ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމް އިސްތިއުނާފު ފިޔަވަޅުތައް ލަސްވަމުން ދަނީ، މައްސަލަ ނިމުނުގޮތުގެ ފުރިހަމަ ރިޕޯޓް ކްރިމިނަލް ކޯޓުން ލިބިފައިނުވާތީ ކަމަށް، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަބްދުﷲ ޝިޔާޒް ވިދާޅުވެއްޖެއެވެ.

ޝީޔާޒް މިހެން ވިދާޅުވީ، މިއަދު ކުރެއްވީ ޓްވީޓެއްގައެވެ. އޭނާ ވިދާޅުވީ، އިދާރީ ސަބަބުތާކާއި ހުރެ އިންސާފު ލިބުން ލަސްވެގެން ދިއުމަކީ ހައްލު ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށް، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައި ވަނީ ގއ.ވޮޑަމުއްލާ ކިޔާ ފަޅު ރަށެއް ބަޔަކަށް ދިނުމުގައި ދިވެހި ދަޢުލަތަށް ލިބެންޖެހޭ 1 މިލިއަން ޑޮލަރު، އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރެއްވި މައްސަލަ އެމަނިކުފާނު މައްޗަށް ސާބިތުވުމާއި ގުޅިގެންނެވެ.

އެމަނިކުފާނުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.

ރައީސް ޔާމީނަށް ކޮށްފައިވަނީ "ސިޔާސީ" ޙުކުމެއް ކަމަށާއި، އަދި އެއީ "ބާތިލް" ޙުކުމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous
  2. އަލްޖިބްރާ

    ބަލަ ހަމަ ޔާމީނެއްނު ބުނީ ކޯޓަކުން ހުކުމް ކޮށްފިއްޔާ ޤަބޫލުކުރާނަމޭ ! އޭނާގެ މައްޗަށް ހުކުމް ކުރީ ކޯޓަކުން ނޫންތަ ؟ ދެން ކޯންޗެއް އިސްތިއުނާފު ކުރަންތަ ؟ ނުވާނެ !

    16
  3. ރޮނޑާ

    ރިޕޯޓަކީ ބަޔަކުއެދުނީމަ ދޫކުރާ އެއްޗެއް .ކަލޭމެން ތަބައްކައް ލައިގެން ރައީސުކަން ދޭހެން ދޭ އެއްޗެއް ނޫން.

    16
  4. އަދަ

    ބަލަ އެރިޕޯޓް ހޯދަން އުޅޭތީއެއްނޫންތަ އިދާރީކަންތައް ހަމަނުޖެހިގެންކަން ނުލިބެނީ އެނގެނީ ނިދާފަތަ ތިހިރީ ސިޔާސީ ދަޢުވާއެއްކޮއްފަ ހައްޔަރުކޮއްގެންތިއުޅެނީ ރައީސްޔާމީން ދޫކޮއްލާ އެމްޑީއެން އުވާލާ ލާދީނީ ރިޕޯޓްނެރުނުމީހުން ހައްޔަރުކުރޭ

  5. އަހުން

    ތުޅާދޫ އަލީރަޝީދު ޔާމީނަށް ހަސަދަ ފިިލުވާލީ .

  6. ޕޮގުބާ

    ގާނޫނާ ޚިލާފަށް ޖަލަށްލާފަހުރި މީހެއްގެ ރިޕޯޓެއް އޮ ވޭތަ؟