ވަގުތު ލައިވް

އިންޑިއާއިން ރާއްޖޭގައި ފެށި "ބޮޑެތި މަޝްރޫޢުތަކަށް" ސައީދުގެ މަލާމާތް

އިންޑިއާ އިން މިއަދު ރާއްޖޭގައި ފެށީ "ބޮޑެތި މަޝްރޫޢުތަކެއް" ކަމަށް ސަރުކާރަށް ތާއިދުކުރާ ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމުންނާއި އަދި ސަރުކާރުގެ ބައެއް ވެރިން ވެސް އެއީ ބޮޑެތި މަޝްރޫޢުތަކެއްގެ ގޮތުގައި ސިފަ ކުރެއްވުމުން ކުރީގެ އިކޮނަމިކް މިނިސްޓަރ މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު "މަލާމާތް" ކުރައްވައިފިއެވެ.

ސައީދު ވަނީ އެއީ ހަޤީޤަތުގައި ވެސް ބޮޑު މަޝްރޫޢުތަކެއްތޯ ސުވާލު ކުރައްވާ ޓްވީޓެއް ކުރައްވާފައެވެ.

ސައީދަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ގިނަ ބޮޑެތި މަޝްރޫޢުތައް ހިންގުމަށް އެންމެ ގިނަ މަސައްކަތް ކުރެއްވި އެއް ވަޒީރެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙާއި އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެ ވަޑައިގެން ވަނީ ހަތަރު އެއްބަސްވުމެއް ދެގައުމުގެ ދެމެދުގައި ބަދަލު ކުރައްވާފައެވެ.

ކޯސްޓްގާޑަށް "ކާމިޔާބު" ކަނޑު އުޅަނދު ހަދިޔާކުރެއްވުން

މި ރަސްމިއްޔާތުގައި ފުރަތަމަ އޮތީ އިންޑިޔާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރި ކަނޑު އުޅަނދު " ކާމިޔާބު" ދިވެހި ސަރުކާރާ ހަވާލުކުރުމެވެ. މި އުޅަނދާގުޅޭ ލިޔެކިއުންތަކާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެ ވަޑައިގެންނެވީ ދިފާޢީ ވަޒީރު އަލް އުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ.

އައްޑޫ ސިޓީގެ 3 ރަށެއްގައި "ގޭދޮށު މަސް ޕްލާންޓް" ޤާޢިމުކުރުން

މި ރަސްމިއްޔާތުގައި ދެން ބަދަލުކުރެވުނީ އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީގެ 3 ރަށެއްގައި "ގޭދޮށު މަސް ޕްލާންޓް" ޤާޢިމުކުރުމާގުޅޭ އެއްބަސްވުންތަކެވެ. މި ތިން އެއްބަސްވުމުގެ މަޤްޞަދަކީ އައްޑޫ ސިޓީގައި މަސް ޕްލާންޓްތައް ބަހައްޓައި، ކަނޑުމަސް ގަނެ، ޕްރޮސެސްކޮށް، އަގު އެއްކުރެވޭ ބާވަތްތައް އުފެއްދުމެވެ.

ރާއްޖޭގައި އިންޑިޔާގެ ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތަށް ހެދުން

މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ތިންވަނައަށް ބަދަލުކުރެވުނު އެއްބަސްވުމަކީ ރާއްޖޭގައި އިންޑިޔާގެ ރުޕޭކާޑު ބޭނުންކުރުމާގުޅޭ އެއްބަސްވުމެވެ. މި އެއްބަސްވުން ބަދަލުކުރެވުނީ ބޭންކް އޮފް މޯލްޑިވްސްއާ އިންޑިޔާގެ ލީޑް އޮފް އިންޓަރނޭޝަނަލް އެލަޔަންސް އޮފް ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަނާއި ދެމެދުއެވެ.

