ކާމިޔާބުކުރެވެންދެން 16 އަކަށްފަހު 16 އެއް އަންނަމުންދާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ކުރީގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ.

ސައުދު ވިދާޅުވީ، "ރާއްޖޭގަ ކުރިއަށް މިދަނީ ފިރުއައުނުގެ ޒަމާން" ކަމަށާއި ޙައްޤު ބަސް ނުބުނާ ޢިލްމުވެރިންގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ރައްޔިތުންގެ މިނިވަންކަން ގެއްލި ހިނގައްޖެ ކަމަށާއި އަނިޔާވެރިކަން ޤައުމުގައި ޢާންމުވެއްޖެ ކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ، ޤައުމުގެ ހާލަތު ބަދަލުކުރުމަށް ރައްޔިތުން ކުރަމުން ގެންދާ މަސައްކަތްތަކަށް ޢިލްމުވެރިންގެ ޙައްޤު ބަސް ބޭނުން ކަމަށާއި، މާތްﷲގެ ޙުކުމްފުޅުތައް ބަޔާންކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަން ކޮށްދެއްވުމަކީ ޢިލްމުވެރިންނާއި މާތްﷲ ހަވާލުކުރައްވަވާފައިވާ އަމާނާތެއް ކަމަށާއި، މާތްﷲ ގެ އަމާނާތް ފުރިހަމައަށް ރައްދުކޮށް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ސައުދު ވިދާޅުވިއެވެ.

"ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ ޢާންމުވެއްޖެ, ހިތަށް އެރިގޮތަކަށް މާނަކޮށް ކިޔާ ޚުޠުބާއަކުން ޤައުމު ސަލާމަތް ނުކުރެވޭނެ, މިހާލަތުން ޤައުމު ސަލާމަތްކުރަން ޢިލްމުވެރިން ޙައްޤު ބަސް ވިދާޅުވަން ޖެހޭ،" ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ، އަނިޔާވެރިކަން އިސްކުރުމުން ރާއްޖޭގައި އަނިޔާގެ ސަގާފަތެއް އުފެދި މިހާރު ޖަލު ކުޑަގޮޅިތަކުގައި ވެސް ރައްޔިތުންނަށް ކުރަނި އަނިޔާ ކަމަށެވެ. ރާއްޖޭގައި އިންސާނީ ހައްގުތައް ނެތިކޮށްލައި، ރައްޔިތުންގެ ފައިސާއަށް ހިޔާނަތްތެރި ވެފައިވާކަމަށް ބުނެ ސައުދު އިތުރަށް ވިދާޅުވީ، ރައީސް ޔާމިން މިހާރު ދައުލަތް ހިންގަވަނީ ޑިމޮކްރަސީގެ ނަމުގައި ރަސްކަމުގެ އަނިޔާވެރި އުސޫލުތަކުން ކަމަށެވެ.

ސައުދު ވިދާޅުވީ، ޤައުމުގެ ކަންކަން އިޞްލާޙްކުރުމަށް ރައްޔިތުން ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓާ ނުލާނެ ކަމަށާއި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ކާމިޔާބުކުރެވެންދެން 16 އަކަށްފަހު 16 އެއް އަންނަމުންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މުހައްމަދު

    މީއަދިކޮންތާކުން އައިސްގެންއުޅޫ ކަންޑުކޮހެއްތަ..

  2. ޢހ

    ދެން ގޮނޑި ގެއްލުނަސް ތަންފުކެއް ބޮޑުވަރު. ދާން ވީނު މަހައް ދެން. ޙެހެ

  3. މީރާ

    ކަލޯ ފިރުއައުނު ސްޓައިލަށް ރިޝްވަތުގެ ކަޅުފައިސާގެ އަވާއިގަޖެހި ރަންރަން މަ މަރެއް ނުވާނަން ބުނަމުން ދިޔަ ހިނދު ހަދުމަ ނެތުނީ ތީ ހިތާމަ ކުރަން...ކިއްކުރާނީދޯ ތި ދެން މާޒީ، މިކަލެތީ ކަހަކުއްދާ، މަގަލެ ދަންޑެން ހެދީ ގޮންޑާ ހަލާކިވެގެ. ދެންއޮއްތޯ ހުރަގެއަށް ދިއުމުގެ އެުފާވެރި ފުރުޞަތު. ތައްޔާރެދާ... ހުންނޭކުން ތަޓެ ކަމެކެވެގޮހޮދޭ!

