އަންހެނުންގެ ހައްޤުތަށް ހަނިވާގޮތަށް ވާހަކަ ދެއްކުން ހުއްޓާލުމަށް ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމަށް، ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ގޮވާލައިފިއެވެ.

ޑީރާޕީން ނެރެފައިވާ ނޫސްބަޔާނެއްގައި ޖާބިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރެވޭ މެމްބަރުންގެ ތެރެއިން އަންހެނުންނަށް ވަކި އަދަދެއްގެ ގޮނޑި ހާއްސަ ކުރުމާއި، ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށްވެސް ރާއްޖޭގެ ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފާޑު ކިޔާ ކަމަށެވެ.

އަންހެނުންގެ ހައްޤުތައް ހޯއްދަވައި ދެއްވުމަށް މިސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާއިން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްޤުތަކާއި ހިލާފަށް ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށް ރައްޔިތުންނަށް ވިސްނައި ދިނުމަށްޓަކައި ގާސިމް ދައްކަވަމުންދާ ވާހަކަތައް ޑީއާރްޕީ އާއި ޖާބިރުގެ ނަމުގައި ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

"އަންހެނުންގެ ހައްޤުތައް ހަނިވެގެންދާ ގޮތަށް ޖުމްހޫރީ ޕާޓިއާއި، އެޕާޓީގެ ލީޑަރު ދައްކަވަމުން ގެންދަވާ ވާހަކަ ތަކާއި، ކުރައްވަމުން ގެންދަވާ މަސައްކަތްތައް މިހިނދުން މިހިނދަށް ހުއްޓަކުމަށް އެފަރާތްތަކަށް ގޮވާލަމެވެ." ޑީއާރުޕީން މިއަދު ނެރެފައިވާ ބަޔާނުގައި ވެއެވެ.

އެޕާޓީގެ އެންމެ ބޮޑު އެދުމަކީ ދިވެހި އަންހެން ކަނބަލުންނަށް ރާއްޖޭގެ ގިނަ ދާއިރާތަކުގައި އެބޭފުޅުންގެ ދައުރު ބޮޑުތަނުން އިތުރުވެގެންދިއުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެކަން ވެގެން ދާހިނދު، އެކަމަށް މަރުހަބާ ކިޔައި އުފާކުރާ ކަމަށްވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.

ދިވެހި އަންހެންކަނބަލުންގެ ކުރިއެރުމާއި ފާގަތިކަމަށް ސަރުކާރުން ކުރައްވާކޮންމެ މަސައްކަތަކަށް ޑީއާރްޕީ އާއި އެޕާޓީގެ ލީޑަރުގެ ފުރިހަމަ އެއްބާރުލުން ދިނުމުގައި ދެމިތިބޭކަމުގެ ޔަޤީންކަން ދިވެހި އެންމެހާ އަންހެން ކަނބަލުންނަށާއި، ދިވެހި ސަރުކާރަށް ދޭ ކަމަށް ވެސް ޑީއާރްޕީގެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހުސޭނުބޭ

    ޖާބިރު ވަރަށް ވިސްނާ ހުންނާތި! ޤާސިމް ވަރަށް މޮޅުވާނެ! ދިޔާނާވެސް ޖަހާގަނެގެން ގެންދަން ފަހަށް ނުޖެހޭނެ! އެއީ ޖާބިރު މީހެއްގެ އަތުން ދިޔާނާ ޖަހާގަތް ފަދައިން!

    17
  2. ސޫދު ހުސްނު

    ރާއްޖޭގެ ކަނޑުގައި މިހާރަކަށް އައިސް މިއަރު އާދަޔާހިލާފަށް ގިނަވަމުން ދާތީވެ މިޔަރު މަދުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން މިއުލޭ ބަނޑު ނުފުރޭ ގާސިމާއި ހިތްނުފުރޭ ޖާބިރުވެސް އެބަޖެހޭ މިގައުމުން ފައްސާލަން. މުޅިގައުމަށް ހުރި މުސީބާތަކަށް ވެއްޖެ.

    14
    2
  3. ޢަޒްރާ ޢަލީ

    އަންހެނުންގެ ޙައްހުތައް ވ ރީތިކޮއް އެނގެން އޮވޭ ކީރިތި ޤްރްއާނުން

    14
    2
  4. ކާލާ

    އަނީސާ އާއި ޖާބިރު އިންނަންވީނު، ދެމީހުން އެއްކޮށް އަންހެނުން ހިމާޔަތްކުރަން އުޅޭ އިނދެގެން...........

    3
    1
  5. މިއަދު

    ޤާނޫނުން އަންހެނުންނަށް 33% ދީފައި އޮންނަ ކައުންސިލަކަށް އަންހެން ދެބޭފުޅުން ރަޢިއްޔަތުންގެ ވޯޓުން ހޮވިއްޖެނަމަ އެފުރުސަތު ދެވިގެންނުވާނެ

    4
    1
  6. ފާތެ

    ޖާބެ ރުޅިއަޔަސް ގާސިމް އެބުނީ ތެދެއް. ކުރީގަ އޮތް ގޮތުން މުޅި ކައުންސިލްގަވެސް އަންހެންވެރިންނައް ފުރުސަތު އޮވޭ

    3
    1
  7. ޙައްވަ

    ފިރިހެނުން ގޭގައި މަޑުކޮށް އަނހެނުން ދައުލަތުގެ ހުރިހާ ކަމަކާ ހަވާލު ވާންވީ އޭރުން ތިބަިގަނޑު އުފާވާނެ.

    1
    2
  8. ކަހަނބު ވިތްޓޯ ޓޯ

    އިޝްގީ ތާރައިގެ ދެ ތާރަދޯ މީ ފުކެއްބޮޑުވަރު ދޫނިގާސިމް އެންޑު ދިޔަަާ ޖާބިރު

  9. ހިސެން

    ގާސިމް ހަނިކުރީކީނޫން، ނަހޫ ގާސިމައް ނުދައްކަނީ. އޭގެ ބޭނުން ހިފަނީ އެހެންބަޔެއް. ދިޔާނާ ޖާބިރައްވެސް އެހެން އެންމެނައްވެސް ފުޅާކޮއްދޭ.