ރައީސް ނަޝީދު މިގޮތަށް ވިދާޅުވެ، ވާހަކަފުޅު ދައްކާފައިވަނީ އިންޑިއާގެ، 'ދަ ވަޔަރ' ނޫހަށް އެމަނިކުފާނު ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
އެ ނޫހަށް ދެއްވި ބަސްދީގަތުމުގައި ރައީސް ނަޝީދު ވިދާޅުވީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، ޕެޓްރީސިއާ ސްކޮޓްލޭންޑް އެ މަސައްކަތުގައި ޢަމަލު ކުރައްވަމުން ގެންދަވަނީ ވަރަށްވެސް ޤަބޫލުކުރަން ދަތި ގޮތަކަށް ކަމަށާއި، އެ މަސައްކަތް ލަސްކުރެއްވުމުގައި އެ ޖަމިއްޔާ އިން އެސެސްމެންޓަކަށް ފަހު، އެސެސްމެންޓެއް ހަދަމުން ގެންދަނީ ކީއްވެގެން ކަން ވިސްނިވަޑައިނުގަންނަވާ ކަމަށެވެ."އަޅުގަނޑަށް ހީވާގޮތުގައި އެންމެންނަށް އެނގޭ ރާއްޖެ ކޮމަންވެލްތުން ވަކިވާން ނިންމިއިރު މި ޤައުމުގެ ހާލަތު އޭރު އޮތް ގޮތް. އަހަރެމެން ބޭނުންވޭ އަނބުރާ އެ އާއިލާ އާއި ގުޅެން. ވަރަށް ހިތާމަވެރި ކަމެއް ކޮމަންވެލްތުން އެސެސްމެންޓަކަށް ފަހު، އެސެސްމެންޓެއް ހަދަމުން ގެންދާތީ. މިހާތަނަށްވެސް 3 އެސެސްމެންޓެއް ހަދައިފި. އަޅުގަނޑަށް ޔަޤީން މިހާރުވެސް އިންސާނީ ހައްގުތަކާއި، ސަރުކާރުން ޙިދުމަތް ދޭ ގޮތާއި، ޤާނޫނީ ޙުކޫމަތު ދެމެހެއްޓުމުގައި މިހާރުވެސް ކޮމަންވެލްތުގެ ގިނަ ޤައުމުތަކަށް ވުރެ ކުރީގައި އުޅޭނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.ރައީސް ނަޝީދު ވަނީ އެ އިންޓަވިއުގައި ކޮމަންވެލްތުގެ އެސްޖީ އާއި ރާއްޖޭގެ ކުރީގެ ރައީސް، ޑރ. ވަހީދު އާއި އޮތް ގުޅުމާ ބެހޭގޮތުންވެސް އަލިއަޅުވާލައްވާފައެވެ. ޕެޓްރީސިއާ އަކީ ރައީސް ވަހީދުގެ ސަރުކާރުން ކޮމަންވެލްތާ ގުޅޭ ކަންކަމުގައި އެހީ ހޯއްދެވި ބޭކަނބަލެއް ކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުން އިސްތިއުފާ ދެއްވާފައިވަނީ "މަޖުބޫރީ ހާލަތެއްގައި" ކަމަށް އެމަނިކުފާނު އޭރު ވިދާޅުވުމާ ގުޅިގެން ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕު، ސީމެގް އެޖެންޑާގައި ރާއްޖެ ހިމަނާފައި ވެއެވެ.

ސީމެގްގެ އެޖެންޑާގައި ރާއްޖެ ނުހިމަނައި ބޭއްވޭނެ ގޮތަކާއި މެދު ރައީސް ވަހީދުގެ ސަރުކާރުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ޕެޓްރީސިއާ މަސައްކަތް ކުރައްވާފައިވާ ކަމަށް އިންޑިއާގެ ނޫހުންވެސް ބުނެފައިވެއެވެ. އަދި އެކަމާ ގުޅޭ ޤާނޫނީ އެހީ ޑރ. ވަހީދު ސަރުކާރަށް ދިނުމުގައި 50،000 ޕައުންޑް އެޑްވާންސް ފީއެއްގެ ގޮތުން އޭނާ ނަގާފައިވާ ކަމަށާއި، ފަހުންވެސް އަނެއްކާ 50،000 ޕައުންޑް އޭނާ އަށް ލިބިފައިވާ ކަމަށް އިންޑިއާގެ 'ދަ ވަޔަރ' ނޫހުން އެމީހުންގެ ޚަބަރުގައި ވަނީ ހާމަކޮށްފައެވެ.

ރައީސް ނަޝީދު ވަނީ ޕެޓްރީސިއާ އާއި ކުރީގެ ރައީސް، ޔާމީން އަބްދުލްޤައްޔޫމް އާއި ދެމެދު އޮތް ގުޅުމާއި ބެހޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. "އެސްޖީ ޕެޓްރީސިއާ ޗެރީ ބްލެޔާ އާއި އެއް އިރެއްގައި އޮތް ގުޅުމަކާ ހެދި މިކަންތައްތައް ލަސްކުރާކަށް ނުޖެހޭ،" ރައީސް ނަޝީދު ވިދާޅުވީ އިނގިރޭސި ކުރީގެ ބޮޑު ވަޒީރު، ޓޯނީ ބްލެޔާގެ އަނބިކަނބަލުން، ޗެރީ ބްލެޔާ އަކީ ކުރިން ރައީސް ޔާމީންގެ ސަރުކާރު ތަމްސީލް ކުރައްވާފައިވާ ބޭކަނބަލެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގާސިމް

    ކަލޭއަށް ކެރެންޔާ އޭނަ ސުލޫކީ މައްސަލަ ބަލަންވީނު ޖޭއެއްސީއަށް ހުށަހަޅައިގެން. ދެން މަޖިލީހަށް ފޮނުވާނި އޭނަ މަގާމުން ވަކިކުރަން.