މާލޭގެ މަގުބައްތިތައް ލެޑްބޮކީގެ ބައްތިތަކަކަށް ބަދަލުކުރުމުގެ މަޝްރޫޢު

މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ބަދަލުކުރެވުނު އަނެއް އެއްބަސްވުމަކީ މާލޭގެ މަގުބައްތިތައް ލެޑްބޮކީގެ ބައްތިތަކަކަށް ބަދަލުކުރުމުގެ މަޝްރޫއާބެހޭ އެއްބަސްވުމެވެ. މި މަޝްރޫޢުގެ ދަށުން މާލޭގެ މަގުބައްތިތައް ތިމާވެއްޓާ ރަހުމަތްތެރި ލެޑްބޮކީގެ މަގުބައްތިތަކަށް ބަދަލުކުރެވިގެންދާނެއެވެ. އެގޮތުން މިއެއްބަސްވުމުގެ ދަށުން 2500 މަގުބައްތި ލެޑުބައްތިއަށް ބަދަލުކުރެވޭނެއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު މި ބޭއްވެވި ރަސްމިއްޔާތަކީ ދިވެހި ސަރުކާރާ ދޭދޭ ޤައުމެއްގެ ސަރުކާރަކާއެކު މިގޮތަށް ބޭއްވެވި މިފަދަ ފުރަތަމަ ރަސްމިއްޔާތެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އަބޯ

    މިއީ ކޯންޗެއް ؟ އަގުޑި ބަގުޑި ؟ލަދުން ބޯހަލާކު 2500 ބޮކި ލަދު ކޮބާ ؟

    75
    1
  2. ކަނަމަނަ

    ޢިންޑިޔާމީހުން ދިވެހިންގެ ބޯގޮއްވަނީ އެމީހުނައް އެގޭ ދިވެހިން ހެއްދިދާނެކަން ވަރައް ފަސޭހައިން

    70
  3. މިކަންމައް ނިވޭހެ

    މިސަރުކާރައް1އަނހަރުވީއިރު ހިންގަންފެށި އެންމެބޮޑެތި ޕްރޮޖެކުޓްތައް 1 ގޭދޮށު މަސްޕްލާންޓް 2 އިންޑިިޔާގެ ރުޕޭކާޑުބޭނުންކުރަންފެށުން 3 މާލޭމަގުމަތީގަ 2500 ލެޑުބައްތިހަރުކުރުން މީއަދިމިހާތަނައް މިޤައުމުގަނުހިންގޭވަރު ބޮޑަތި ޕްރޮޖެކުޓްތައް އެވެސް ބޮޑުބުދުގެ އެނހީގަ އެވެސް ލޯކަލް ކައުންސިލް އިންތިޚާބައް

    19
  4. ނޫސްކިޔާމީހާ

    ގޭދޮޝު މަސްޕުލާމްޓް ތިކަމުގެ ރިޒަލްޓަކަށްވާނީ ހަމަ ބޮޑު ސުމެއް.

    17
  5. އަލީ ޙުސައިން

    މި ރަސްމިއްޔާތައް އެކަނި 7 މިލިޔަން ދިވެހި ރުފިޔާ ސަރުކާރުގެ ބަޖެޓުން ޚަރަދުކުރި އިރު މި ޕްރޮޖެކްޓްގެ އަގު މާ ކުޑަ. ޥަޓް އަ ޖޯކް!

    18
  6. ސުޢޫދު

    ޢެބައެއްގެ ސައިޒުން އެބަޔަކު ބޮޑު ކުޑަމިން ބަލާނީ ބޮޑުއިންޑިޔާއައްވުރެ މާބޮޑެތި މަޝްރޫއުތައް ދިވެހި ވިޔަފާރިވެރިއާ އަދި ޑރޕ ލީޑަރު ޗެއާމަން ރައީސުންގެ އެޑްވައިޒަރް އިއްޒައްތެރި މެންބަރް ދިވެހިރާއްޖޭގެ އެއްމެ ބޮޑުކޯލިޝަނުގެވެސް ލީޑަރެއް ރައީސަކައްވުމުގެ ފުރުސަތުވެސްބޮޑު ޖާބިރް ވަނީހިންގާފަ ދޯސާއަކައްވުރެ ބޮޑެތި މަޝްރޫޢުތަކެއް ހިންގާފަވަނީ އެކިއަތޮޅުތަކުގަ

