ރާއްޖޭގެ ކުރީގެ ރައީސުލްޖުމްޙޫރިއްޔާ، ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ އަޑު ކަނޑުވާލުމުގެ މަޤްސަދުގައި އެމަނިކުފާނާ މެދު ހިންގުނު ބޭއިންސާފު ޝަރީޢަތާ ދެކޮޅަށް އަޑުއުފުލުމުގައި ފަހަތަށް ޖެހިވަޑައި ނުގެންނެވުމަށް އެމަނިކުފާނު އެދިވަޑައިގަންނަވައިފި ކަމަށް ޑރ. ޖަމީލު ވިދާޅުވެއްޖެވެ.

ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން އާއި މިއަދުވެސް ބައްދަލުކޮށްފައިވާ ކަމަށާއި، ޕީޕީއެމްގެ ލޮބުވެތި މެމްބަރުންނާއި، ދިވެހި ރައްޔިތުންގެ ކިބައިންވެސް ރައީސް ޔާމީން އެދިވަޑަައިގަންނަވަނީ "އެމަނިކުފާނުގެ އަޑު ކަނޑުވާލުމުގެ ގޮތުން އެމަނިކުފާނާ ދޭތެރޭ ހިންގުނު ބޭއިންސާފު، އަދި ޤާނޫނީ ގޮތުން ސުވާލުއުފެދޭ ޝަރީޢަތާ ދެކޮޅަށް އަޑުއުފުލުމުގައި ދެމިތިއްބެވުމަށް" ކަމަށް ޖަމީލު ވިދާޅުވިއެވެ.

"ދިވެހި ޤައުމިއްޔަތާ ޙިލާފަށް މި ޤައުމަށް ގެންނަން އުޅޭ ކަންކަމަށް ރައްޔިތުން ސަމާލުވެގެން ތިއްބެވުމަށާއި، ޤައުމާއި، ދީނާއި، ހައްގުތައް ޙިމާޔަތް ކުރުމުގައި ހުރިހާ ރައްޔިތުންވެސް ތައްޔާރަށް ތިބުމަށް އެދޭ" ކަމަށް ރައީސް ޔާމީން ވިދާޅުވިކަމަށް އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ފުރަތަމަ ނައިބު ރައީސް ޑރ. ޖަމީލު އަހްމަދު ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލަށް ލުމަށް ޙުކުމް ކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގައެވެ. އެ މަނިކުފާނުގެ މައްޗަށް ކުރެވުނު ޝަރީޢަތަކީ ދަޢުލަތަށް ވަންނަން ޖެހޭ 1 މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ލައްވައިގެން ހުންނެވުމުގެ ސަބަބުން މަނީ ލޯންޑަރިންގެ މައްސަލައެއްގައި ދަޢުލަތުގެ ފަރާާތުން ކްރިމިނަލް ކޯޓުގައި އުފުލި ދަޢުވާ އެއްގެ ތެރެއިން ހިންގުނު ޝަރީޢަތެކެވެ.

އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ފެބްރުއަރީ މަހުގައި ފެށުނު އިރު، ޙުކުމާ ހަމަޔަށްވެސް އެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ، އަހްމަދު ހައިލަމް އެވެ. ނަމަވެސް، އެންމެ ފުރަތަމަ ރައީސް ޔާމީން އަށް ޙުކުމް ކުރަން އޮތް ދުވަހު (17 ނޮވެމްބަރު) ގައި ޖޭއެސްސީ އިން ވަނީ ސުލޫކީ މައްސަލައެއްގައި ހައިލަމް ސަސްޕެންޑް ކޮށްފައެވެ. ރައީސް ޔާމީންގެ ޙުކުމް ފަހުން ކޮށްފައިވަނީ 5 ފަނޑިޔާރުންގެ ބެންޗަކުން، ޤާޒީ އަލީ ރަޝީދު އިސްވެ ހުންނަވައެވެ.

ކްރިމިނަލް ކޯޓުގެ ޙުކުމަކީ ޝަރުޢީ ގޮތުންވެސް އަދި ޤާނޫނީ ގޮތުންވެސް ސައްހަ ޙުކުމެއް ނޫންކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ގެންދަނީ ރައީސް ޔާމީން ވަގުތުން ވަގުތަށް ދޫކޮށްލުމަށް ގޮވާލާ، ހަޅުތާލު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އޮރި

    އެހެންވީމާ ޑރ
    ޖަމީލުވެސް އަޅުގަނޑު މެންބަރު އެކު ކޮންމެ ރެއަކުވެސް ހިމޭން މުޒާހަރާއަށް ވަޑައި ގަންނަވަންވީ އިނގޭތޯ. ޝުޢޫރު ފާޅުކުރުމުގައި ބައިވެރިވެ ވަޑައިގެންނަވަން ވީ. ނިހާނު މެން ނެތީމާ ފޯރިއެއް ނެތޭ. އުމަރު ނަސީރު ވެސް ނިކަން މޮޅުވާހަކާއެއް ވިދާޅުވަން ވަޑައިގެން ދެއްވުން ކީއްތޯ. މިޤައުމުގެދީނާއި މިނިވަންމަށްޓަކައި މަސައްކަތްކުރަން ވަގުތު ކުޑަތަން ވެއްޖެ.

