15:28

13:20

ގާސިމްގެ ޖަނާޒާގެ ތެރެއިން - ވަގުތު އިމޭޖަސް: މުހައްމަދު ހައްޔާންަ

13:20

ގާސިމްގެ ޖަނާޒާގެ ތެރެއިން - ވަގުތު އިމޭޖަސް: މުހައްމަދު ހައްޔާންަ

13:19

ގާސިމްގެ ޖަނާޒާގެ ތެރެއިން، އާއިލާގެ ބަޔަކު - ވަގުތު އިމޭޖަސް: މުހައްމަދު ހައްޔާންަ

13:19

ގާސިމްގެ ޖަނާޒާގެ ތެރެއިން - ވަގުތު އިމޭޖަސް: މުހައްމަދު ހައްޔާންަ

13:18

12:14

ގާސިމްގެ ޖަނާޒާގައި ބައިވެރިވުމަށް ގިނަ ބަޔަކު ވަނީ މިސްކިތައް ޖަމާވެފައި.

ގާސިމްގެ ޖަނާޒާގައި ބައިވެރިވުމަށް މީހުން މިސްކިތައް ޖަމާވެފައި - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން
ގާސިމްގެ ޖަނާޒާގައި ބައިވެރިވުމަށް މީހުން މިސްކިތައް ޖަމާވެފައި - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން
ގާސިމްގެ ޖަނާޒާގައި ބައިވެރިވުމަށް މީހުން މިސްކިތައް ޖަމާވެފައި - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

10:47

10:12

ގާސިމްގެ މޫނުދެއްކުން ކުރިއަށް ދަނީ - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

10:09

ގާސިމްގެ މޫނުދެއްކުން ކުރިއަށް ދަނީ - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން
ގާސިމްގެ މޫނުދެއްކުން ކުރިއަށް ދަނީ - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

09:52

ޑްރައިވަރު ގާސިމް އަކީ ސިފައިން ގޭގައި މަސައްކަތް ކުރައްވާ ބޭފުޅެއްގެ ބައްޕަ. ޑިފެންސް މިނިސްޓަރ މާރިޔާ ދެންމެ ކުރެއްވި ޓްވީޓެއްގައި ވަނީ ގާސިމްގެ އާއިލާ އަށް ތައުޒިއާ ރައްދުކުރައްވާފައި.

09:49

09:26

ގާސިމަށް ހަމަލާ ދިނީ ފައިސާ ފޭރެން އުޅުމުގެ ތެރޭގައި ކަމަށް ވެސް ބައެއް މީހުން ބުނޭ. ނަމަވެސް މިކަން އަދި ފުލުހުން ކަށަވަރު ކޮށެއް ނުދޭ.

08:36

ޓެކްސީ ޑްރައިވަރު މަރާލި އަނިޔާވެރި އަމަލު ގިނަ ބަޔަކު އަންނަނީ ކުށްވެރި ކުރަމުން.

މަޖިލިސް މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަލާލު މަސައްކަތުން ކައިބޮއެ އުޅޭ މިފަދަ މީހަކާއި މެދު މިހާ އަނިޔާވެރިވާނީ "ހާދަ ނުލަފާ މީހުން" ކަމަށް. އިންތި ވަނީ ތަޙްޤީޤު ކުރެއްވުމުގައި ފަރުވާ ކުޑަކުރެއްވުމެއް ނެތި ގާތިލު ހޯދުމަށް ގޮވާލާފައި.

04:17

ހުޅުމަލޭ ގައި ޓެކްސީ ޑްރައިވަރަކު މަރާލުން؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

03:50

އެނގިފައިވާގޮތުން ހަމަލާ ދީފައިވަނީ ގާސިމްގެ ކަރުގެ ވާތްފަޅި އަށް، ހަށިގަނޑު ފެނުނު ބައެެއް މީހުން ބުނީ ގާސިމް އަށް ހަމަލާދީފައި ވަނީ ފުރަގަހުން ކަމަށް ބެލެވޭ ކަމަށް. މީގެ އިތުރުން ގާސިމްގެ އަތަށް ޒަހަމްތަކެއް ލިބިފައިވޭ.

03:33

ހަށިގަނޑު ގަލޮޅު ސަހަރާގެ މޯޗުއަރީ އަށް ލައިފި. އެނގިފައިވާގޮތުން ހަށިގނޑު އާސަހަރާ އަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހެނދުނު 08:00ގައި.

03:31

ގާސިމްގެ ހަށިގަނޑު ގެންގޮސްފައި ވަނީ ގަލޮޅު ސަހަރާ އަށް

03:22

03:22

03:22

03:09

ހަށިގަނޑު ޓްރީޓޮޕް އިން ނެރެގެން އާސަހަރާ އަށް ގެންދަނީ.

02:30

ގާސިމް ވަޅުލުމަށް ހަމަޖެހިފައި ވަނީ މާދަމާގެ މެންދުރު ނާމާދަށް ފަހު އާސަަހަރާގައި.

02:25

ދެމީހުންވެސް ބުނީ ގާސިމް އަކީ މަޑުމައިިތިރި ދިރިއުޅުމެއް އުޅޭ، އަދި މީހުންނާއި ޒުވާބުވެސް ކޮށް އުޅޭ މީހެއް ނޫން ކަމަށް.

02:23

"މިރޭ ތަންކޮޅެއް އަވަހަށް އަރާލަން އެބަ ޖެހެއޭ ބުނީ، އަދި 500 ވަރު ޖައްސާލަން. ޓެކްސީ އަށް އެރުމުގެ ކުރިން ގެއަށް ވަދެލާނެ ވާހަކަވެސް ބުނި" ގާސިމް އާއި އެކު ޓެކްސީ ސެންޓަރުގައި މަސައްކަތް ކުރާ ޑްރައިވަރަކު ބުނި.

02:21

އޭނާ ބުނީ ގާސިމް ހޮޓަލުން ދިޔައީ މިރޭ ތަންކޮޅެއް އަވަހަށް ޓެކްސީ އަށް އަރާލަން ޖެހޭ ކަމަށް ބުނެފަ ކަމަށް.

02:18

"ވަގުތު" އަށް ދެން މައުލޫމާތު ދިން 5656 ސެންޓަރުގެ ޑްރައިވަރަކު ބުނީ ގާސިމް އާއި ކޭމާޓު ހޮޓަލުން ދިމާވި ކަމަށާއި ހޮޓަލުން ނިކުމެގެން ދިޔައީ 20:10 ހާއިރު ކަމަށް.

