އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތައް ލިބުނު ފައިސާގައި ޖެހުނު އެންމެންނަށް ދައުވާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފިއެވެ.

އެމްއެމްޕީއާރްސީގެ ފައިސާގައި ޖެހުނު އެންމެންގެ މައްޗަށް ދައުވާ ކޮށްދިނުމަށް ނަޝީދު މިއަދު އެދިވަޑައިގެންނެވީ ބަޖެޓް ބަހުސްގައި ދުވާފަރު ދާއިރާގެ މެމްބަރު، އިސްމާއިލް މުހައްމަދު ދެއްކެވި ވާހާކަތަކާ ގުޅިގެންނެވެ.

ނަޝީދު ވިދާޅުވީ، އެމްއެމްޕީއާރްސީގެ ފައިސާގައި ޖެހުނު ކަމަށް މަޖިލީހުގެ މެމްބަރުންތަކަކަށް ތުހުމަތުކޮށްފައިވާ އިރު، އެ މެމްބަރުންނަކީ ކޮން މެމްބަރުންނެއްކަން ނޭނގޭ ނަމަ އެ ތުހުމަތު ރައްދު ވަނީ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ކަމަށެވެ. އެހެން ކަމުން އެއީ ކޮން މެމްބަރުންނެއް ކަން ނޭނގޭ ނަމަ ހިޔާނާތުގެ ފައިސާ ނުނަންގަވާ މެމްބަރުން ހިތް ނުތަނަވަސްވާނެ ކަން އެނގިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ގެއްލިފައިވާ ފައިސާ ހޯދާ ކޮމިޝަންގައި ވަރަށް އަދަބުވެރިކަމާ އެކު އެދެން، އަދި ފުލުސް އޮފީހުގައި ވެސް އެދެން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އަރިހުން ވެސް އެދެން އެމްއެމްޕީއަރުސީގެ ފައިސާގައި ޖެހިފައިވާ އެންމެހާ ފަރާތްތަކާ ގުޅޭ ގޮތުން ދައުވާ އުފުލައި ދިނުމަށް" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އެ ފައިސާގައި ޖެހުނު ފަރާތްތައް ވަރަށް ސާފުކޮށް، ފުލުހުންނަށާއި އެޓާނީ ޖެނެރަލް އޮފީހާއި އަދި ރިޔާސީ ކޮމިޝަނަށް ވެސް އެނގޭނެ ކަމަށެވެ. އެ ތަހުގީގަށް އެމްޑީޕީން ވެސް އެހީތެރިވެފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފުލުހުން ވިދާޅުވެފައި ވަނީ، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރުންނަށާއި، މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ 16 މެމްބަރަކަށް ފައިސާ ލިބުނު ކަމުގެ ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ފައިސާ މިހާރު ވެސް އިސް މަގާމުތަކުގައި ތިއްބެވި އެތައް ބޭފުޅުންނަކަށް ލިބިފައިވާކަން ތަޙްޤީޤަށް ސާބިތުވި ނަމަވެސް އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް ދައުވާ އުފުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށެވެ. އެދައުވާ ވަނީ އެމަނިކުފާނުގެ މައްޗަށް ސާބިތުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ސަންސެޓް

    ކުރިން ބުނި މަ އުސޫމަކީ ނަޒާހާތްތެރި އެކޭ. އެމްޑީޕީ އަށް ޚަރަދު ކުރީމަ ނަޒާހާތްތެރިވަނީދޯ؟ އެމް އެމްޕީ އާރސީ ގެ އެންމެގިނަ ފަ އިސާ ވަދެފަ ހުރީ އެމްޑީޕީ ހަޒާންދާރު އެކަ އުންޓަށް.

    28
    1
    • ކެކެކެ

      އޭރުން ޅިޔަނު ސުލޯލިހުވަގުގެ ދުވަސް ދިޔައީނު. ބޮޑުވަޒީރުކަމަށް ފަރިކުރަނީ ދޯ

  2. ރޮނޑާ

    އަހަރެންނައް ނަޝީދައް ސަޕޯޓު ކުރެވެނީ ސާފު ސީދާ ބަހުން ހަގީގަތް ހާމަ ކުރަން ކެރޭތީ. ސާބަހޭ ނަޝީދު. .މިތިބީ މަނިކުފާނާ އެކު. ގައުމު ދޮވެ ސާފުކުރޭ. ވައްކަން ކުރި އެއްމެން ފަޑިޔާރު ގެ އާއި ހަވާލު ކުރުމައް ބާރު އަޅާދީ.

    8
    41
    • Anonymous

      ހިނދުކޮޅު އަންނަންޏާ ކަލޭއަށް އެވަރެއް ނޯންނާނެ.

