ރާއްޖޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރަކު ހުވާ ލައިދެއްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް އަލީ ސަމީރު އައްޔަނު ކުރެއްވުމަށް، ފަނޑިޔާރު ސަމީރަށް ހުވާލައިދެއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫނެވެ. ޝުޖޫންއަކީ ދާދި ފަހުން ސުޕްރީމް ކޯޓަށް އައްޔަން ކުރީ އަންހެން ފަނޑިޔާރެކެވެ.

ސަރުކާރުން އަންނަނީ އަންހެންވެރިން ބާރުވެރި ކުރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޝުޖޫންގެ އިތުރުން ސުޕްރީމް ކޯޓަށް ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ދާދި ފަހުން އައްޔަންކޮށްފައެވެ. މިއީ ސުޕްރީމް ކޯޓަށް އަންހެން ދެ ފަނޑިޔާރުން އައްޔަންކުރި ފުރަތަމަ ފަހަރެވެ.

ސުޕްރީމް ކޯޓަށް އަންހެން ދެ ފަނޑިޔާރުން އައްޔަން ކުރެއްވުމާއި ގުޅިގެން ސަދީނި ގިނަ އިލްމުވެރިންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވިއެވެ. އަދި ގިނަ އަދަދެއްގެ ހިޔާލު ތަފާތުވުންތަކެއްވެސް އުފެދިގެން ދިޔައެވެ.

އަދި އަންހެނުންނަށް ހުވާލައިދިނުމާމެދުވެސް ބައެއް ފަރާތްތަކުގެ ހިޔާލު ތަފާތެެވެ. ގިނަ ފަރާތްތަކުން އަންނަނީ އަންހެނުންނަށް ފަނޑިޔާރުކަމެއް ނުކުރެވޭނެ ކަމަށްވެސް ބުނަމުންނެވެ.

މިއަދު ފުރަތަމަ ފަހަރަށް ރާއްޖޭގައި އަންހެން ފަނޑިޔާރަކު ހުވާލައިދެއްވުމުން ސަރުކާރުގެ އިސްފަރާތްތަކުން ވަނީ އެކަމަށް މަރުހަބާ ދަންނަވާފައެވެ. އެގޮތުން ބަންޑާރަ ނައިބް އިބާރާހިމް ރިއްފަތާއި ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާފައި ހުންނަވާ ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން ވަނީ ޝޫޖޫނަށް މަރުހަބާ ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަޒޫ

    މިއޮތީ ހަމަ ރަނގަޅަށް ވެސް ބަލާވެރިކަމެއް ޔާ الله ‎މި ލާދީނީ ސަރުކާރުގެ ނިމުން އަވަސް ކޮއްދެއްވާންދޭވެ، ޢާމީން.

    8
    2
  2. ާަާަަައަސްލު

    މިވެސް އޯކޭ ދޯ.!!ސުބުހާނަަﷲ...؟! ޟިވެސް އިސްލާމްދީނުގައޮތްގޮތްތަ...!!!؟؟ ކޮބާ ޑރ.އިޔާޒް، އިއްލިޔާ، ޒައިދް،ފަރީދް،ސުއިބް،

    4
    2
  3. ކޯޗު

    ގައުމު ހަލާކުގެތެރެއަށް މަޑުމަޑުން.

    4
    2
  4. މޒ

    ކަވެނިވެސް ކޮށްދޭނެ، ބަލަން ތިބޭ

    4
    2
  5. ޢަބްދުﷲ

    ފިރިހެން ފަނޑިޔާރަކު ހުއްޓާ އަންހެން ފަނޑިޔާރަކު އިސްކުރުމަކީ، ބަޔަކު ކުރިކަމުގައިވިޔަސް ރަނގަޅު ކަމެއް ނޫނެވެ. މިހާރު މިދާގޮތަށް އެއްވެސް ހުއްޓުމެއްނެތި މިކަންކަން ކުރިއަރަމުންދާނަމަ، ކާވެނިކޮށްދިނުމާއި އިމާމުވެ ހުކުރުކުރުމާއި މީހުންވަޅުލުމާއި މިކަންކަމަށްވެސް އަންހެނުން ފައިނަގާނެއެވެ.

    5
    2
  6. ސަމާ

    ސުބުނަﷲ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ގޮތްގަނޑު ކަނޑުވާލަނީ މިފަދަ އަމަލުތައް ހިންގައިގެން

    6
    2