02:16

"ނަމާދު ކޮށްގެން އަނެއްކާވެސް އައީ ހޮޓަލަށް. އަޅުގަނޑު ކައިރީގަ ބުނި ކިހިނެތް ވެފައިހޭ ތި އިނީ. އިތުރު ވާހަކަ އެއް ނުދައްކާ. 20:10 ހާއިރު ނިކުމެގެން ދިޔައީ" ގާސިމްގެ ގާތް އެކުވެރިޔަކު ބުނި.

02:14

އެތަނުން އެކަކި ބުނީ ގާސިމް ހޮޓަލަށް ދިޔައީ އިޝާ ނަމާދުގެ ކުރިން ކަމަށާއި، ސައިބޯން އިނދެފައި ބަންގި ގޮވުމުން ގާސިމް ދިޔައީ ނަމާދަށް ކަމަށް.

02:12

މި ހާދިސާ ހިނގުމުގެ ކުރިން ގާސިމް އާއި މާލޭ ކޭމާޓު ހޮޓަލުން ދިމާވި ދެ މީހަކާއި ވަގުތު ނޫސްވެރިންނާއި ދިމާވި.

02:10

މިރޭ 20:30 ހާއިރު ގާސިމް އަށް ރައްޓެއްސަކު ގުޅުމުން ހުޅުމާލޭގައި ދަތުރެއްގައި އުޅޭ ކަމަށް ބުނި ކަމަށް ވޭ.

02:02

ފުލުހުންގެ ފޮރެންސިކް ޓީމުން ހުޅުމާލޭ ހޮސްޕިޓަލުގައި ހަރަކާތްތެރިވަނީ/ ފޮޓޯ : ވަގުތު އިމޭޖަސް

02:01

ފުލުހުންގެ ފޮރެންސިކް ޓީމުން ހުޅުމާލޭ ހޮސްޕިޓަލުގައި ހަރަކާތްތެރިވަނީ/ ފޮޓޯ : ވަގުތު އިމޭޖަސް

01:58

"ވަގުތު" އަށް އެނގިފައިވާ ގޮތުން ގާސިމްގެ ހަށިގަނޑު ޓްރީޓޮޕް އަށް ގެންދަނީ ސްކޭންތަކެއް ހެދުމަށް.

01:56

ގާސިމްގެ ހަށިގަނޑު ހުޅުމާލޭ ހޮސްޕިޓަލުން ނެރެނީ/ ފޮޓޯ : ވަގުތު އިމޭޖަސް

01:53

ގާސިމްގެ ހަށިގަނޑު ގެންދަނީ ޓްރީޓޮޕް ހޮސްޕިޓަލަށް.

01:47

ގާސިމްގެ ހަށިގަނޑު ހޮސްޕިޓަލުން ގެންދަން ތައްޔާރުވެފައި

01:21

އެހެންކަމުން، ގާސިމް ހުޅުމާލެ ދިޔައީ އަމިއްލަ ބޭނުމެއްގައި ނޫނީ މަގުމަތިން ނެގި ދަތުރެއްގައި ކަމަށްވުން އެކަށީގެންވޭ.

01:20

އެނގިފައިވާގޮތުން 5656 ޓެކްސީ ސެންޓަރުން ގާސިމް މިއަދު އެއްވެސް ވަގުތެއްގައި ހުޅުމާލެއަށް ދަތުރެއް ކޮށްފައެއް ނުވޭ. އަދި މިރޭ މާލޭގައިވެސް އޭނާ ސެންޓަރު މެދުވެރިކޮށް އެއްވެސް ދަތުރެއް ނަގާފައި ނުވާ ކަމަށްވޭ.

01:15

ކާރު ފެނުނު އިރުވެސް ކާރުގެ އިންޖީނު އޮތީ ޖައްސާފައި، އަދި ކާރު ފެނުނު އިރު އޮތީ ހޮޅިދަނޑިއަކާއި ދިމާލަށް އަރާފަ.

01:10

"ވަގުތު" އަށް އެނގިފައިވާ ގޮތުން ގާސިމް ދުއްވި ކާރު ފެނިފައި ވަނީ ގާސިމް އޮތް ސަރަހައްދާއި ދުރު ނޫން ހިސާބަކުން.

01:09

ހަސަން ގާސިމް

00:51

00:24

ފުލުހުން ވަނީ ގާސިމް މަރާލާފައިިވާ ފޮޓޯތައް މީސް މީޑިއާގައި ހިއްސާ ނުކުރުމަށް އެދިފައި.

00:23

"ވަގުތު" އަށް އެނގިފައިވާގޮތުން ގާސިމް ދުއްވި ޓެކްސީގެ ނަމްބަރަކީ 8765

00:11

ގާސިމް އަކީ މީހުންނާއި ގުޅޭ، މަޖާ މިޒާޖެއްގެ މީހެއް ކަމަށް އޭނާ ދަންނަ މީހުން ބުނޭ.

00:11

މާލޭ ދަފުތަރުގައި ޖައްސާފައި އިނަސް ގާސިމް އަކީ އދ. މާމިނގިއްޔަށް ނިސްބަތްވާ މީހެއް.

00:10

މަރާލާފައި އޮއްވާ ފެނުނު ގާސިމް

23:48

23:45

"ވަގުތު' އަށް އެނގިފައިވާގޮތުން ގާސިމް އާއްމުކޮށް ޓެކްސީ ކުރަނީ މާލޭގައި. ގާސިމް މިރޭ ހުޅުމާލެ ދިޔަ ވަކި ވަގުތެއް އެނގިފައި ނުވާ ކަމަށް ސެންޓަރުން ބުނޭ.

23:43

އޭނާއަކީ 5656 ޓެކްސީ ސެންޓަރުގެ ޑްރައިވަރެއް، އެ ޓެކްސީ ސެންޓަރުން "ވަގުތު" އަށް އެކަން ކަށަވަރުކޮށްދޭ.

23:42

މަރާލާފައި އޮއްވާ ފެނުނީ ހަސަން ގާސިމް 59އ. މާލެ ދަފްތަރު.

