އިންޑިއާ މީހުން ތިބީ މަލިކު ވެސް ކާލައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ކޮމެޓީ އިން 2020 ވަނަ އަހަރުގެ ބަޖެޓް ދިރާސާކޮށް ނިންމި ގޮތާ ބެހޭގޮތުން، މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވަން ލިބުނު ފުރުސަތުގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ ދިވެހިރާއްޖެ ރަނގަޅު ކުރަން ޖެހޭ ކަމަށާއި، ރާއްޖޭގެ ކަންތައްތައް "ސްޓެޕް ބައި ސްޓެޕް" ރަނގަޅު ކުރަމުން ދާ ކަމަށެވެ.
މި މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޖާބިރު ޝުކުރު ދެންނެވިއެވެ. އިންޑިއާގެ އެމްބެސަޑަރާއި އޭނާ ބައްދަލުކުރެއްވި ކަމަށާއި، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުންތައް އެނގެން ޖެހޭ ކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ.
"ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުންތައް އަޅުގަނޑަށް އެނގެން ޖެހޭ، އަޅުގަނޑު ބައްދަލުކުރިން އިންޑިއާ އެމްބެސަޑަރާއި، އަޅުގަނޑު އޭނާ ގާތުން އެހިން މަނިކުފާނަށް އެނގިވަޑައިގަންނަވާތޯއޭ މި ރާއްޖެއަށް ގެންނަ ފަޑުއްކަ ކާ އެއްޗެއްސާއި، ނުބައި މުދަލާއި، މިސާލެއްގެ ގޮތުން އެމްއެމް އެކްސްޕޯޓްސް އިން އަޅުގަނޑުމެން މުދާ ގެންނައިރު 3 ޓައިމްސް މޯ އެކްސްޕެންސިވް. އެހެންވެ އެގޮތަށް ރާއްޖޭގެ ލޮސްވާ ކުންފުނިތައް އުވާލަން އެބަޖެހޭ،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ އޭނާގެ ޝަކުވާތައް އެމްބެސަޑަރު އާއި ހިއްސާ ކުރެއްވުމުން، "ކަލޭމެން އެއްޗެހި ނުގެންނަން ވީ ނޫންހޭ" އޭނާ ބުނި ކަމަށެވެ.
"އެމްބެސަޑަރަށް އެނގިވަޑައިގަންނަވާނެ މަލިކުވެސް ކާލައިގެން ކަން އިންޑިއާ މީހުން އެތިބީ. އަޅުގަނޑު ނޯންނާނެ އިންޑިއާ އަށް ދެރައެއް. އިންޑިއާ އިން ކޯންއެއްޗެއްހޭ އަޅުގަނޑަށް ދިނީ؟ އިންޑިއާ މީހުން، ވޯރާ ވިޔަފާރިވެރިން ގޮތަށް މިހާރު އޮޕަރޭޓްވާން ފަށައިފި. މި ސަރުކާރަށް އިންޑިއާ މީހުންގެ ގޮތްތައް އަންޑަސްޓޭންޑެއް ނުވި. މަލިކަށް ވީ ގޮތް އަޅުގަނޑުމެންނަށް އެނގެން ޖެހޭ،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވަނީ އޭނާ އެ ބަޖެޓު އޮތް ގޮތުން އެއަށް ވޯޓު ނުދެއްވާނެ ކަން ހާމަކޮށްފައެވެ. ސަރުކާރުން 2020 ގެ ބަޖެޓް ގޮތުގައި ހުށަހެޅުއްވި ބަޖެޓް މިއަދު ވަނީ ފާސްކޮށްފައެވެ. ޖާބިރު، އޭނާ ވިދާޅުވި ގޮތާއި އެއްގޮތަށް އެ ބަޖެޓު ފާސްކުރުމަށް ވޯޓު ދެއްވާފައެއް ނުވެއެވެ. ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވި ހަމަ އެކަނި މެމްބަރަކީވެސް އަބްދުﷲ ޖާބިރު އެވެ.
ޖާބިރު ތިހުރީ ވަރަށް ބައިވަރު ދިވެހި ކުންފުނިތަކުގެ ލާރިގަނޑު ކާލައިގެން، ތިމާ ތީ އެހެންމީހުންނަށް އިނގިލި ދިއްކުރަން މާ މޮޅު މީހެއްތަ
ޖާބިރަކީ ވަކިން ރަނގަޅު މީހެއް ނޫން. އެކަމަކު ޖާބިރު ބުންޏަސް އެ ބުނީ ރަނގަޅުވާހަކައެއް. ޝާއިޠާނާވެސް ރަނގަޅުވާހަކަ ބުނެފައި އެބަހުރި. އެއީ ރަނގަޅު ވާހަކައެއްވިއްޔާ ބުނި މީޙާއަށް ނުވިސްނާ ބުނި މަޤްޞަދަށް ވިސްނައި ޤަބޫލުކުރަންވީ.
ދެން މީނަގެ ސިޔާސީ ފިކުރުގެ ހައްދު ފަހަނައަޅާ ގޮސް ބޭރު ޤައުމުތަކާވެސް ބެހެންފެށީ ދޯ
ޖާބިރުބެހޭނެއްނު މުޅިގައުމާއި ޖުޑިސަރީ ވެސް މިމީހުންފުނޑާލައިފި ވިއްޔަ .