ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ލ. މައިބާދޫ ކައުންސިލަރެއް ހައްޔަރުކޮށްފިއެވެ.

އޭނާއަކީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ޓިކެޓުގައި ކައުންސިލަރު ކަމަށް އިންތިހާބުވި މީހެކެވެ. އޭނާ ވަނީ ދާދި ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންްްފައެވެ.

އެ ކައުންސިލަރު ހައްޔަރުކޮށްފައިވާއިރު، އޭނާ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ ތަހުގީގުކޮށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށްވެސް ފޮނުވާފައި ވެއެވެ. ނަމަވެސް އެެއިރު އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ.

އެހެންވެ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީންވެސް ދިޔައީ އެ މައްސަލަ ބަލަމުންނެވެ.

އެ ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދު ވަނީ ވިދާޅުވީ އެ ކައުންސިލަރަކީ މާބައިދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ރަޝީދު ކަމަށެވެ.

އޭނައަކީ އެރަށުގެ އެތައް އާއިލާއެއްގެ ކުޑަ ކުދިންނަށް ޖިންސީ ގޯނާއާއި ޖިންސީ ހާނިއްކަ ކޮށްފައިވާ މީހެއްކަމަށް ޖީހާން ވިދާޅުވިއެވެ.

ފުލުހުން މިއަދު ވިދާޅުވީ، ރަށެއްގެ ޒިންމާދާރު މަގާމެއްގައި ހުރި އުމުރުން 51 އަހަރުގެ މިއަދު ހައްޔަރު ކޮށްފައިވާކަމަށާއި، އޭނާ ހައްޔަރުކޮށްފައި ވަނީ ކުދިންތަކަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކެއްގައި ކަމަށެވެ.

ފުލުހުން ވިދާޅުވީ، އޭނާއާ ގުޅޭގޮތުން ހަަތަރު މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން ޖިނާއީ ކުށުގެ ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ނެތުމުން މީގެ ތެރެއިން އެއް މައްސަލަ އޮތީ ފައިލްކޮށްފައިކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި އަނެއް ތިން މައްސަލަ ތަހުގީގު ކުރުމަށްފަހު، ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ މިއަދު ހައްޔަރުކޮށް، މިހާރު އެ މައްސަލަތަކުގެ ޝަރީއަތްވެސް ވަނީ ފަށާފައެވެ.

"މީގެ ތެރެއިން ޝަރީއަތް މިހާރު ކުރިއަށްދާ މައްސަލައިގައި ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް އަމުރު ކޮށްފައި. އެހެންކަމުން މިއަދުގެ ޝަރީއަތަށް ފަހު އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި،" ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މުޙައްމަދު

    ވަކި މީހެއްކިޔާނެކަމެއްނެތް ! ކުޑަކުދިންނަށް ގޯނާކުރީމަ ވާނީ ކުރިކަމަށް އެކަހަލަ މީހުންނަށް އަދބުދޭން ވާނެ!

    64
    1
    • ހަސަނު

      އެކަހަލަ މީހުން ކާސްޓްރޭޓް ކުރަންވީ. އަދި މުޖުތަމައު ތެރެއައް ބޭޒާރުކޮއް ބާކީ ކޮއްލަންވީ. ދޭ ޑީސަރވް ޒީރޯ ކޮމްޕެޝަން.

      12
      1
      • އަހްމަދު

        މިމީހުންނަށް ތިކަން ކުރެ ވޭނެތަ

        5
        1
  2. ާައަސްލަމް

    އަވަހަށް ނިންދަވާލާ

    28
    3
    • މުދޫ

      ބައޯކަލޯ ނާދޭ މިގޭދޮށަށް ނާދޭ މިގޭކުނެތޭ ރޯކުއްޖެއް އެކޮޅުމަތީ ރޯދެކުދިން އެދެކުދިންގެ ބަނޑުކާންދޭ ނާނާ..

      21
      4
  3. މޯލްޑިވިޔަން

    ދީނައްޓަކާ ؟؟؟؟؟؟؟

    16
    5
  4. މީހާ

    ދައުލަތުގެ ވެރިމީހާވެސް ތިކަހަލަ ކަމެއް ކުރިޔޭ ކޮންމެ މީހަކަށްވެސް ބުނެވިދާނެ. ސުވާލަކީ ކިހާވަރަކަށް ތިކަން ތަހުގީގުކޮށްފަހޭ މީހެއްގެ އަބުރު ނަގާލަން ތިވާހަކަ ދައްކަނީ. ތިވާހަކަ ދައްކާމީހާގެ ތަހުގީގުވެސް ކުރެވެންޖެހޭ. މިހާރު ވަރަށް އާންމުކަމެއްމީ އެމްޑީޕީ ނޫން ކޮންމެ މީހެއްގެ ބޮލަށް އެންމެ ވަރުގަދަ އަދަބުއަންނަ ތިކަހަލަ ޖިންސީ ކުށެއް ކަނޑާލުން. އެމްޑީޕީން ޖެހިލުންވާކޮންމެ މީހަކީ ތިކަހަލަ މީހެއްކަމަށް އެބަ ލޭބަލްކުރޭ. އިބޫސޯލިހަށް ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުނަށް މާފުދިން މައްސަލަ ބެލެން އެބަޖެހޭ. އޭނަވެސް ހުންނަން ޖެހޭނީ ގާނޫނުގެ ދަށުގަ.

    28
    9
  5. ާައަސްލަމް

    ޕީޕީ އެމް މީހެށްނޫން އެމްޑީޕީ މީހެޢް

    25
    12
  6. މާމިގިލީ މީހާ

    ބޯގޮވި ބުރުމާއަށް ވެރިކަން ދޭން ވާނެތަ.

    12
    3
  7. ޖޮނީ

    މީނަގެ ތިންވަނަ ފައިގަ އެއްޗަކުން ޖަހާބަލަ

    15
    3
  8. ބޮލި މުލައް

    ޖޭޕީ ވިއްޔަ ކޯޓު މަރުހަލާގަ ތިކަން ސޭޓް ނިއްމައިދޭނެ

    17
    1
  9. މޫސަ

    މި ސަރުކާރުގަ އި އެ އީ މަ އްސަލަ އަކަށް ނުވެދާނެ. ހޯރަ އި އްބެ ވެސް މިނިވަން ކުރީ ވި އްޔާ.

  10. ހސދ

    ޖުމްހޫރީ ޕާޓީއާ ގުޅުނީމަ ދެން ކޮން ޕީޕީއެމް މީހެކޭ މިކިޔަނީ.

    9
    1