    18
    4
  2. އަލްޖިބްރާ

    ތިޕަރޓީގަ ތިބޭނެ 100ވަރަކަށް މީހުން ! އެމީހުން މިހާރުވެސް ނުކުމެ ޔާމީނު ދޫކޮށްލުމަށް ހަޅޭއްލަވައޭ ! އެކަމުން ވާނެ ކަމެއްނެތް ! ދެން ބާކީ ތިބި މީހުން ތިބީ ޔާމީނު ޖަލަށް ލީމަ އެކަމާ އުފަލުން !

    3
    24
  3. ރާކަނި ސައްތާރު

    ޢެހެން ވީމާ ބޮޑިބަތް ކަ އްކާފަ އި ރަ އްޔިތުން ނަށް ބަހަންވީ

    2
    11
  4. އަހުންރައީސް

    ރައީސްޔާމީން ޖަލައްލީމަ އަހަރުންވެސް ނިކުންނަން ހަމަތައްޔާރު .

    15
    2
  5. މުހައްމަދު

    ޖަމީލެއް ނުފެނޭ މުޒާހަރާއަކުން

    13
    1
  6. އަލް ނޫރު

    ޔާމީނު ޕާޓީ ގަ ތިބޭނީ ފިސާރި ސަތޭކަ މީހުން ތިޔަ އެމްޑީޕީގަ ބުރާތި ވެފަ ތިބޭ ގަމާރުން ތިއްބަކަސް....

  7. ކަމަނަ

    ރައީސްޔާމީނަކީ މިގައުމުގެ ތަރަށްގީގެ ބާނީ މިފަދަ އަގުހުރި ވެރިޔަކު ޖަލުގައޮތުމަކީ ގައުމަށް ލިބޭބޮޑު ދެރައެއް ހަމަމިހާރު ރައީސްޔާމީން މިނިވަންކުރޭ.

    5
    2
  8. ރޮނޑާ

    ޔާމީނު ބުނި އެެއްޗެއްގެ އަޑު އިވުނު މީހާ ނިނުކުން ނަނީ ކީއްވެ. އިންސާފުވެރި ޝަރީއަތެއްކަމައް ގަބޫނުކުރާ ކަމައް ބުނާ ވިއްސަކައް މީހުން މިހާރުވެސް ނިކުމޭނުންތަ؟އަހުރަމެންނަކީ ޔާމީން ކިޔާ އެއްޗެއް ދުވަހަކުވެސް ގަބޫލުކޮއް އުޅުނު ބައެއްނޫން. އަހުރަމެން މިތިބީ އޭނައައް ވާނެ އެއްޗެއް ވާން ދޫދީގެން. އަހުރަމެން ތިކަމަކާ ނުބެހެން. ޔާމީން ދިޔައީ އަހުރަމެންނާއި ހަމަ އައް ރަގަޅު ގާނޫނެއް ފޯރުކޮއްދީފަ. ޖަމީލު ތިއުޅެނީ ފިލާ އޮވެގެން އަހުރަމެން މަގުމައްޗައް ނެރެ އަހުރަމެން ގާނޫނީ ގޮޅި އަކައް ފައްތަންތަ؟ޔާމީން ގާނޫނު ފާސްކުރާއިރައް ޖަމީލު، ކަލޭވެސް އޭރު ފިލީ. ކަލޭތީ ވަރައް ހިޔަޅު ނުލަފާމީހެއް.ކަލޭ ތިއުޅެގަތީ ކަލޭ ފިލާ އޮވެގެން ޕިޕީ އެމް ޕީއެންސީގެ އިސް ސަފުގައި ތިބި މީހުން ޖަލު ގޮޅިއަކައް ފައްތާމަ ކަލޭ އިސްމީހަކައް ވާންތަ؟

  9. ޒަބީބު

    އެހެން ވިދާލުވާން ޔާމީން ލަދުފުޅެއްވެސް ނުގަތް ދެއްތޯ؟ އަދި އަމުދުން ޖަމީލު މެދުވެރިކޮށް ތިވާހަކަ ބުނަން!!!!

    1
    3
  10. ކޮމޮލިކާ

    ޖަމީލު އުޅޭހެން ރައްޔިތުންނެއް ނޫޅޭ މޮޔަވެގެންނެއް ރައްޔިތުންގެ އެތަކެއް ބިލިއަން ކާލި ވަގަކު ދޫކޮށްލަން ގޮވަން ރައްޔިތުންނެއް ނުނުކުންނާނެ ވަގަށް ނެގި ފައިސާތަކުން މީހުން ގަނެގެން އެއްކުރޭ

    1
    4
  11. ޔޫނުސް

    ރާއްޖޭގެ ނިކަމެތި ރައްޔިތުންނަށް ބޮނޑިބަތް ކައްކާފަ ކާންދޭން ޔާމީން އެދި ނުލައްވާތޯ؟