23:36

މާރާމާރީ ހިނގި ސަރަހައްދު ފުލުހުން ބަންދުކޮށްފައި - ވަގުތު އިމޭޖެސް: މުހައްމަދު އަފްޒަލް
މާރާމާރީ ހިނގި ސަރަހައްދު ފުލުހުން ބަންދުކޮށްފައި - ވަގުތު އިމޭޖެސް: މުހައްމަދު އަފްޒަލް

23:34

މަރާލި ޓެކްސީ ޑްރައިވަރުގެ ކާރު - ފޮޓޯ މީސް މީޑިއާ

23:33

23:29

މާރާމާރީ ހިނގި ސަރަހައްދު

23:28

23:00

މިއީ 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހަށް ފަހު މާރާމާރީއެއްގައި މީހަކު މަރާލި ފުރަތަމަ ފަހަރު.

22:59

ބައެއް މީހުން ބުނާ ގޮތުގައި ނިޔާވި މީހާއަށް ހަމަލާ ދިނީ ގްރޫޕަކުން.

22:58

ނިޔާވި މީހާގެ އެޑްރެސް އޮތީ މާލޭ ދަފްތަރުގައި. ނަމަވެސް އޭނާގެ ވަނަވަރު އަދި އެއްވެސް ފަރާތަކުން ސާފުކޮށެއް ނުދޭ.

22:57

ނިޔާވި މީހާ ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
ނިޔާވި މީހާ ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު "ކޮށާލައިފި" އެވެ. އޭނާ މިހާރު ވަނީ ނިޔާވެފައެވެ.

ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ވަރަށް ބޮޑަށް ޒަހަމްވެފައިވާ މީހެއްގެ ފޮޓޯ މީސް މީޑިއާގައި ދައުރުވަމުން އެބަދެއެވެ. ފޮޓޯ އިން ފެންނަ ގޮތުގައި އޭނާގެ ހަށިގަނޑުން ވަނީ ވަރަށް ގިނަ އަދަދެއްގެ ލޭ ފައިބާފައެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ ޒަހަމްވެފައިވާ މީހަކު ހޮސްޕިޓަލަށް ގެނައީ 21:22 ގައި ކަމަށާއި އޭނާ ނިޔާވެފައިވާ ކަން ޑޮކްޓަރު ކަށަވަރު ކޮށްދެއްވީ 21:51 ގައި ކަމަށެވެ.

ނިޔާވެފައި ވަނީ 59 އަހަރުގެ ދިވެއްސެކެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވީ އޭނާގެ އަތާއި ކަރުގައި ވަރަށް ފުން ޒަހަމެއް ހުރި ކަމަށެވެ.

ނިޔާވެފައި ވަނީ ޓެކްސީ ޑްރައިވަރެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް އެކަން އަދި ރަސްމީ ފަރާތަކުން ކަށަވަރު ކޮށެއް ނުދެއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލެ ހިތިމަގުގައި ޒަހަމްތަކަކާއެކު މީހަކު ވެއްޓިފައި އޮތް ކަމުގެ ރިޕޯޓެއް މިރޭ 9:07 އެހާކަންހާއިރު ލިބުމުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އޭގެ 45 މިނެޓް ފަހުން އޭނާ ނިޔާވެފައިވާ ކަމުގެ މައުލޫމާތު ހޮސްޕިޓަލުން ލިބުނު ކަމަށް ފުލުހުން ވިދާޅުވިއެވެ.

(ތަފްސީލް އަންނަނީ)

ކިޔުންތެރިންގެ ހިޔާލު

64 ކޮމެންޓް

 1. ާާާޢަލީ

  މާތްކަލާންގެއާ ވަކީލު..ބިރުވެރިކަމެއްވެސް ނެތީތަ؟؟ އޯގާތެރިކަމެއް ހަމްދަރުދީ އެއްވެސް ކުޑަކަން ފުޅެއްވެސް ނެތީތޯ؟؟؟ހާދަދެރައޭ...

  297
  1
  • ފާނަ

   އަސްލުވެސް...އެމީހާގެވެސް އާއިލާވެސް އޮންނާނެދޯ..މިވަރުކޮށްލީ އެމީހާމަރާލީ އެނިކަމެތި އާއިލާމީހުންގެ ކުށަކީކޮބާ؟؟ ކޮންމެމީހަކަށްވެސް ކުރާއޖހުސާސް އެނގޭނީ އެކަމެއް ދިމާވީމަ..މާތްﷲ އެއާއިލާއަށް ކެއްތެރިކަން ދެއްވާާ އެންމެހާ މުސްލިމުންނަށް ހެޔޮރަޙުމަތް ލައްވާށި.. މިރާއްޖެ އަމާން ތަނެއްކަމުގައި ލައްވާށި...އާމީން.

   156
   2
  • ސަހު

   ކިތައް ކިތައް ތޫފާން މި ރާއްޖެ ކައިރިން މި އަހަރުު އެ އުޅިލަނީ ... ބިރެއް ކަމެއްވެސް ނެއް... ވެދާާާާނެ ﷲ އަހަރެެެެެެެެމެނައް ތައުބާވާން ފުރުސަތެއް ދެނީ ކަމައްވެސް... ްއެހެން އުޅެމުން މިތަނައް އެންމެ ތޫފާނެއް ( ކޯފާ ) އެއްއަރާނީ ... މުޅި ގައުމު ނެތިގެންދާނެ...

   14
 2. މެންސް

  ރާއްޖެ ބިރުވެރިކަން ދޯ

  211
 3. ހަމަހަމަ

  إنا لله

  ޢަދިވެސް ކިޔާ މާރާމާރީއެއް ނު ހިނގަޔޭ. ޥީވަރަކުން ބަލާ ސިޔާސީ މަސްލަހަތަށް އިސްކަންދެވޭތޯ. ކޮމިޝަންތައްވެސް އެއީ ވަކި ކަމަކަށް ހަދައިގެން އުޅޭ އެއްޗެއްވިއްޔާ.

