ލާމަރުކަޒީ ޤާނޫނަށް ގެންނަ އިސްލާހާއި އެކު މިހާރު އުޅެނީ ރައްޔިތުންގެ މަޖިލިސް ކުރީގެ އެޓޯލްސް މިނިސްޓްރީއަށް ހަދަން ކަމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު ވިދާޅުވެއްޖެއެވެ.

ޠާރިގު މިހެން ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާގައި ލާމަރުކަޒީ ޤާނޫނަށް ގެންނަ އިސްލާހުތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. މި ބިލުން ފެންނަނީ ރައްޔިތުންގެ މަޖިލީހަކީ ކުރީގެ އެޓޯލްސް މިނިސްޓްރީއަށް ހަދާތަން ކަމަށާއި މިއީ ރައްޔިތުންނަށް ބާރު ދިނުން ނޫން ކަމަށެވެ.

"އެޓޯލްސް މިނިސްޓްރީން ކަތީބުންނާއި އަތޮޅުވެރިން ތަންތަނަށް ފޮނުވަނީ. ފޮނުވާފައި ދުވަސްކޮޅަކުން ސިޓީއަކުން އަންގާލާނެ މާލެ އަންނާށޭ. އޭނާގެ އަންހެނުންނާއި ދަރިން ތިބޭނީ ހާސްކަން މަތީގައި. އެޓޯލްސް އިން ސިޓީއެއް އައިސްފިއޭ. މާލެ ޖައްސާލަން ޖެހިއްޖެއޭ. ވާނެ ގޮތެއް ނޭނގެއޭ. އެއް ބަޔަކު ތިބޭނީ ޖަލު ގޮޅީގައި އަނެއްބަޔަކު ވާނީ އަރުވާލާފައި. އަނެއް ބަޔަކު ވާނީ އެހެން ރަށަކަށް ފޮނުވާލާފައި." ޠާރިގު ވިދާޅުވިއެވެ.

ޠާރިގު ވިދާޅުވީ މިހާރު އެމްޑީޕީ އިން ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަކީ ރައްޔިތުންގެ މަޖިލީހަށް ހުރިހާ ބާރުތަކެއް ޖަމާކުރުމަށް ހުށަހަޅާފައިވާ އިސްލާހުތަކެއް ކަމަށެވެ. "މިއީކީ ރައްޔިތުންނަށް ބާރުތަކެއް ދިނުމެއް ނޫން. އެޖެންޑާ 19 ގައި މި ބުނަނީ ރައްޔިތުން ބާރުވެރިކުރާނަމޭ. އަނެއްކޮޅުން މިހާރު ހުށަހަޅަޅާފައި މިވަނީ މަޖިލީހުން ރައްޔިތުން އިންތިޚާބު ކުރާ ކައުންސިލަރުން ވަކި ކުރަން." ޠާރިގު ވިދާޅުވިއެވެ.

"ބާރުތައް މުށުތެރެއަށް ލަމުން ގޮސް މިހާރު މިވަނީ ރައްޔިތުންގެ މަޖިލީހުގައި އެޓޯލްސް މިނިސްޓްރީ އުފައްދާފައި." ޠާރިގު ވިދާޅުވިއެވެ.

ޠާރިގު ވިދާޅުވީ އެޖެންޑާ 19 ގެ ވައުދުތަކުގައި ރައްޔިތުންނަށް ވަރަށް ގިނަ ހުވަފެންތައް ދައްކާފައި އެބައޮތް ކަމަށެވެ. ރަށްރަށަށް ލިބޭ އާމްދަނީގެ 40 އިންސައްތަ އެ ރަށަކަށް ލިބޭނެ ކަމަށް އެޖެންޑާ 19 ގައި ބަޔާން ކޮށްފައި އޮތީ ވެސް ރައްޔިތުންނަށް އޮޅުވާލަން ކަމަށް ޠާރިގު ވިދާޅުވިއެވެ.

ކައުންސިލަރުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދިނުމަށް ލާމަރުކަޒީ ޤާނޫނު އިސްލާހު ކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެމްޑީޕީ އަށް އަމާޒުވެފައެވެ. ނަމަވެސް އެއިސްލާހަށް ބަދަލެއް ގެނައުމުގެ ވިސްނުން ގެންގުޅޭކަން އަދި އެމްޑީޕީ އިން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިއަދު

    ރަޢިއްޔަތުންގެމަޖިލިހުގެ މަސައްކަތާއި ސަރުކާރުގެ މިނިސްޓްރީތަކަތްތަކާއި މިއަދުމިވަނީ އޮޅިލާމެހިފައި މިނިސްޓްރީތައް ހުރީ ހުއްޓިފައި ކުރަންވީކަންތައް އަދި ކުރަންވީގޮތް ނޭންގިފައި މަޖިލިހުން ގޮތްނިންމާފައި އަންގަންދެން ކައުންސިލަރުން ވަކިކުރުމުގެބާރު މަޖިލިހަށްމިނެގީ ނަމުގައި ރަޢިއްޔަތުންގެ ވެރިކަން ކުރަނީ މަޖިލިހުން އެމްޑީޕީ ބޭނުންވާގޮތަށް މިވެރިންފޭރިތްވެރިކަމުގައި ކައުންސިލަރުން ބޭންޖަހާފައި ސަނާކިޔަން ނުނިކުންނާތީ ކައުންސިލަރުންވެސްވަކިކުރުމުގެބާރު އެމްޑީޕީގެ މައިޖަގަހަ (ރަޢިއްޔަތުންގެމަޖިލިސް) އަށްމިނެގީ 1932 ވަނައަހަރު ރާއްޖޭގެ ޤާނޫނު އަސާސީ އިޢުލާނުކޮށްމިވީ ދިގުމުއްދަތުގައި ދިވެހިތާރީޚް ދެކެފައިނުވާފަދަ ލާދީނީ އަދި ޚުދުމުހުތާރު ވެރިކަމެއް މިހާރު ރާއްޖޭގައި ހިގަމުން މިދަނީ މިއީ ދިވެހިން ބިރުގަންނަންޖެހޭފަދަ ނުރައްކާބޮޑުކަމެއް ދިވެހިން ހޭއަރާ