އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓް މިއަދު ފާސްކޮށްފިއެވެ.

2020 ވަނަ އަހަރަށް މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓް ފާސްކޮށްފައި ވަނީ ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގެ ތެރެޔަށް 366 މިލިއަން ރުފިޔާ އިތުރު ކުރުމަށް ފަހު އެވެ. ސަރުކާރުން ހުށަހެޅި ބަޖެޓްގެ ތެރެއިން، ޕީއެސްއައިޕީ ބަޖެޓަށް 273 މިލިއަން ރުފިޔާ އިތުރު ކޮށްފައި ވާއިރު އޮފީސްތަކުގެ ބަޖެޓަށް 93 މިލިއަން ރުފިޔާ އިތުރު ކޮށްފައި ވެއެވެ.

މިއަހަރު ސަރުކާރުން ހުށަހެޅި ބޮޑު ބަޖެޓުން 5.6 މިލިއަން ރުފިޔާ އަކީ ދަރަންޏެވެ. އަދި ބަޖެޓުގެ 14 އިންސައްތަ އަކީ ބޭރުގެ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ މިންވަރެކެވެ. މި އަހަރުގެ ބަޖެޓަށް އާމްދަނީގެ ގޮތުގައި 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށާއި، އަދި ޖުމްލަ ހަރަދުގެ ގޮތުގައި 35.6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.

މިފެށޭ 2020 ވަނައަހަރު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭނެކަމަށް ލަފާކުރެވެނީ ޓެކްސް އިންނެވެ. އެގޮތުން ޓެކްސްއިން ޖުމްލަ 17.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވެއެވެ. އަދި ޓެކްސް ނޫން އެހެން ގޮތްގޮތުން 6.8 ބިލިއަން ރުފިޔާ އަދި ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން 5.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވެއެވެ.

2020 ވަނައަހަރުގެ ބަޖެޓަކީ، މިނިމުނު 2019 ވަނައަހަރުގެ ބަޖެޓަށްވުރެ 8.5 ބިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ. މި ބަޖެޓު ފާސްކުރުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވި ހަމަ އެކަނި މެމްބަރަކީ، ކާށިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ޖާބިރު އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކުޑަހުވަދޫ މުހައްމަދު

    ރެކޯޑު ބޮޑުބަޖެޓެއް ރައްޔިތުން ހަނާކޮށް ބާރު މުށުތެރެއަށްލުމަށް ގައްދާރުވެރިކަމެއްގެހުރިހާސިފަތަކެއްއެބަފެނޭ ރެކޯޑް ބޮޑުބަޖެޓް އައިލީވެރިކަން އާއިލީބާރުވެރިކަން މިހާރު މިފެންނަނީ ސާބަސް ކުރިންކީއެތި އަގަގަޔަށް ވަނީ

  2. މޫސަ

    2020 ވަނަ އަހަރު ދަ އުލަތަށް އެންމެ ބޮޑު އާމްދަނީ އެއ އް ލިބޭނެކަމަށް ލަފާ ކުރެވެނީ ޕޮލިހުން މަގުތަކަށް ނެރެ އެމީހުން ލަ އްވާ ރަ އްޔިތުން ފެލަ އިގެން.

    13
    1