  229
  11
  • ލިން

   އެހެން ކިޔާތީ އިދިކޮޅޭމެން ހިނއގި ޖަރީމާއަކަށް ވެސް ވެދާނެ.. ޔާނުވެރިކަމުގަ އެތަށް ބަޔަކު މެރިގޮތަށް މި ވެރިކަމަށް 1 އަހަރު ވީއިރުވެސް އެކަހަލަކަމެއް ނުހިނގާތީ.. ތިޔަ މުޒާހަރާތަކުގަ އުޅޭ މީހުން ޗެކު ކުރޭ

   9
   113
   • ދޯ

    ސާބަސް އަދިވެސް ޕޮލިޓިކްސް ކުރެވޭތޯ ބަލާ ކޮންމެ ކަމެއް ވެސް. ރާއްޖޭގެ އެންމެ ބޮޑު މައްސަލަ މީ

    80
    5
    • ހަމަހަމަ

     މި ދިރިއުޅެނީ މުޖުތަމައުއެއްގަ. ޢިޖުތިމާއީ ކަންތައްތަކަށް ބަސަބުނާނީ ދީނީ ނަޒަރަކުން، ނޫނީ ދީނާއި ދުރިއްޔާ ސިޔާސީ ނަޒަރަކުން. ދެން ކިއިދާނެ އިންސާނިއްޔަތޭ، އެކަމަކު އެންމެއްނަށްވެސް އެނގެ ދޯ އެއީވެސް ހަމަ ސިޔާސީ އާލާތެއްކަން.

     15
   • އައްޑޫސިޓީ

    ސިޔާސީވިޔަސް ތަންކޮޅެއް ބޮޑު.
    ތަފާތު ހިސާބު ބަލާބަލަ ނިމިދިޔަ 5އަހަރު މަރާލާފަ ވާމީ ހުނާ މި1އަހަރު މަރާލާފަ ވާމީ ހުންގެ އަދަދު. ނިސްބަތުން ގިނައީކޮން އަހ ހަރަކުތޯ.

    6
    2
 4. ޙސެން

  ފުލުހުހުހޙުން ވެސް ބަލަނީ ޔާމީނުގެ ސަޕޯޓަރުން އެއްވާތިީ އެކަމާ ބިރުން ،،، މީޙުން މަގުމަތީ ކޮށާ މެރިޔަސް އޯކޭ.......

  190
  22
 5. ހަމްދު

  އަނދިރި ގަންޖާ ރާއްޖެ، ލާދީނީ ޖަޒީރާ ރާއްޖެ

  10
  4
 6. ސަހީ

  މިވަރުން މިތަނައް ﷲ ކޯފާއެއް ނުފޮނުވިއްޔާ ނަސީބު

  152
  4
 7. އޭނަ

  انا لله وانا اليه راجعون
  ބުނާނެ މިވެސް ކުރީ ސަރުކާރުގެ މައްސަލައެކޭ.

  155
  8
 8. ބޯހަލާކު

  އެންބިއުލާންސް އަދި ފުލު ހުން ރެސްޕޮންޑް ކުރީ މާލަ ހުން.

  97
  5
  • ބޯގޮވާފި

   ކަންކަމަށް ފާޑުކިޔުމަކީ ދުނިޔޭގަ އޮތް އެންމެ ފަސޭހަކަންތައް އަދި އެވެސް މީހުންގެ ކުށް ދެއްކުން.ކަމެއްގަ އުޅެލީމަ އިނގޭނީ އެކަމެއްގަ ހުރި ވަރެއް.

   57
   6
  • ޔޫތް

   ގައުމު މިޔޮށް ސުންނާފަތި ވަނީ! ދުނިޔެ ނިމެނީ. ތައުބާވޭ !

   31
 9. އައްޓަމަސް

  އިހަކަށްދުވަހު ސަރުކާރުންބުނީ މިހާރު ވައިލޭޝަންތައް މަދުކުރެވުނު ވާހަކަ؟! މާރާމާރީތައް ހުއްޓުނުވާހަކަ! ދެންމީ އަނެއްކާ ދިވެހިރައްޖެބާ؟!

  109
  6
 10. ކުއްލިހަބަރު

  މީދޯ ކެނބޫސޯލިހު ގާއިމުކޮށްދިންކަމަށް އެބުނާ އަމާންކަމާ ރައްކާތެރިކަމަކީ! ސުކުރިއްޔާ ކެނބޫސޯލިހަށް. ގައުމެއް ހަލާކުކޮށް ނިންމައިފި. ބަހާ އަމަލާ ދިމާނުވާ ސަރުކާރު.

  98
  22
 11. ގައުމީލޭ

  ކޮންމެވެސް މީހަކު ދޮރު ހުޅުވައިފަ ބަލާލަބަލަ އިބުރާހިމް މުހައްމަދު ސޯލިހު ދައުރު ހަމަވެގެނ ވެރިކަމަށް ޔާމީން އަބުދުލް ގައްޔޫމު އެރީތޯ.

  78
  18
 12. ޢާދެ

  ހުސްނުއް ސުޢޫދު މިހާރު އޮންނާނީ ތި ރިޕޯޓް ތައްޔާރު ކޮށްފަ. ފުލުހުން ދޭބަލަ އޭނަ ކައިރިޔަށް އޭނަ ވަރަށް ފާސްޓް ވާނެ މަރުގެ ކޭސްތައް ވެއްޖެއްޔާ.

  104
  2
  • ޔައު

   މަގޭ ކޮމެންޓު މިނޫހުގަ ނުޖަހަނީ ކީއްވެޔޯތަ؟

   14
   2
 13. އައިޝާ95

  ފުލުހުންނަށް މުހިއްމީ ސްޓިކާޖެހުން އިނގޭތޯ. މިކަން ވަރަށް ސާފު. އެކަމު "ޓު ޕްރޮޓެކްޓް އެންޑް ސާރވް" އިނގޭތޯ. ހެހެހެ

  80
  2
 14. ރެކޯޑު

  ވަގުސަރުކަާރު އައިފަހުން ރެކޯޑު އަދަދަކަށް ދަންޖެހިގެން ނާއި ވީނުވީއެއްނޭގި ގެއްލި ގެންނާއި އެކުސިރެން ޓުވެގެން ނާއި ކުެއްލިމަރުގެ ރެކޯޑު މުގުރާލި ދޮގުވެރިޔެއް އިނބޫނޫނީ ދިވެހިރާއޖޭގެ ތާރީހުގައިވސް ނުހުންނާނެ އިގޭތޯ

  85
  11
 15. ރޮނޑާ

  ސުބުހާނަﷲ ހުރި ހިތާމައެއްގެ ބޮނޑުކަމާއެވެ. އާއިލާ އައް ކެތްތެރިކަން ދެއްވާ މަރުހޫމައް ސުވަރުގެ މިންވަރު ކުރައްވާ.އަނިޔާވެރިވި ފަރާތްތަކައް ކަސްތަޅު ލެހެއްޓެވުމައް މިންވަރު ކުރައްވާށި. އާމީން.

