މިރޭ ވަޅިން ހަމަލާދީ މަރާލި ހަސަން ގާސިމް(މާލޭ ދަފްތަރު) އަކީ 5656 ޓެކްސީ ސެންޓަރުގެ ޑްރައިވަރެއްކަން އެނގިއްޖެއެވެ.
އެ ޓެކްސީ ސެންޓަރުން ވަނީ "ވަގުތު" އަށް މިކަން ކަށަވަރު ކޮށްދީފައެވެ.
"ވަގުތު" އަށް އެނގިފައިވާ ގޮތުން ގާސިމް އާއްމުކޮށް ޓެކްސީ ކުރަނީ މާލެގައެވެ.
އެ ސެންޓަރުން ބުނެފައި ވަނީ ގާސިމް މިރޭ ހުޅުމާލެ އަށް ދިޔަ ވަކި ވަގުތެއް އެނގިފައި ނުވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލެ ހިތިމަގުގައި ޒަހަމްތަކަކާއެކު މީހަކު ވެއްޓިފައި އޮތް ކަމުގެ ރިޕޯޓެއް މިރޭ 21:07 އެހާކަންހާއިރު ލިބުމުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ ޒަހަމްވެފައިވާ މީހަކު ހޮސްޕިޓަލަށް ގެނައީ 21:22 ގައި ކަމަށާއި އޭނާ ނިޔާވެފައިވާ ކަން ޑޮކްޓަރު ކަށަވަރު ކޮށްދެއްވީ 21:51 ގައި ކަމަށެވެ.
މަރާލާފައިވާ ހަސަން ގާސިމް އަކީ އުމުރުން 59 އަހަރުގެ މީހެއް ކަމުގައި ވާއިރު، މީސް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ ކަރުން ވަނީ ގިނަ އަދަދެއްގެ ލޭ ފައިބާފައެވެ.
މާލޭ ދަފުތަރުގައި ޖައްސާފައި އިން ނަމަވެސް، ގާސިމް އަކީ އދ. މާމިނގިއްޔައް ނިސްބަތްވާ މީހެކެވެ.
މިއީ 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހަށް ފަހު މާރާމާރީއެއްގައި މީހަކު މަރާލި ފުރަތަމަ ފަހަރެވެ.
މި ލާދީނީ ސަރުކާރުގަ ނުހިނގާނެ ހިތާމަ ވެރި ހާދިސާތަކެއް. މިއީ އުފާވެރި ހާދިސާތައް
މަރައް މަރު ނުހިފަޔެއް މިކަމެއް ނުހުއްޓުވޭނެ ، އެމެރިކާގަވެސް ޑެތްޕެނެލްޓީ ދޭ
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ކޮބާ ފުލިހުންގެ އިންޓަލިޖެންސް، ކޮބާ ފުލުހުންގެ އިންޓެލް ފުލުހުން.. މިވަރުގެ ކުށެއް ރާވައިގެން ހިންގުމިގެ ކުރިން ފުލުހުންނަށް މިކަން އޮންނަން ވާނީ އެނގިފަ.. އަދި ކީއްތަ ގޭންތަކަށް ނިސްބަތްވާ މީހުންގެ ތެރޭގައި އިންޓެލް ފުލުހިން އެގޭންތަކުގައި އުޅެނީ ކުށް ކުރުމުގެ ކުރިން އެކަން ރާވާ ހިންގަން އުޅޭގޮތުގެ މައުލޫމާތު ހޯއްދާ ކަންކުރުމުގެ ކުރިން ހުއްޓުވާ ޤާނޫނީ އުގޫބާތުން ކުށެއްކުރުމިގެ ކުރިން އެބަޔަކަށް އަދަބުދީ ކުށްކުރުމުން ބަރީއަކުރުން ނަމަވެސް މިތާނގަ މިއޮންނަނީ ކަމެއް ކުރީމަ ދެން ފުލުހުން ނިކުމެ މޮޅު ނަމެއް ކިޔާ ޕެޓްރޯލްކުރުން އެއީ ވެސް ދުވަސްކޮޅެއްގެ ކަމެއް، ހަޤީޤީ އަމާންކަން އެގައުމެއްގައި ދެމެހެއްޓޭނީ އަވަގިނެތި ޕެޓްރޯލްކުރުމުގެ ރޫހުގައި އެކަން ކޮށްގެން.
މިތންތަނުގަ ނޫޅޭ އަ މަން ގެންނާކަށް
ޔާމީން އިބޫ އަންނި ޒިންމާ ނަގަންޖެހޭ ކަމެއްނޫންތީ
އެމީހުންގެ ބެލެނިވެރިން ޒިންމާނަގަންޖެހޭނީ
ގިޔާމަތްދުހު ދަރިން ތަރުބިއްޔަތުކުރި ގޮތާއިމެދު ސުވާލްކިރެވޭނީ އެމީހުންނާ
ރަނގަޅު ތަރުބިއްޔަތެއް ދެވުންނަމަ ނުކެރޭނެ ތިކަންކަން ކުރާކަށް
ނޫން. ހުރިހާކުށެއްގެ އަސްލަކީ އިބިލީހު. އޭނަ ވަސްވާސް ނުދިންނަމަ ތިޔަކަމެއް ނުކުރާނެ. އެހެންވީމަ ނަރަކައިގަ އޮންނަންވެސް ވާނީ އިބިލީހެއްނު ކަލޭމެންގެ ބަހުންނަމަ.
ކޮބާ މަރު ކޮމިޝަން .. އަވަހަށް ތަހުޤީޤް ކުރަން ފަށާ ... މި ސަރުކާރުގައި އެއްވެސް ހިތާމަ ވެރި އެއްވެސް ކަމެއް ނުހިގާނެ . މުޅިން ވެސް މިދިޔަ ސަރުކާރުގައި ހިތާމަ ވެރި ކަންކަން ވަނީ ...
ޢަވަހަށް މަރު ކޮމިޝަން އިން ތިކަން ތަހުޤީޤު ކުރޭ ......
މިހާރު މުޅި ޤާ
މިކަހަލަ ކަންތައް ހުއްޔުވޭނީ މި ކަންތައްތަކައް ދީނުން ކަނޑަ އަޅައިފައިވާ ގޮތައް ފިޔަވަޅު އަޅައިގެން
ގޭންގު ތަކަކީ ހަރުކަށި ބައެއް ކަމައް ކަނޑައަޅާކައް ނުވޭބާ!!!
ރައްޔިތުން ނުކުމެ މަރަންވީ މި ގޭންގް ތަކަށް ނިސްބަތްވާމީހުން.
ކޮންމެ ސަރުކާރެއްވެސް ވަރަށް ފޮނި އުއްމީދުތަކެއް ރައްޔިތުންނަށް ވެފަ މި އަންނަނީ... ނަމަވެސް މި ގައުމުގައި ރައްކާތެރި ވެއްޓެއް ގާއިމް ކޮށްދިނުމަށް ހުރިހާ ސަރުކާރަކުންވެސް ވަނީ ނުކުޅެދިފަ...އެހެނެއް ނޫންތޯ ވާނީވެސް ...ގޭންގު ތަކުގެ ކުދިންނަށް ފައިސާ ބަހާ ހަދަނީވެސް މި ސިޔާސީ މީހުން..އެމްޑީޕީއެއް..ޕީޕީއެމްއެއް މިޔަކު ތަފާތެއް ނެތް... ހަމަ ހުސް ރައްޔިތުންނަށް ގައްދާރުވާ މީހުން