އެހެންކަމަމާ ވިސްނާނެ ކަމެއްވެސް ނެތް.

    26
  6. އަބުދުލް ﷲ

    ތިކަން ދެނެ ހުރި މީހަކު އެބަހުރިބާ
    މީ ބޮލީވުޑްގެ ފިލުމެއްބާ

    28
    1
  7. ސޯނަމް ޕޫރޕޫރީ

    ހަހަހަހަހަހަހަހަހަހަހަ ހެހެހެހެހެހެހެހެހެހެ މޯދީ މީ ފައްކާ ޖޯކަރެއް

    26
    1
  8. ބޮޑަސޭނާ

    ފާއިތުވި އަހަރަކީ އޑި ކުރިޔަށް އޮތް 3 އަހަރަކީވެސް އިންޑިޔާ އުނގަށް ވެއްޓި އިންޑިޔާ ބުނާގޮތަށް މިގައުމު ހިންގަން ލިބުނު އަހަރެއް!

    34
    1
  9. ކޮބާކަލޭ

    އެހެންވިއްޔާ ތިޔައީ ދެލޯކަނު ދެކަންފަތް ބީރު ގެރިމޯދީއެއް!!

    29
    1
  10. ދެންހަމަ

    އިބުރާހިމްސޯލިހު ތީނައަތުހިފައިގެން ތިހާއުފާވެފަ ތިހުރީ ބަބުރީ މިސްކިތް ތަޅާލާފަ އެތަނުވަ ފައްޅިއެއް އަޅާތީދޯ ލަދުން ބޯހަލާކު ތިޔަދެމީހުނައްވެސް ހަލާކުހުރި!

    27
  11. ނަގޫރޯޅި

    ތެދެއް ތީ އިންޑިޔާ ބޭނުންވާ ގޮތައް އިންޑިޔާގެ މުށުތެރޭގަ އޮތްވާހަކަ. ދިވެހި އާންމު ފަރުދަކައް ވީ ރަނގަޅެއްވެސް ވީ ފައިދާއެއްވެސް ނެތް. އެކަމު ޕާޓީ އަށާއި ޕާޓީގެ ބައެއް އެކްޓިވިސްޓުން 322.6 މިލިޔަން ދޮވެނިންމާލި. އާއާއިލާ އެންމެނާ ގޭ ހުރިހާ ކުދިންނައް ރައްޔިތުންގެ ޓެކްސްފައިސާއިން މަހަކު 3 މިލިޔަން އެކި ނަންނަމުގަ ހަރަދުވެ.

    23
  12. ޅަރަ

    ކިތައް ބޭފުޅުން ނައްތޯ އަޅައިގަތީ މޯދީ ވިދާޅުވި އެއްޗެއް، "މީ ދިވެހި ސަރުކާރައް ދިން އެއްޗެކޭ". ވިދާޅުވީ.
    އަސްލޫ ދިވެހި ރައްޔިތުނައް ދޯ ދޭން ވާނީ.

    18
  13. މަބޭ

    ލަންކާއައްގެއާސަރުކާރުއައުމުން ބާރުނުފޯރުވޭނެތީ ރާއްޖޭގެމައްޗައް އަތްގަދަކުރަން ފެށީ

  14. Anonymous

    ކައުންސިލް އިންތިޚާބަށް އައްޑޫ ކުދިން ގަޅި ހައްދަން ރޯނު ދަމާލީ. ދެން ދެގެދޭތެރޭ މަސްފެކްޓަރީ، ކަންތަކާ ޖެހުނީ. ހުވޭ މިބުނީ ނަމުން މާ ތަޢުލީމީ ކަމަށް ހެދިގެންއުޅޭ ރަށެއްގެ ބައެއް، އެކަމަކު އެތެރެ ހަމަ މީދާކޭ އުނބުތަކެއް. ކީއްކުރާނީ. ދެން ބޮނޑިބަތް ކައްކައިގެން ކައިފަ ހަތަރެސްފައި ޖަހާ.