  87
 16. މޮހޮނާ

  ކުށްކުރާމީހުންނަށް ހައްގު އަދަބު ނުދެވުމަކީ މިކަހަލަ ކަންތައް އިތުރުވުމަށް ލިބޭ ފުރުސަތެއް.ކުށުގެ ވެށީގަ އުޅެނީ އެއްބަޔެއް.އެކަން ވަރަށް ސާފުކޮށް އިނގޭ.ކުށްކޮށްގެން ގެންދާމީހުންގެ ކުށުގެ ރިކޯޑަށް ބަލާލިޔަސް އެކަން ވަރަށް ސާފުކޮށް އިނގޭ.

  75
 17. މައިވޭ

  ރާއްޖޭގައި ވަޅި ހަރާ މީހުން މެރުން އަދި މީހުންނަށް އަނިޔާ ކުރުން ހުއްޓުވޭނީ ސިންގަޕޯރ ސްޓޭންޑަރޑް ނުވަތަ ޖަޕަނީސް ސޯޝަލް ކަލްޗަރ ރާއްޖޭގެ ސޮސައިޓީ ތެރޭގައި ގާއިމް ކޮށްގެންނޭ އެކަން ކުރެވޭނީ މާލެ ސަރަހައްދުން ގޯތި ދޭން ޖެހޭނީ ރާއްޖެތެރޭގައި ހުރި 10 ހާހުން ދަށުގެ އާބާދީ ހިމެނޭ ހުރިހާ ރަށްރަށުގެ މީހުންނަށް އަދި މާލޭ ދަފްތަރު ގައި ރަޖިސްޓްރީ ވެފައިވާ ހުރިހާ މީހުން ދިސްވޭ އިޒްދަވޭ ސޯ ޓޭކް އިޓް ސީރިއަސްލީ ލަސްވުމުގެ ކުރިން އައި އޭމް އޮން މައިވޭ

  12
  15
 18. ދިވެހިސޮރު

  ފުލުހުން ބޮޑުމުސާރައާޢި އިނާޔަތްތައް ކައިގެން އަންހެނުންކައިރި ރޭކުރުމާޢި ސްޓިކަރ ތަތްކުރުމުގައި އަވަދިނެތި. ހުވާގައި އޮންނަނީ ސްޓިކަރ ޖަހަނަމޭތަ؟ މަގެއްގެމަތިން ނޫހެދުން ތުރުކުރެވި ބޭފުޅަކު ނުފެނެޔޭ މިއޮތް ނުލަފާމީހުން އުޅޭއިރު

  33
  5
 19. ތީތި

  އިންނާ ލިﷲ..... ހިތާމަ ކުރަން.. ރޔ ސަރުކާރުގައި މީހުން މެރި ވާހަކަ ދެއްކުން ނޫންކަމެއްނެއް... މިހާރު މިސަރުކާރުގައި ވަޅި ޖެހުންނޫން ކަމެއް ނުކުރޭ... މިކުރަަނީ ކޮންކަމެއްބާ؟ އިސްލާހް ކުރުމުގެ ބަދަލުގައި ފެންނަނީ ތިމާގެ ޖީބަށް ބޮޑުކުރާތައް

  35
  3
 20. ކާފަ

  އިދިކޮޅުމީހުން ޤައުމް ހަލަބޮލިކުރަން ގުރޫޕަތަކަށް ލާރިދީގެން ކުރުވާކަމެއް..

  6
  72
  • މަކިނބޫ އެޓް ދުބާއީ

   އެއީ ކިނބޫތަކެއް އުޅޭތީ ވާގޮތް ހަމަ

   6
   4
  • މާމަ

   ކާފަ ލާރި ދީގެން ކުރުވިކަމެއްކަމުގައި ވަރަށްބޮޑަށް ޔަގީން.

   3
   4
 21. ވިސްނާ ފިކުރު

  އިސްލާމްދީނުގައި ކުށްތަކަށް ޙައްދު ތައް ކަނޑައެޅިފައިވަނީ މުޅި މުޖުތަމަޢުގެ އަމަން އަމާން ކަމާއި ރައްކާތެރިކަމަށްޓަކައެވެ. ޒަމާންވަންދެން އޮތް އަޚްވަންތަކަން ދިވެހި ބިމުން ނެތިގެން ދިޔައީ ސިޔާސީ އޮއިވަރުގެ ސަބަބުންނެވެ. މައާފު ކުރުމާއި ހިތް ހެޔޮކުރުން މި ބިމުން ފޮހެލުމުގެ ޒިންމާ ހުރިހާ ސިޔާސީ ފިކުރުގެ މީހުން އުފުލަން ޖެހެއެވެ. ޤައުމު އިޞްލާޙްކުރުމަށް ބޭނުންވަނީ ދީނަށް ލޯބިކުރާ ތެދުވެރިންނެވެ. ސިޔާސީ ގޭމު ކުޅޭ މީހުނެއްނޫނެވެ!

  45
  1
 22. މަހަށްދޭބަލަ

  ކޮބާ ދަ ބޯރަތޭ ތަމެންނަށް ކުރެވޭ އަދި ކުރާ އެއްވެސް ކަމެއް ނެތޭ ރައްޔިތުންގެ ސަލާމަތާއި ރައްކަލަށް ޓަކައި މަމެން ޕިންކީންގެ ވެރިކަމުގައި މިފަދަ އަނިޔާވެރި އަމަލު ތައް ހިންގާފައި ނެތޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ..

  16
  4
 23. ސަމީރު

  އިބުރާހިމް މުހައްމަދު ސޯލިހު މާދަމާވެސް ޕޯޑިއަމަކަށް އެރިއްޖާ ބުނާނެ ތީ ޔާމީން ސަރުކާރުގެ ދޯދިޔާކަމުން ވެފައޮތް ކަމެކޭ. މިބޭބެގެ އަނގަވިހަވެފަ އެސްފީނާ ޖެހިފަ މިއޮތީ މިގައުމަށް. ކިތައްމީހުންތޯ ކުއްލިމަރުގަޔާއި އެކްސިޑެންޓް ތަކުގަޔާއި އެނޫންވެސް ގޮތްނޭނގޭ ގޮތްގޮތައް މިސަރުކާރު އައިފަހުން މަރުވީ؟ މިބޭބޭ ކުރީސަރުކާރު ބޮލުގަ ކިރިޔާ ކަމެއްވާއިރަށް އަޅުވާތީ އަނގަވިހަވީ. އެސްފީނާ ޖެހުނީ.