  4. ވަޓްޑޫޔޫ

    ދަ ކްރޭޒީ ސެލްފިޝް ދަ ރާއްޖެތެރެއަންސް މާލެ އަށް އަރާ އެމެންނަށް ދުނިޔޭގެ ބޭރުގައުމު ތަކަށް ދަތުރު ކުރެވުނީމާ ހޭ ބަލިވެގެން އުޅޭނެއޭ 16 އަށް ފަހު 16 އެއް އަންނާނެއޭ އެހެން ކިޔައިގެން އެއީ އެމެންނަށް ކަޓް ފައިސާ ލިބިގެން އެމެން އުޅުނު އަރާމުގައި އެމެންނަށް މިހާރު ނޫޅެވޭތީއޭ. ތިޔާއީ ދަ ރާއްޖެތެރެއަންސް ގެ ކަލްޗަރ އޭ އެއީ ހާސްވާން ޖެހޭ ކަމެއް ނޫނޭ އެއީ މަމެން ނުދަންނަ ކަމެއް ނޫނޭ ސަރުކާރުން ބައްލަވަންވީ ދެން އެހާ ބޮޑަށް ދަ ރާއްޖެތެރެއަށް ބޮޑެތި ޕްރޮޖެކްޓްސް ތައް ޑިރެކްޓް ނުކޮށް ބޮޑެތި ޕްރޮޖެކްޓްސް ތައް މާލެ ސަރަހައްދަށް އިންޖެކްޓް ކޮށް ގުޅި ފަޅު ހިއްކާލަންވީ އެމްޓީސީސީ އަށް ދީގެން އަދި އެތަނުން އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދޭ ގޮތަށް މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ އެންމެންނަށް ބިން ތައް ދޭންވީއޭ އެއިރުން ޔަގީނުން ވެސް ގޭމް ޗޭންޖް ވާނެއޭ އެއިރުން އެމްޑީޕީ ގައި ތިބި ދަ ރާއްޖެތެރެއަންސް ދާނީ ދަށަށޭ ދަށަށޭ އެއީ ޔަގީން ކަމެކޭ ޔަގީން ކަމެކޭ. ޓްރަސްޓް މީ ޓޭކް މައި ހޭންޑް ޓްރަސްޓް މީ. ވަޓް ޑޫ ޔޫ ސޭ އޯއް އޯއް އޯއް ވަޓް ޑޫ ޔޫ ސޭ ހޭއް ހޭއް ވަޓް ޑޫ ޔޫ ސޭ ވެން ޔޫ ޑޯން ވޯންޓް ދޭ ޓު މޫވް ވަޓް ޑޫ ޔޫ ސޭ. ވަޓް ޑޫ ޔޫސޭ. ވީއާރ ރަނިންގް އައުޓް އޮފް ޓައިމް އޯއް އޯއް އޯއް ވަޓް ޑޫ ޔޫ ސޭ. ޓެލްމީ ދެޓް ވީ އާރ ގޮނާ ޑޫ އިޓް ވަޓް ޑޫ ޔޫ ސޭ އޯއް އޯއް އޯއް ވަޓް ޑޫ ޔޫ ސޭ.ހޭއް ހޭއް ހޭއް ވަޓް ޑޫ ޔޫ ސޭ. މޫވް ޔުއަރ ހޭންޑްސް ޓު ދެމް އެން ޑާންސް ޑާންސް ޑާްނސް ޑާންސް ޑާންސް ޑާންސް...

  5. ޙަސަން

    ކަލޭ ރަށުކައުންސިލްގެ ރައީސަކަށް ހުރެގެން ކުރި ކަންތައްތަކާއި މަޖިލީހުގެ ސަރުކާރުކޮޅުގެ މެންބަރަކަށްހުރެ ރަށުން އެއްވެސް މީހަކަށް ގޯތި ނުދޭން ބާއްވާފައި އޮތް ތަނަކުން ނުފޫޒު ބޭނުންކޮށްގެން ނެގި ގޯތި ކޮބާ؟

  6. ނަސީމް

    16 ހަމަޖުކުން

  7. އަހުމަދު

    ސައުދަށް ބުނެލަން އޮތީ ވައްވަށް ޖެހޭކުއްތާ އަކަށް ކުރެވޭނެ ކަމެއް ނޯންނާނޭ އެހެން ވީމަ ބަސްއަހާގެން. މަޑުމަޑުން ހުރެވޭތޯ ބަލާށެވެ.

  8. ޢހ

    އިސްތިހާރު ކުޅޭ ސޮރެއް

  9. ހުސޭނުބޭ

    މަޖިލީހު ގޮނޑިގެއްލުމަކީ ހާދަ އަސަރުހުރި ކަމެކެވެ. ވީމާ ކޮންމެ 16 އަކުން 16އަކުން ގެއްލުނު ގޮނޑީގެ ޞަލަވާތްފާތިހާ ބާއްވަމުން ގެންދާށެވެ.

  10. ޙަފްޞާ / މާލެ

    މީނަ ފެނުމުންވެސް އަންނަނީ ހިނި!!!