    13
  2. ސަމްބެ

    އަވަހަށް ކޮމިޓީއަށް ގެނޭ! ކާފަރު މަތާޖަހައިގެން ނުވަތަ ތަންޑިއާލައިގެން ވިޔަސް. ހަމަ ކަލޭކަހަލަ ކޮކަޑި ކުމާރީ އެއް އެއީ..

  3. ޒަބީބު

    ކޮމަން ވެލްތުން އެސެސްމެންޓަކަށް ފަހު އެސެސްމެންޓެއް ހަދަން ޖެހޭ ވަރަށް ގިނަ ސަބަބު އެބައޮތް. ކޮމަންވެލްތުން އެކަން ކުރަނީ ސެކެޓްރީ ޖެނެރަލްގެ އަމިއްލަ ބޭނުމަކަށެއް ނޫން. އެކަނ ކުރަނީ ދިވެހިރާއްޖެއިން ކޮމަންވެލްތްގެ ވެލިއުސް އާއި ޚިލާފަށް ކަންކޮށަފައި ވާތީ ރާއްޖޭގެ ސިޔާސީ މީހުންގެ ނިއަތް ރަނގަޅުތޯބަލާ ވަކި އސޫލެއްގެ މަތިން ކަންކުރުމަށް. އަދި ޚާއްސްކޮށް ޔާމީން ގެ ސަރުކާރުން ހިންގި އެތަށް ނުބައެއްގެ ފަހަތުގައި އެމްޑީޕީގެ ބައިވެރިވުން އޮތުމުން. މިސާލަކަށް ރައީސުލްޖުމުހޫރިއްޔާ އަދި ނާއިބުރައީސްގެ އުމުރު ކަނޑައެލުމާއި، ބޭރުމީހުންނަށް ރާއްޖޭގެ ބިން މިލްކު ކުރެވޭގޮތަށް ޤާނޫން އަސާސީ އަށް ގެނައި ބަދަލު ތަކުގައި އެމްޑީޕީގެ ބައިއަތު ހިފުން އޮތުމާއި އަދިވެސް އެހެނިހެން ކަނކަމުގައި އެމްޑީޕީ ޔާމީން އާއި ބައިއަތު ހިފައިގެން އަޑީގައި ތިބިކަން ކޮމަންވެލްތަށް ސާފުކޮށް އެގޭތީ. ކޮމަންވެލްތުން އެމްޑީޕީ އަކަށް ވެސް އިތުބާރެއް ނުކުރޭ. ވީމާ ކޮމަންވެލްތަކީ ބޭނުން އިރަކު ވަދެ ނުކުމެ ހަދާކަށް ދިވެހިރާއްޖޭގެ ސިޔާސީ މީހުންގެ ބަދިގެއެއް ނޫން. ކޮމަންވެލްތަކީ އެ ޖަމިއްޔާގެ އެހެންހިން މެމްބަރު ޤައުމުތަކެކޭ އެއްފަދައިން ދިވެހި ރައްޔިތުންގެ ލާބައާއި މަމްފާއަށް މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ އަޑު ބައިނަލް އަގްވާމީ މަޝްރަހުގައި އުފުލާ ޖަމިއްޔާއެއް. ކޮމަންވެލްތަކީ ދިވެހިރާއްޖޭގެ ސިޔާސީ މީހުން ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު އެޖަމިއްޔާއަށާއި އެޖަމިއްޔާގެ ވެރިންނަށް ކަނަށް ބީތާއަށް ގޮވީމާވެސް އެމީހުންނަށް ސައިފޮދު ތައްޔާރުކުރަން ސައި ކައްކާ ސަމާވަރެއް ވެސް ނޫން.. ޔާމީނު ވެސް ޒާތީގޮތުން ކޮމަންވެލްތަށް ބެވީ. ނަޝީދުވެސް ކޮމަންވެލްތްގެ ވެރިންނަށް ޒާތީގޮތުން ބަވަނީ. ނަޝީދު އާއި ޔާމިންގެ ހުރީ ކޮން ފަރަގެއް؟ ދެމީހުންނަކިވެސް އެއްފޮތަކުން ކިޔަވައިގެން ތިބި 2 ޑިކްޓޭޓަރުން. މިދެމީހުންނަކީވެސް ވެރިކަމާ 100 ފޫޓަށް ވެސް ގާތްކުރާ ވަރު ބައެއް ނޫން. ނަޝިދު މިހާރު ގައި ކަހައިގަނެގެން އެއުޅެނީ ކޮމަންވެލްތާއި ގުޅޭނެ ކަމަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދު ފުއްދަވާފާނެތީ އެކަން ވިޔަނުދޭން. ނަޝީދަކީ ވެރިކަމާހެދި ބޫތުކައިފަ ހުންނަމީހެއް!

  4. މިއަދު

    ކޮމަންވެލްތުން ރާއްޖެއަށް މިވަގުތު ފުރުސަތު ނުދިނުމަށް ގޮވާލަން