  15. ފަޑިޔާރު

    ޢެއްވެސް މީހަކު އަޖާއިބު ވެ މިހިނގި ކަންތަކީ އެހާ އޮއްޓަރެެެއް ހުރި ކަމެއްކަމަށް ހީކުރާކަށް ނުޖެހޭ. ކޯސްޓު ގާޑަކީ ސަރުކާރުން ބޮލުގާ އަޅޭ އިތުރު ޚަރަދެއް އިންޑިއަން ރުޕީސް ނެގޭ ޢޭޓިެއްމް ކާޑަކުން ކުރާނެ މާބޮޑު ކަމެއް ދިވެހި ރު ފިޔާ އުވާލާ އިންޑިއަން ރުޕީސް އަށް ކަރަންސީ ބަދަލު ނުކުރަންޏާ ނޮއޮންނާނެ. މަސް ފެކްޓަރީ އޭ ކިޔާ ފާ މަސްކައްކާނެ ތަނެއް ހެދިޔަސް އެކައްކާ މަސް އިނޑިޔާއިން ނުގަންނަންޏާ އެދެވޭ ނަތީޖާއެއް ނުނިކުންނާނެ. ޢިންޑިޔާއިން ކަމެއް ކޮށްދެންޏާ ކުރަން ޖެހެނީ އިންޑިޔާގެ ބައެެއް މަސައއްކަތް ރާއްޖެއިން އަށް އައުޓް ސޯސް ކުރުން

  16. ލޯބިވާ ގެރި

    މޯދީ ހުންނަނީ ހަމަހޭގައެއް ނޫނޭ އޭނަގެ މިތުރުންހެން. އެމީހުން ދައްކާ ވާހަކަ އަޑުއަހާނީ އެކަހަލަ ސިކުނޑީގެ އެއްބައި ރަލުން ޖަރީކުރާ މީހުން. ބަހައްޓާ އެމީހުން އެމީހުންގެ ގޮތުގައި

  17. ޢަލީ

    ރާއްޖެއާމެދު ނުވިސްނާ ޅަކުދިންނާއި އަންހެނުން ރޭޕްކުރުމުގެ މައްސަލަ ހައްލުކުރަންވީނު ކަލޯމެންގެ ރަށުގައި. ހައްދު ފަަހަނަ އަޅާ ފާވާ ބައެއް ތިޔައީ. ނުރައްކާތެރި ބައެއް

  18. ާަބިޖޫ

    ކަނޑުގެރި އފ ކ މޯދީ އާއި އަބްރަހާ އާއި ދެގެރިން ގައުމެއްހަލާކް ކޮއްލަން ރާވައިފި ނިބޫ އަބްރަހާގެ ވެރިކަމެއްގަ ސްޓިކާ އެއްނުޖަހާނަމޭބުނެ ދޮގު ވައުދުވީ އަބްރަހާ އަކީ ވޯޓެއްދޭވަރުގެ ބީތާއެއްނުން

  19. އައްޗި

    ފާއިތުވި އަހަރަކީ އެގަންޖާ 19ރާއޖެއަށް ރެކޯޑު އަދަދަކަށް އެގަންޖާ އެތެރެވި އަހަރެކެވެ.

  20. ބުނަން.....

    ތެދެއް... ޢަނިޔާވެރިކަމާއި ޚުދުމުޚްތާރުކަން ހައްދުފަހަނައާޅާފައި، ތަރައްޤީގައި ވީކަމެއް ޙަރާމުން ޙަރާން މީ ހަމަ ނަމޫނާ އަހަރެއް ވައިސަރީ........ ލަދުކުޑަކަން.....

  21. މިއަދު

    2019 ވަނައަހަރަކީ އިންޑިޔާގެގެރަޢިއްޔަތުންނަށް ވވ ހިތާމަވެރިއަހަރެއް އިންޑިޔާރަޢިއްޔަތުންގެ ހައްގުތައް ހޯދަދިނުމުގެ ބަދަލުގައި މޯދީ މަސައްކަތްކުރަނީ ރައްޖޭގައި ލާދީނީ ފިކުރު ތަރައްގީކުރުމަށް