ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ސްރީލަންކާ އަށް ވަޑައިގެންފިއެވެ.

މިނިސްޓަރ ޝާހިދުގެ މިދަތުރުފުޅަކީ ސްރީލަންކާގެ އާ ސަރުކާރުގެ ވެރިންނާއި ބައްދަލު ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިނިސްޓަރ ޝާހިދުގެ މިދަތުރުފުޅުގައި ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސްރީލަންކާގެ ފޮރިން މިނިސްޓަރ ދިނޭޝް ގުނަވަރުދަނައާއި ބައްދުކުރައްވައި ރާއްޖެއާއި ސްރީލަންކާއާ ދެމެދުއޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ.

އަދި މިނިސްޓަރ އަބްދުﷲ ޝާހިދުގެ މިދަތުރުފުޅުގައި ސްރީލަންކާގެ ޕާލިމެންޓްގެ ރައީސް ކަރު ޖަޔަސޫރިއާ އާއި ބައެއް ވަޒީރުންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ މިދަތުރުފުޅަކީ، ގޮތަބަޔާ ރާޖަޕަކްސަ ސްރީލަންކާގެ ރައީސްކަމުގެ މަޤާމަށް އިންތިޚާބުވުމާއި އަދި ބޮޑުވަޒީރު ކަމުގެ މަޤާމާ މަހިންދަ ރާޖަޕަކްސަ ހަވާލުވެވަޑައިގެންނެވިފަހުން ރައްޖޭގެ ވަޒީރަކު އެގައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒާ

    ސާބަހޭ ޝާހިދު އެންމެ ދުވަހަކުވެސް މާލޭގައި ނުހުންނާތި. މިއަހަރުގެ ބަޖެޓް ހުސްވެ ޔޫރަޕަށް ނުދެވުނިއްޔާ ލަންކާއަށް ނޫނީ ނ. މާފަރަށް ނަމަވެސް ދަތުރެއްކުރާތި، ތީވާ ފޮރިން މިނިސްޓަރެއް.

  2. ރާޖާ

    ރާޖަޕަކްޝާ ބުނީ ބައްދަލު ކުރަން ބޭނުމޭ ކަލޭމެންނަށް އަހަރެން ހިމާޔަތް ދިނީ ޔާމީނަށް ވެސް ހިމާޔަތް ދިނުމަށޭ އަވަހަށް ގެ އަށް ބަދަލު ކުރާށޭ މިއީ ސައްހަ ވާހަކަ ދޮގެއް ކަމަށް ބުނާކަށް ނުކުރޭނެ ބަލަން ތިބޭ

  3. ފަރުހަތު

    ދިވެހި ދައުލަތް ދަތުރު ފަތުރުކޮށް ބަނަގުރޫޓް ކުރަމުންދާ ޝާހިދު.