    11
  7. ައަލި

    ރަތްޔަތުން ގުބޯހައްދާ ދެ ރައިސުންނަށް ސާބަސް

    46
  8. ސައިލް

    މިމީހުންނަކައް ރައީސް ޔާމީން ގެނެސްދެއްވާކަހަލަ ޒަމާނީ ސުޓައިލިޝް މެގާ ޕުރޮޖެކްޓުތަކެެއް ނުގެނެވޭ.. މި ދައަކަނީ އަދިވެސް ގެދޮށު މަސްކައްކާ ބަދިގެއާއި އޮޑި ދޭވާހަކަ.. ބަލާބަލަ ޔާމީނު ގެނެސްފަހުރި ތަރައްގީ..

    46
    1
  9. ކެކެކެ

    އެމީހުންނާ ބަލާފަ އެއީ މެގަ ޕްރޮޖެކްޓްސް. އެބައަކަށް ވާވަތަކުންތާ އެބަޔަކު ކަންތައް ކުރާނީ. އެހެންނޫނަސް ބަދަލު ދިނުމުގެ ބިޔަ ޕްރޮޖެޓްތައް އެބަިހންގައެއްނު. ސައީދު މަލާމާތް ކޮށްގެން ނުވާނެނު.

    31
    7
  10. ނަގޫރޯޅި

    އުފާވެރި ކަމަކީ ބަޔެއްގެ އުނގައް ނުވެއްޓި ކަންތައް ކުރުން. ލޯނު ނަގައިގެން ކަންކުރީމަ ވެސް ހަމައިސްކޮޅުގަ ތިބެވޭނެ. ﷲގެ ރަ ހްމަތުން އެވަރައް މިގައުމައް އެބަވަދެ. ހަދިޔާއައް ބަރޯސާވީމަ އުނގުން އަރައިނުގަނެވޭނެ، ހަމައިސް ކޮޅައްތެދުވިޔަ ނުދޭނެ. ގާތް އަވައްޓެރިންނާ ބަޔަކު ކިތަންމެ ނުރުހު ހުން ވިޔަސް ރ.ޔާމިން މަސައްކަތް ކޮއްދިނީ ލޯނުނަގައިގެންވެސް ބަޔެއްގެ އުނގައްނުވެއްޓި މުސްތަގިއްލު ގައުމެއްގެ ގޮތުގަ ގައުމު ދަމަ ހައްޓަން. އެކަން ބަޔަކައް ހަޖަމްނުވީ ހަމައިސްކޮޅައް ނޭވާއެއްލާފާނެ ކަމައް ހީވި ހީވުމުން . އި ހައްދުވަ ހު 200 އެތައް ބޯޓެއް ވެލާނާ އިންޓަނޭސަނަލް އެއަރ ޕޯޓައް އައިސް އެތިރިކުރީ ކޮންކްރީޓް ތަރައްގީގެ މު ހިއްމުކަމާ އަދި އުނގައް ނުވެއްޓި ކަންކުރެވޭނެކަމުގެ ރީތި މިސާލެއް. ތަރައްގީއަކީ ޕާޓީ ކުދިން ފަނޑިޔާރުންގެ ގޮތުގަތިބެ ހިންގާ އަންދާގާނޫނު އަދި 3 ބާރު މުއްބާރައް ހެދުމެއްވެސް ނޫން. ތަރައްގީއަކީ ކޮންކްރީޓް ހިމެނިގެން އަމިއްލަބާރުގަ ކަންނިމޭވަރުގެ މުސްތަގިއްލު ގައުމަކައްވުން

    19
    1
  11. އަލްޖިބްރާ

    ކަލޭމެންނަށް ކަލޭމެންފިޔަވާ އެހެން ބަޔަކީ ކަމެއް ކުރާ ، ކަމެއްކުރި ، ކަމެއްކުރާނެ ކަމަށް ޤަބޫލު ކުރީ ކޮންއިރަކުތަ ؟ ތިޔައީ އަމިއްލަ ހިޔަންޏަށް މުޑި ނަގާ ބައެއް !