      10
      1
    • ރަންނަ

      ތާއީދު

      2
      5
  3. މިގޭ

    ނުކެރޭނެ ތިކަން ކުރާކަށް. ކަލޭވެސް ޑީލްހެދި

    10
  4. Anonymous

    ގަންޖާ ރަ އީސު ނަޝީދު އަނގަ އިން އަދި ކިރިޔާ ރަނގަޅު ވާހަކަ އެއ އް ވިދާޅުވެވުނީ، އެމް އެމް ޕީ އާރސީގެ ފަ އިސާގަ އި
    ޖެހުނުމީހުންނަށް ޝަރީ އަތް ކުރާ އިރު އެންމެ ފުރަތަމަ ޝަރީ އަތް ހިންގަންޖެހެނީ މިހާރުގެ ރަ އީސު އިބޫސާލިހަށެވެ. ޢެއ އްމެ މަ އިވަގު އަދީބު ފާޅުގާ މުޅި ގަ އުމަށް ފާޅުކޮށް ބުނިވި އްޔާ އެކަލޭގެވެސް 33މިލިޔަން ޑޮލަރ ހޯދިކަމަށް، އެހެންވީމަ އާއއ އިއ އެކު ވަގު އަދީބު އެހެރީ އެއ އްވެސް ކުށެ އް ނެތްކަމަށް މިނިވަންކޮށްފަ، މިފަދަ ޝަރީ އަތްތަކަށް ކިޔަނީ ސަދޫމުގެ ޝަރީޢަތޭ، ދެ ދުނިޔޭގެ ސަލާމަތް ބޭނުމިއ އްޔާ ގަ އުމުގެ ވެރިންނާ އި ޝަރީޢަތް ހިންގާ ފަނޑިޔާރުން ﷲއ އަށް ބިރުވެތިވެ ފުންކޮށް ވިސްނުން ބު އްދިވެރި.

    12
  5. ދަންސޫރަ

    ވަށްކަމުގެވާހަކަ ދަ އްކަނީ ވަގެ އް ތިމަށްސަލަ ނިމޭ އިރު ވަގު އޮންނާނީ ފަޅާ އަރާފަ

  6. ދޮވިކަލޯ

    އެންމެ ގިނަ ރުފިޔާ ލިބިފައިވަނީ އިބޫއަށް! އެއީ 37000000 ރުފިޔާ! ޑޮލަރުން ބަލާނަމަ 2.3 މިލިޔަން ޑޮލަރު! ކެރޭނެބާ ތިކަން ކުރަން؟

    10
  7. ކާލާ

    ކެރަފާ ސޭވާލި

  8. ދާވޫދު

    އެމްއެމްޕީއާރްސީގެ ފައިސާ މިހާރު ވެސް އިސް މަގާމުތަކުގައި ތިއްބެވި އެތައް ބޭފުޅުންނަކަށް ލިބިފައިވާކަން ތަޙްޤީޤަށް ސާބިތުވި ނަމަވެސް އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް ދައުވާ އުފުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށެވެ. އެދައުވާ ވަނީ އެމަނިކުފާނުގެ މައްޗަށް ސާބިތުވެފައެވެ. އެދަޢުވާސާބިތުވީކީނޫން ދަޢުވާސާބިތުކުރުވީ

    10
  9. ޢާސީ

    ތި ބުނެލާ ބަހަކައް ނުހައްދަވާތި ތިކަންކޮށްފިއްޔާ ތީ ވަރައް ރަނގަޅުކަމެއް އޮންސާފް ވެރިކަމެއް އަވަހައް ބައްލަވާ ނޫނީ ވަރައް ބޭ އިންސާފް

    4
    4
  10. އަބޯ

    ނަސީދު އާ އިބޫ އަ ދެމީހުނަށްވެސް ތަ ؟

    12
    1
  11. ޖަނބެ

    ކަލޯ ދެބޯގެރި ޖައްސަން ފެށީ މިކަން ކިހިނެއް ކުރާނީ އެއްމެމަތިންފެށިގެން ކައިފަހުރީ. މީހެއްގެ މަރުގެ ކަންބޮޑޫވުން ޑައިވާޓްކުރުމައް މީނަ ސޮޓަންޓް ޖައްސަނީ.
    ހުސް މިމީހުން އެކަކު އނެކަކު ކަރުގަ ހިފުމުގަ ރައްޔިތުން ހަނާވަނީ މަރަނީ ޔަތީމް ވަނީ

  12. ނޫސްކިޔާމީހާ

    ރައީސް ނަޝީދަށް ހަމަ ސާބަސް އޭ* އެމްއެމްޕީއާރުސީގެ ލާރިތައް ކާލި މީހުންނަށް އަވަހަށް ހުކުމްކޮށް ޖަލަށްލާ ފުއްޕާފަ އުޅޭ މެމްބަރުންވެސް.