މޯލްޑިވިއަންގެ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި - ވަގުތު އިމޭޖްސް: އަމީން ފަހުމީ

އިންޑިއާގެ ޓްރެވެންޑްރަމުން ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހުނު މޯލްޑިވިއަންގެ ފްލައިޓަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން، އެ ފްލައިޓުން ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ 80 މީހަކު އިންޑިއާގައި މަޑުކުރަން ޖެހިއްޖެއެވެ.

މިކަމާއި ގުޅިގެން އައިލޭންޑް އޭވިއޭޝަނާއި ޙަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ، މައްސަލަ ދިމާވެފައިވަނީ އެއާބަސް 321 މަރުކާރުގެ ބޯޓެއްގައި ކަމަށެވެ. އަދި އެ ބޯޓު ރާއްޖެއަށް ދަތުރު ފަށަން ހަމަޖެހުނީ މިއަދު ހެނދުނު 10:30 ގައި ކަމުގައި ވީނަމަވެސް، ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ނުފުރި މަޑުކުރަން ޖެހިފައިވާ ކަމަށެވެ.

މި ބޯޓަށް މައްސަލަ ޖެހި ރާއްޖެ އައުމަށް ހަމަޖެހުނު ފަސެންޖަރުން އެއާޕޯޓުގައި މަޑުކުރަން ޖެހުމާއި ގުޅިގެން އައިލޭންޑް އޭވިއޭޝަނުން ވަނީ އެފަރާތްތަކަށް ހުރުމާއި ކެއުން ހަމަޖައްސައިދީފައެވެ.

އައިލޭންޑް އޭވިއޭޝަނުން ވިދާޅުވީ، 200 މީހުންގެޖާގައިގެ މި ބޯޓަށް ދިމާވި މައްސަލަ ޙައްލު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ވަރަށް އަވަހަށް މައްސަލަ ޙައްލު ކުރެވި ދަތުރު ހަމަޖެހިގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙީވަނީ އަދި މީހުން ހަމަނުވާތީހެން

  2. ހޮނުއެޅުމުގެ ސަބަބުން..