ޕާކިސްތާނު ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 69 ލެޕްޓޮޕް މިއަދު މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ހަވާލުކޮށްފިއެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ލެޕްޓޮޕްތަކާއި ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. އަދި މި ލެޕްޓޮޕްތައް މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއާ ހަވާލުކޮށްދެއްވީ ޕާކިސްތާންގެ އެމްބެސެޑަރ ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރޓޑ.) ވަސީމް އަކްރަމެވެ.

މި ލެޕްޓޮޕްތައް ބޭނުންކުރެވޭނީ މަތީ ވަނަތައް ހާސިލްކުރާ ދަރިވަރުންނަށް އެވޯޑް ކުރުމަށެވެ. މިއީ ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ލެޕްޓޮޕް ހަދިޔާކުރެއްވި 3 ވަނަ އަހަރެވެ.

ލެޕްޓޮޕް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްބެސެޑަރ ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރޓޑ.) ވަސީމް އަކްރަމް ވިދާޅުވީ ޕާކިސްތާނުން އަބަދުވެސް ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމި އޮންނާނެކަމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ޑރ. ޢާއިޝަތު އަލީ ވަނީ ޕާކިސްތާން ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި ޕާކިސްތާނުގެ ސަރުކާރުން ދަރިވަރުން ކުޅިވަރު ކުޅޭނެ ސާމާނުވެސް ހަދިޔާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފާއިޒު

    އިންޑިއާއަށް ވުރެ ބޮޑު އެހީވަނީ ޕާކިސްތާނުން. އެކަމަކު ސިޔާސީ ގޮތުން ގާތް ކުރަނީ އިންޑިއާ. ފިކުރު އެއްގޮތްވީމާ ދޯ

  2. ިޮފަލިނަރަ

    ޕަކިސްތަން ޒިންދަންބާދް....