    4
    18
  12. ބޮޑެތި

    ގޭދޮށު މަސްފެކްޓަރީ. މީ ހާދަބޮޑު މަޝްރޫއުއަކަށްވާނެދޯ؟ ފަހަރެއްގަ ގޭގަކެއުމަށް ގަންނަ މަސްބަހައްޓާނެ ފުރިޖެއް ގޭއްގެފެންޑާގަ ބަހައްޓަނީ ކައްނޭގެދޯ؟ ކާމިޔާބު ބަލަހައްޓަން އިންޑިޔާގެ ކިތައައް ސިފައިން ދިވެހިސަރުކާރުގެ ބަޖެޓުން ޚަރަދުކޮށް ރާއްޖޭގައި ބައިތިއްބަންޖެހޭބައި. މީ އެހީޔޭ ކިޔަސް 1.4 ބިލިޔަން ޑޮލަރުގެ ލޯނުގެ ތެރެއިން ދޭ ތަކެތި ހުރިހާ ފައިދާއެއް އިންޑިޔާ އަށް ދިވެހި ރައްޔަތުންގެ ފައިސާއިން ލޯނު ދައްކަން ޖެހޭނީ.

    20
  13. ގލޅ

    ގުންޑާ މޑޕ އަށް ކުރެވޭނެ ކަމެއްނެތް.

    18
  14. Anonymous

    މިއީ މަލާމާތް ކުރަން ވެސް ރަބގަޅު "މެގަ" ޕްރޮޖެކްަ. ރައީސް ޔާމީން ދައުރުގައި ބިލިއަން ރުފިޔާގެ ޕަރޮޖްކްޓެއްނޫނީ ނުހިންގާ. ފަގީރުަންނަށް ސަލާން ޖަހައިގެން ލިބޭވަރުވެސް ނުވާ އަވަށްގަނޑު ޕްރޮޖެކްޓް. ދިވެހިންނަށް ހައްގު މިންވަރު. ސަޅި

    19
  15. ޢަލިބެ

    ފޫދާން ކައިރިވެފައޮތް ލޯންޗެއް ދީގެން ހާދަބޮޑު މަޝްރޫއެކޭ ތިފެށީ އިންޑިއާއިން.
    ދިވެހި ފައިސާ އުވާލައި ރާއްޖޭގައި އިންޑިއާ ރުފިޔާ ބޭނުންކުރާގޮތަށްވެސް ހަދާނެ.

    20
  16. ބުނަން.....

    ތިޔަ ހަދިޔާކުރި ބޯޓުގަނޑު ދުއްވަންވެސް ތިބޭނީ އިންޑިޔާ ނޭވީން ތޯއްޗެއް! ދެން އަންނަ ވެރިޔަކު އަނެއްކާވެސް އިންޑިޔާގެ "ލީޑް އޮފް އިންޓަރނޭޝަނަލް އެލަޔަންސް އޮފް ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަނަށް" އެތަކެއް މިލިއަން ޑޮލަރު ބަދަލުގެގޮތުގައި ދޭން ތައްޔާރުވޭ! #ބަދަލުރައީސް #ބަދަލުސަރުކާރު

