ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ހައްޔާރުކޮށްފައިވާ ގައުމީ ކުރިކެޓް ޓީމުގެ ކޯޗު އާސިފް ހާންގެ މައްޗަށް ނުވަ ދައުވާއެއް ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ވިދާޅުވީ، އެ ކޯޗް އޭނާ ކޯޗްކަންކޮށްދިން ކުދިންތަކަކާމެދު ބަދްއަހްލާގީ އަމަލު ހިންގި މައްސަލަގާއި އޭނާގެ މައްޗަށް ނުވަ ދައުވާއެއް ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ކުދިންކަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އާސިފް ޚާން އެންމެ ފުރަތަމަ ހައްޔަރުކުރީ އޮކްޓޫބަރު ފަސްވަނަ ދުވަހު، ވެލާނާ އިންޓަނޭޝަން އެއާޕޯޓަށް ފުރަން ގޮސް ހުއްޓައެވެ. އޭނާ ފުރަން މަސައްކަތް ކުރީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުންނެވެ.

ނަމަވެސް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރީ ހައްޔަރުކުރިތާ 24 ގަޑިއިރު ފާއިތުވި ފަހުން ކަމުން ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީއެވެ. އޭނާ ދޫކޮށްލަން ކޯޓުން އަމުރު ކުރުމުން ދޫކޮށްލި ނަމަވެސް ރާއްޖެ ދޫކޮށް އޭނާ އަށް ނުދެވުނީ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުންނެވެ.

އެންމެ ފަހުން އޭނާ ހައްޔަރުކޮށްފައި ވަނީ، ހައިކޯޓުން ނެރުނު އަމުރަކާއި ގުޅިގެން ނޮވެމްބަރު ހަތް ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަސީހު

    މީވަރައްބޮޑުމައްސަލައެއް މިކަމުގަ ކްރިކެޓްބޯޑުގެ އިހުމާލުވަރައްބޮޑައް އެބައޮތް ކޯޗުންއަދިކުޅުންތެރިންގެ ކަންކަން މިޔައްވުރެބޮޑައް ބަލަހައްޓަން އެބަޖެހޭ ފޯއްމުލަޖުގަހުންނަ އޮސްޓްރޭލިޔާކޯޗް އޭނާކޯޗްކޮއްދިން 17އަހަރުކުއްޖަކާ ލޯބީގެގޮތުންގުޅިގެންއުޅެ 18އަހަރުފުރުމުން ވަނީ ކައިވެނިކޮއް ފަހުން އެކުއްޖާވަރިވެސްކޮއްފަ 18 އަހަރުނުފުރޭ ކުޑަކުއްޖަކާކޯޗު މިފަދަގުޅުމެއްބޭއްވިކަން ނޭންގޭ އެކަކުވެސް ކްރިކެޓްބޯޑަކުނެއް މިފަދަކަންކަން ހިންގާފިޔަވަޅުނާޅާނަމަ ކޯޗުންގެފަރާތުން މިހާރުހިގައިގެންޔައުޅޭކަންކަމައްވުރެ ބޮޑެތިކަންކަން ހިންގާނެ.