ރޭ މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ޙަސަން މަރާލި މީހުން ހޯދާ އެމީހުންނަށް އިސްލާމްދީންގައި އަންގަވާފައިވާގޮތަށް ޝަރީއަތް ގާއިމްކޮށްދެއްވުމަށް ސަރުކާރާއި ކަމާބެހޭ އެންމެހާއި މުއައްސަސާތަކަށް ދިވެހި ޑްރައިވަރުންގެ ޖަމްޢިއްޔާއިން ގޮވާލައިފިއެވެ.

އެ ޖަމިއްޔާއިން މިގޮތަށް ގޮވާލީ، ގާސިމް މަރާލި މައްސަލާގައި، އެކަން ކުށްވެރިކޮށް ނެރުނު ބަޔާނުގައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، ރޭ ހުޅުމާލޭގައި ރަހުމްކުޑަ އަނިޔާވެރި ހަމަލާއެއްގައި ގާސިމް ނިޔާވެފައިވާތީ އެކަން އެ ޖަމިއްޔާގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ގާސިމް އަށް ހަމަލާދީފައި ވަނީ ރޭ 21:09 ހާއިރު ހުޅުމާލެ އަނދިރި މަގެއްގައެވެ. ގާސިމަށް ހަމަލާދިނުމުން އޭނާ މަގުމައްޗަށް ވެއްޓިފައި އޮތް ސަރަހައްދާއި ދުރުނޫން ހިސާބެއްގައި އޭނާގެ ކާރު އޮތެވެ.

ގާސިމްގެ ހަށިގަނޑު ފެނުނު މީހަކު މިއަދު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ހަމަލާ ދީފައި ވަނީ ގާސިމްގެ ކަރަށް ކަމަށެވެ. ގާސިމްއަށް ލިބުނު ޒަަހަމްތަކާއި ގުޅިގެން ފަރުވާދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ނިޔާވީ ރޭ 22:00 ހާއިރު އެވެ.

ގާސިމް މަރާލި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެ މައްސަލައާ ގުޅިގެން ބަޔަކު މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެއެވެ.

ގާސިމް ނިޔާވިއިރު އަނބިމީހާ އާއި ފަސް ދަރިން ދުނިޔޭގައި އެބަތިއްބެވެ. އެއީ ހަތަރު ފިރިހެން ދަރިންނާއި އަންހެން ދަރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފިލާވަޅު

    ސާބަސްދެން ތިޔަނެރުނު ބާޔާނައް، ޢާއިލާއައްވެސް ގޮވާލަން މިކަންމިގޮތައް ކުރުމައް މިގާޢުމުގަ އެތައްބަޔަކު ނިމިގެން މިދިޔައީ މިގޮތައް މިކަންނޮކޮށެއް އަމާންކަމެއްނުލިބޭނެ

    40
  2. ޚަރުން

    ޢިންޝާ ﷲ

    34
  3. ދަންސޫރަ

    ކާކުތަ؟ހަ އްޔަރުކުރީ މަރުގެ އަދަބް ދޭން މަރުގެ އަދަބް ދޭންވާނީ ތަރުތީބުން އެ އްވަނަ މީހާޔަށް މަރުގެ އަދަބްދީފަ 100 ވަނަ މީހާޔަށް މަރުގެ ޢަދަބްދިނީނީމަ އަދި ތިބޭނެ 98މީހުން މަރުގެ ޢަދަބު ދޭންޖެހޭ އެވާނެ އިންސާފަކަށް

    18
    4
  4. ޙހހހ

    ނުވާނެ ދޯ ތިކަމެއް. މިޤަރުނަށް އިސްލާމްދީން ނުފެތެޔޭ ގޮވާ ބަޔެއް ގާތު.

    22
  5. ތެދު

    Nukuraane thi kameh

    20
  6. ޢެސްފިޔަ

    ޟަރުގެ އަދަބު ދެވޭނީ ތޮޔަބަޔަކު ފެނުން ކަމައް ހަދައިފިނަމަ ދޯ..

  7. އަންނި

    ބަލަ ޔޫރަޕިއަން ޔޫނިއަން، އާއި ޔަހޫދީ އެކި ޖަމާ އަތްތަކުން މި ސަރުކާރަށް ބިލިއަނުން ފައިސާ ދީފަ ބުންޏެއްނު، ދީނުގަ އޮންނަ ގޮތަށް ހުކުމް ނުކުރާށޭ.. އިސްލާމް ދީނާއި ދެކޮޅަށް މަސައްކަތް ކޮށްދޭށޭ، މިދިޔަ ހަފްތާގައި ޔޫރަޕިއަން ޔޫނިއަންގެ ކާފަރަކު މީޑިޔާ އަށް އަރާ ބުނީ ވަރަށް އުފާ ކޮށްފީމޭ މަރުގެ އަދަބު ދިނުމާއި މިސަރުކާރުން ދެކޮޅު ހެދީތީ.

    19
  8. ޢަލީ

    ވަރައް ބޮޑައް ތާއީދު ކުރަން އެކަމައް ތީ މިވަގުތު ކުރަން ޖެހޭކަމެއް އާއިލާތަެްބިަވެ ދާއިރު އަމލުކުރާމީހުނއ ޕާޓިކުރުމުގަައި ގަންހިންގުވާފަ މަރުގެ އަދަބުދޭންޖެހޭނެ