  34
  2
 24. ޚަރުން

  ހެޔޮވާނީ ކިހިނެއް ހައްގެއް ނެތި ފުރާނައެއް.މަރާލަން..ފުލުހިންނަށް އިތުބާރު ނުކުރަން.ދިވެހި ސިފައިންނޭ ދިވެހި ރައްޔިތުންގެ ސަލާމަތް ކަށަވަރު ކޮށްދީ...ފޮރުވިފައިވާ ރޭވުމެއް އެބައޮތް...ޔާ ﷲ...

  24
  1
 25. މަރީ

  ޔާ ﷲ މި ޤައުމު ސަލާމަތްކުރައްވާށި!
  މިފަދަ ރަހުމުކުޑަ ބައެއްގެ ސަބަބުން އަޅަމެން އެންމެންނަށް އާންމުވެގެންވާ އަޒާބެއް ނުފޮނުއްވާންދޭވެ!

  38
 26. ކާފަބޭ2019

  މި ހާރުވެސް ކަންކުރާގޮތަށް މަޑުކައްޓޭ ހަރުކައްޓޭކިޔާ ވަކިބަޔެއްގެބޮލަށް ސުއޫދުކަ ހަލަމީ ހަކުލައްވާ ކަނޑާލާ އޭރުން ހުުންނާނީ ހަތަރެސްކަން ހަމަވެފަ

  27
  1
 27. މިހިޔާލް

  ޔާމީން އިބޫ އަންނި ޒިންމާ ނަގަންޖެހޭ ކަމެއްނޫންތީ
  އެމީހުންގެ ބެލެނިވެރިން ޒިންމާނަގަންޖެހޭނީ
  ގިޔާމަތްދުހު ދަރިން ތަރުބިއްޔަތުކުރި ގޮތާއިމެދު ސުވާލްކިރެވޭނީ އެމީހުންނާ
  ރަނގަޅު ތަރުބިއްޔަތެއް ދެވުންނަމަ ނުކެރޭނެ ތިކަންކަން ކުރާކަށް

  50
  6
  • ......

   ބެލެނެވެރިކަ މުގެ ޒިން މާ ވެރިންގެ ބޮލުން ނެއްޓޭނެ ގޮތެއް ނޯވޭ..ޒިން މާތަކަށް ވެވޭ އިހް މާލްގެ ނަތީޖާ ފެންނަ މުންމިދަނީ....މިއަދު ގައު މުގެ ހާލަތަށް ވިސްނާލާއިރު، އިސްލާހުގެ މަގަށް ގައު މު ގެނެސް ކުރިއަށް ގެންދެވޭނީ ވަރަށް ބޮޑަށް ހަރުދަނާ އިހްލާސްތެރި ވެރިއަކު އައިގެން...އެފަދަ މީހުންވެސް ގައު މުގައި ތިބޭނެ...އެފަދަ ވެރިއަކު ވެރިކަ މަށް އައު މަށް ފަސްޖެހޭނެ...ސަބަބަކީ ވެރިކަ މަކީ ކިހާ ބޮޑު ޒިން މާ އެއްކަން އެމީހުން ނަށް އެނގި ވިސްނޭތީ އިހްމާލެއް ވެވިދާނެކަމަށް އެ މީހުން ގަންނަ ބިރެއްގެ ސަބަބުންނެވެ...ތި މަންނައަށް ވެރިކަން ދޭށޭ ކިޔާ ގޮވާ މީހެއްގެ ކިބައިން އެފާޅުވަނީ ވެރިކަ މަށް ކުފޫ ހަ މަ ނުވާކަ މެވެ...

   16
   3
 28. ޒާހިދު

  އަނދިރި މަގުތަކާއި އަދިވެސް މި ފަދަ ކުށްތައް ހިނގާފާނެ ކަމަށް ލަފާ ކުރެވޭ ސަރަހައްދު ތަކުގައި ފުލުހުން ފޯރި މެރުމާއި ފުލުހުންގެ "ޕްރެޒެންސް އިތުރުކުރުމަކީ" ފުލުހުންގެ އިދާރާއިން ފޯރުކޮށްދޭ ޚިދުމަތް ތަކުގެ ތެރެއިން ރޭވިގެން ތަރުތީބު ވެވިގެން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ތަކެއް. އަލި ގަދަ މީހުން ގިނަ ބޮޑެތި މަގުތަކުގައި މަގުތަކުގައި ދުއްވުމުގެ ބަދަލުގައި މިފަދަ އެކަހެރިތަން ތަނަށް މުހިއްމުކަން ދިނުމަށް ގޮވާލަން!!

  27
  1
 29. ފިލާވަޅު

  މޮޅެތި ކޮމިޝަންތައް ހަދާ ރައްޔިތުންގޮބޯ ހައްދާ ޓެކްސްގެނަމުގާ ފޭރި ރައްޔިތުުންގެ ފައިސާއިން ބަދަލުގެ ނަމުގަ ވައްކަންކޮށް ގަޢުމުގެ އިގްތިސޯދީ މައި ނާރު ބޭރުގެ ފަރާތްތަކައް ވިއްކާ ރައްޔިތުން ބިކަކޮށް މިހަދަނީ ކީއްވެބާ

  18
  3
 30. Anonymous

  انا لله وانا اليه راجعون

  27
 31. މއާޒު

  މިޢާއިލާއައްގޮވާލަން މަރައް މަރު ހިފަން މިގަޢުމުގަ މިކަން އެބަޖެހޭ ނިމުމަކައް ގެންނަން

  20
 32. ގޭންގް

  ޔާމީނު ގެންގުޅޭ ކުދިންކޮޅު އެކްޓިވް ވެގެން އެ އުޅެނީ

  9
  26
 33. ޢައިސް

  އެމަރުގެ ފަހަތުގައި ހުރީމިސަރުކާރާއިކިރިޔާވެސްގުޅުމެއްހުރިމީހެއްކަމުގައިވައްޏާއެމީހެއްގެމަށްޗަށްއެކަންސާބިތެތްނުވާނެއެވެ. އެކަންވަރަ ވަރަށްސާފެވެ. ޢެއީމިވެރިކަމުގައިމިހާރު ވެސްފެނަމުންދާބޮ ޑު މަންޒަރެކެވެ.