    18
  17. ސައީދޫ

    ކަލޭމެނަކައް ކެތެއްނުވާނެ މަޑުންތިބޭ ކަންތައް ކުރާތަން ބަލަން؟

  18. ޒާ

    ސައީދު އެކަންޏެއްނޫން ތިކަމުގައި މަލާމާތް ކުރަނީ. ރާއްޖޭގެ ހޭބުއްދިވާ 99 އިންސައްތަ މީހުން ސުވާލު ކުރޭ އެއީ ބޮޑެތި މަޝްރޫޢު ތަކެއްތޯ. ކޮބައިތޯ އެގޮތަށް ހެޑުލައިން އަޅާފައި ސިފަކުރުމުންގެ ބޭނުމެއް؟ ކޮބައިތޯ އޭގައި ބޮޑު މަޝްރޫޢެއް؟ ސަރުކާރަށް ތާއީދު ކޮށްގެން ނޫހަކުން އެގޮތަށް ސުރުހީ އަޅައި ދިނުމުން ނޫހަށްވެސް މީހުން ދަނީ މަލާމާތް ކުރަމުން. ލެޑްލައިޓް ހަދިޔާ ކުރުން އެއީ ކިހާފައިސާއެއްތޯ ބޮޑު މަޝްރޫޢަކަށްވާން. ދެން އޮތީ ލޯންޗެއް ހަދިޔާ ކުރުމާއި ގޭދޮރު މަސްއަށިއެޅުން. ލަދުން ބޯހަލާކުވާވަރުގެ ކަންކަން މީ ސަރުކާރަކުން ސަރުކާރަކަށް ކޮށްދޭ. ރުޕޭ ކާޑް ބޭނުން ކުރުމަކީ އޭގެ ފައިދާ ކޮން ގޮތަކުން ދިވެހިންނަށް ނުވަތަ ދިވެހި އިގްތިސާދަށް ކުރާނެ ކަމެއްތޯ؟ އެއީ އިންޑިއާގެ ވިޔަފާރި ކާޑެއް. ބޯހަލާކު. މީ މިބުނާ އިންޑިއާ ޗައިނާގެ ތަފާތަކީ. ރީންދޫ ކުދިން އަތްޖަހާ.

  19. މިޯދީ

    ކޮމެންޓް ކިޔާފަ ދެން އިތުރަށް ކޮމެންޓެއްކުރާނެ ތަނެއްނެތް!

  20. މާމޫން

    ސަޢީދަކީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ވާހަކަ ބަޖެޓްގައި ޖައްސައިގެން ކޮންމެ އަހަރަކު ދައުލަތަށް އާމްދަނީ ހޯދައިދިން މީހެއް.

  21. ނައިންޓީ

    ނިމިދިޔަ ސަރުކާރުން ރާއްޖޭގަ އެ ހިންގީ މަޝްރޫޢު. މިސަރުކާރުން އެބަޖެހޭ ކިޔަވަން ދަސްކުރަން މަޝްރޫޢު އާ އާބާތުރަ ފިލުވުމާ މިނިވަން ގައުމެއްގެ ދާޚިލީކަންކަމަށް ވަދެގަންނަން ރިޝްބަތުދިނުމާ މިކަންކަން

  22. ކާޅުކެއަސް ސޮއްނުގޮވާ

    ރުޕޭ ކާޑު ބޭނުން ކުރެވޭގޮތަށް ހެދީ ދިވެހީންނަށް ފައިދާ އަކަށް ނޫން. ޢައްޑުއިން 1 މޭލު ސަރަޙައްދު ހިލޭ ސާބަހަށް ހަނގުރާމަތަކުގެ އައްޑައަކަށް ހަދާދީފަ އޮތީމަޔާ އުތުރާ މެދު ރާއްޖެތެެރެއާ ކަނޑުގެ ސަރަހައްދު ދީފައޮތީމަ އެތަންތާގަ ތިބި އިންޑިއާ ކުދީންނަށް ދިވެހި ފައިސާ ބޭރުކުރެވޭނެގޮތް ފަސޭހަ ކޮށްދިނީ ނޫންތަ؟ މިހާރުވެސް އެމީހުން ކުރާކަންކަމުގެ ޙަޤީގަތް އިގޭ މީހެއްނެތް.