ނައިބު ރައީސް އިންޑިއާ އަށް ވަޑައިގެންފި

ނައިބު ރައީސް ފައިޞަލް ނަސީމް، ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް ވަޑައިގެންފިއެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި އެޤައުމުގެ ކެރަލާ އަދި ކަރުނާޓަކާ ސްޓޭޓަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

ނައިބު ރައީސްގެ ދަތުފުޅާއި ބެހޭ ތަފްސީލެއް ނުދެއްވާ ރައީސް ރައީސް އޮފީހުން ވިދާޅުވީ ނައިބު ރައީސްގެ މިދަތުރުފުޅުގައި، ދެޤައުމުގެ ރައްޔިތުންގެ މެދުގައިވާ ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ދެޤައުމުގެ ދޭދޭ ގުޅުންތައް ހަރުދަނާކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން މިދަތުރުފުޅުގައި އިންޑިޔާގައި ދިރިއުޅޭ ދިވެހި ޢާއިލާތަކާ ނައިބު ރައީސް ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސް ޞާލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ.

އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މުހިންމު 4 އެއްބަސްވުމެއް ބަދަލުކުރެއްވުމުގެ ރަސްމިއްޔާތެއް މިއަދު ވެސް ވަނީ ބާއްވާފައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ބަދަލުކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި އައްޑޫ ސިޓީގެ 3 ސަރަޙައްދެއްގައި "ގޭދޮށު މަސް ޕްލާންޓް" ޤާޢިމުކުރުމުގެ އެއްބަސްވުމަކާއި ރުޕޭކާޑު ރާއްޖޭގައި ތަޢާރަފުކުރުމާ ބެހޭ އެއްބަސްވުމާއި، މާލޭގެ މަގުބައްތިތައް ލެޑް ބައްތިއަށް ބަދަލުކުރުމުގެ މަޝްރޫޢު އިފްތިތާޙްކުރުމުގެ އެއްބަސްވުމާއި، އިންޑިޔާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރާ ކަނޑު އުޅަނދު ރާއްޖެއާ ރަސްމީގޮތުން ޙަވާލުކުރުމުގެ އެއްބަސްވުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބިޖޫ

    ނައިބުރައީސް ހޫނުގެރި ކާން ގެރިމޯދީގާތައްހިނގައްޖެ
    ގެރީގެ ކިރުފެލަން ދަސްކުރަން ގެރިމޯދީގެގާތައްދިޔައީ ދެން ކިރުބޮއިބޮއި އޮވޭތިތާގަ

  2. ތުމްސޭ

    ކަލެއާ ޞޯލހހާ ދެމީހުން ތިބޭ ދަތް ދިލުވާފަ ދަތުރުކުރަން. ކަލޭމެނަށް ވެރިކަން ދިނީ ވޯރލްޑް ޓުއަރ އެއް ހަދާލަން.

  3. ޒާ

    މީނާ މިދިޔައީ އަނެއްކާ ކޮންފަދަ ނުރައްކާތެރި ކަމެއް ފަށާ އެއްބަސްވުމެއްގައި ސޮއިކުރަންބާ؟ އިންޑިއާއިން ބޮޑެތި އެހީތަކެއް ދިންކަމަށް އިއްޔެ ނޫހެއްގެ ފަލަ ސުރުޙީގައި ޖަހާލާފައި އޮތުމުން މަ އޭތި ކިޔާލި އިރު ދީފާ ހުރި ބޮޑެތި އެހީތައް ފެނިފައި އައީ ހިނި.

  4. ާައަސްލަމް

    ފަސްއަހަހަރު ވަންދެން ފުއްޕާ ދެންޖަލަށް

  5. އަށްޑޫ މޮޔަމީހާ

    ގެރިމޯދި ޓައުންއަކަށް އަށްޑޫ ހަދާ ނިންމާފި. މިލިޓަރީ ޓުރެއިނިން ސެންޓަރ އަކަށް އަށްޑޫގެ އެއްމެ ސަޅި ސަރަހަށްދު ދީފަ، ބާކީ އޮތްތަނުގަ ގެރިމޯދި މަސް ފެކްޓުރީތައް، އެތަނުގަ މަސަކަތް ކުރަން ގެރިމޯދި ރަށްޔިތުން، ހޮސްޕިޓަލަރ އެތަނުގަ މަސަކަތް ކުރާ ގެރިގުއި މީހުން، ސުކޫލްތަކާ އެތަނުގަ މަސަކަތް ކުރާ ގެރިމޯދި މީހުން، ބަލަ ބަލާ ތިއްބާ މުޅި އަށްޑޫ ޓޭކު އޯވާ ކުރާތަން މިފެންނާނީ.. އަށްޑޫ މީހުން ވާނުވާގަ!

  6. ދެންހަމަ

    އަނެއްކާ ނައިބުރައީސް ތިހެންފޮނުވަމުންގޮސް އޭނާގެ ދުވަސްދުއްވާނުލާތި؟