  17
  1
 34. މަރު

  މިސަރުކާރުގެ ވަސް ހިފާފައިހުރިމީހެއް ކަމަށްވައްޏާ ސާބިތެއްނުވާނެއެވެ. އެއީ މިހާރުވެސް މިކަސަރުކާރުގައި ފެން ނަމުންދާ ބޮނޑު މަންޒަރެކެވެ.

  17
  2
 35. ާައަސްލަމް

  އަނިޔާ ވެރިކަމެއް

  16
  2
 36. ރޮނޑާ

  ރޮނޑާއަށް ހަމްދާއިޝުުކުރުހުރި މިފަހަރުތިކިޔުނީ ރަނގަޅުއެއްޗެއް ﷲ ރޮނޑާއަށް ހެޔޮވިސް ނުންދެއްވައި ރޮނޑާ އަކީ އިންސާނުން ނަށްޓަކައި އޯގާތެރި ޔެއްކަމުގައި ލައްވާށިއާމީން

  10
 37. ދިވެހި ފޭރާން

  ވަގުތު އިން ތިޔަކުރާ މަސައްކަތަށް ޝުކުރު އަދާކުރަން، ވަގުތު ގެ ރިޕޯޓަރުން ތިޔަހޯއްދަވާ މައުލޫމާތު ފުލުހުންގެ ތަހުގީގައްވެސް އެހީއަކައްވާނެ.

  16
  1
 38. ޖަނބެ

  މިކަންވެސް ތަހުގީގު 100 އަހަރައް ދެމޭނެ އިތުބާރު ގެއްލިއް މާޔޫސްވެއްޖެ

  11
  2
 39. Anonymous

  ކޮބާ އެމެރިކާއިން އަވަހަށް ކޮންމެވެސް ހަރުބީކާފަރަކު ގެނެސް ލާއިންސާނީ ކުށްކުރުން ހުއްޓުވާ .ދިވެހިރާއްޖޭގަ ތިބި ޢިލްމުވެރިންނާ ހާފިޡުންނާ ނުވީތާކަށް މާތްވެގެންވާ އިސްލާމްދީނުގަ އަންގަވާފަވާ ފަދައިން އެދީނުގެޝިޔާރު ދިރުވާއާލާކުރުމަށް ހިތްވަރުލިބިދާނެ ހެޔޮ އަމަލަކަށް މަގުފަ ހިވާފަދަ ހެޔޮބަހެއްބުނާމީހަކު ހުއްޓަސް އެމީ ހަކު ބޮލުގަ ކޮންމެވެސް ނުބައިއިލްޒާމެއްއަޅުވާ ހަައްޔަރުކޮށް އަނދަގޮނޑިޖަ ހާ. !!
  ނުނޭވާމިއޮތީ ގައުމެއް. ﷲގެކޯފާކަމައްވެސް ވެދާނެ. ވިއްސާރަކަނޑައިގެންނުދޭ. ރަށްތަކުގަފެންބޮޑުވަނީ. ތޫފާންތައްގިނަވެ ބިންހެލުންތައްގިނަވަނީ. ﷲއަކްބަރ. ﷲޢަކްބަރ ﷲއަކްބަރ.

  13
 40. ސުހާ

  ޜާއްޖޭގެ ހުރިހާރައްޔިތުން ނުކުންނަންވެއްޖެ އެމީހަކުކުރަންއޮތް މަސައްކަތެއް ހުއްޓާފަ މިގައުމު އަމާންތަނަކަށް ހަދަން... އެއްބަޔަކައްވެސް މިކަން ރައްޔިތުންނަކަށް ކޮށެއްނުދެވުނެއްނު... އުމަރުނަސީރުގެ ވަޒީރުކަމުގަ މިމީހުންސައިޒުކުރަން ފެށީމަވެސް އުމަރުގެ ބާރުތައް ދަމައިގަތީ... ވެރިންނައްތިބޭމީހުންނަށް މިމުންކަރާތްތައް ނުހުއްޓުވާނަމަ މާތް ﷲ ގެހަޒުރަތުން އަތުވެދާނެ އަޒާބަކަށް ބިރުވެތިވޭ... އުމުރަކީ ވަރައްކުޑައެއްޗެއް... ފުރުސަތުލިބިފައިވާއިރު މާތް ﷲ ދެއްވި މަގާމުތަކުގައި ތިބެގެން އެކަލާންގެ އެންގެވިގޮތަށް ތެދުވެރިކަމާއެކު ކަންކަންކޮށްދެއްވާ... މަގާމަކީ ތިމާގެމޮޅުކަމަކުން ލިބޭއެއްޗެއްނޫން އެއީ މާތް ﷲ ތިބާ އިމްތިހާނުކުރެއްވުމަށް ދެއްވާ އެއްޗެއް...

  23
 41. ޙުސެން

  މީދެންވާނެގޮތް މިވަނީ އަދި މޮޅީ ފުލުހުންނަކައްވެސް މިބަޔަކުނުހޯދޭ އެމީހުން އުޅެނީ އަބަދު ސިޔާސީ ކަންކަމުގަ ޑިއުޓީއައް ދާނެ މީހަކުނުވޭ ދާންބޭނުންވަނީ ބޮޑެތި ވެހިކަލްގަ ރަށުން ފުންމާލާގޮތައް ވެހިކަލަކައް ލާފަ މާލެތެރޭ ޑިއުޓީކުރަން ފޮނުވީމަ ވާނީ މިހެން..ތިޔަ ޕޮލިހުންލައްވަ ފައިމަގުގަ މަގުތަކުގަ ޑިއުޓީމެރުވިއްޔާ ކީއްވާނީ މީކުޑަކުޑަތަނެއް..މިއޮތީ ވާނެގޮތް ވެފަ..

  2
  1
 42. މަށޭ

  ނަމާދު ކުރާ ރަނގަޅު މީހުން މަރަން ގަނޖބޭ ބުނީޔޭ މަމެން ބުނާ ހިތެއް ނުވޭ. ނުވެސް ބުނާނަން.

  4
  1
 43. އަލީ އަސަދް

  މަރަށް މަރު ހިފާ، އެހެން ނޫނީ މިކަން ތަކުރާރު ވާނެ. ﷲ އަށް ބިރުވެތިވޭ، ހުރިހާ ކަމެއްގެ ހިސާބު ބެއްލެވޭނެ ދުވަހެއް އެބައާދޭ. މިކަން ކުރި ޝައިތޯނާ އަށް ލައުނަައި ލައްވާންދޭވެ. އާމީން.

 44. ދޮވިކަލޯ

  ތިޔަ މީހާވެސް ޢާއްމުންނަށް ނުފެނުނަމަ ހޮސްޕިޓަލާއި ފުލުހުން އިޢުލާނުކުރާނީ އެމީހާ މަރުވެފައިވަނީ ޤުދުރަތީ މަރަކުންކަމަށެވެ. ވައިގޮޅިން ވައްޓާލައިގެން މަރާލިމީހުނާ ، ދަންޖައްސައިގެން މަރާލިމީހުންނާ ، ލިފްޓުގައި މަރާލާފައި ވާމީހުންނާ ، އުސްތަންތަނުން ވައްޓާލާ މަރާލަމީހުންނާ ، ބޮލަށް އެއްޗެތި ވައްޓާލައިގެން މަރާލިމީހުންނާ ، ވެހިކަލުން ޖައްސާ މަރާލިމީހުން 2019 ވަނައަހަރު 12 އަށް އަރައެވެ. އެކަމަކު ޚަބަރު އިއްވަނީ ޤުދުރަތީ މަރުން މަރުވާ މީހުންކަމުގައެވެ. ވަޅިންނާ ތޫނު އެއްޗެތިން ޙަމަލަދީ ޒަޚަމްވެ ފުރާނަ ސަލާމަތްވީ މީހުންގެ ޒަޚަމްތަކަކީވެސް ސަމާސާއަށް ކޮށްފައިވާ ކަންތަކޯލައެވެ. މަގުތައް އަމާންވެއްޖެކަން ދެއްކުމަށް ސަރުކާރުން ފެށި ޕްރޮޕެގެންޑާއަކީ އެއިއެވެ.

  2
  1
 45. އާރިފާ

  ޑރ. ޝަހީމްކަމަށް ހަދަން ވީނު

  4
  2
 46. ކުޑަބެ

  މި ފެންނަންފެށީ އެޖެންޑާ 19 ގެ ކޮޅުމަތި ހހހތިޔަކަން ކުރި ފަރާތެއްހ ހޯދާލާކަށް އެއްވެެސް ކަމެއް ނޫނެއްނު މި ހާރަކު އަވަ ހަށް މަރު ކޮމިޝަނާ ހަހވާލު ކޮއްލާ ވަރަށް ފައްކާވާނެ

  2
  1
 47. ޖަހާންގީރު

  މިހާރު މިއޮށް ލާދީނީ އެމް ޑީ އެން ސަރުކާރުން އިސްލާމީ ޙުކުމްތަކަށް ފާޅުގަ ގޮންޖަހާ ޙުކުމް ތަންފީޒް ނުކުރާނެކަމަށް އެމީހުންގެ '' ބައިގަނޑަށް '' ޔަޤީންކަންދީ އެ ހަދަނީ ދިވެހިރާއްޖެ އިތުރަށް ފަސާދަކުރުވަން

  5
  1
 48. ކޮބާކަލޭ

  އިންތި މިއަނިޔާވެރި އަމަލުގެ ޒިމްމާނަގަން ރައީސް ނުޖެހޭތަ ކޮބާތަ މަރުތައްބަލާ ކޮމިސަން މިއީ އިންސާފުތަ؟

 49. ބަރުގޮނު

  މީހުން މެރުން މިދަނީ ގިނަވަމުން. ދެރަކަމަކީ ސަރުކާރުގެ ވިސްނުން މިހުންނަ ގޮތް.. މަރަށްމަރު ހިފުމުގެ ޢުޤޫބާތް ރާއްޖޭގައި ދެވޭނެ ކަމަށް މިހާރަކު ނުފެނޭ. އިސްލާމީ ޝަރީޢަތުގެ ޙުކުމް އދ. އިން ފޮނުވާ މީހަކު ބުނާގޮތަށް އަބުރާލުމަކީ ވާންވީ ގޮތެއްނޫން. މިހާރުވެސް މަރަށްމަރު ހިފަންޖެހި އެޙުކުމް ތަންފީޛު ނުކުރެވިތިބި މީހުން އެބަތިބި. މިޙުކުމް ތަންފީޛުނުކޮށް މިމީހުން ގެ އަދަބު ސަރުކާރުން ލުއިކޮށްފިނަމަ މަރާލެވުނު މީހާގެ ޢާއިލާގެ ޙައްޤު ކޮބައިބާ..؟؟ އެއީ ޢަދުލުވެރި ސަރުކާރެއްގެ ގޮތެއްކަމަށް ވެދާނެބާ...؟؟

 50. ހެޔޮނުވާނޭ

  ވަރަށް އަވަހަށް ނެރޭނެ ރިޕޯޓެއް، ދީނީ ހަރުކަށިކަން ގެންގުޅޭ ގްރޭޕެއް ކުރިކަމެކޭ ކިޔާފަ. އެންމެ ފަަހަރަކުވެސް މީހަކަށް އިންސާފު ހޯދަ ދީބަލަ

 51. މަރުކޮމިޝަން

  ކޮބާ ސުއޫދުލް އަލްހުސްނު

 52. ތެދުބަސްް

  މިތާ ކޮމެންޓު ޖަހާ މީހުން ހަމަ މޮޔައީތަ؟ މީހަކު މަރާލާ ކޮންމެ ފަހަރަކު އެކަން ސިޔާސީ ކަމަށް ހަދާކަށް ނުޖެހޭ. މި ކަމުގެ ސަބަބުން އަސްލު ކުށްވެރި މީހާ ހަނި ގޯޅިއަކުން ނިކުމެގެން ދާނީ، ހައްޤު އަދަބު ދުވެހަކުވެސް ނުދެވޭނެ. ޤާސިމުގެ ހައްޤުގަ އަހަރެމެން ތެދުވަން ޖެހޭނެ އިންސާނިއްޔަތަށްޓަކައި އަހަރެމެންގެ އާއިލާއާ ދަރީންގެ ރައްކަލަށްޓަކައި. އަހަރެމެން އެންމެން އެއްް ބަހެއް ކިޔައިގެން ކުށްވެރިޔާ ހޯދުން މުހިންމު