ލާމަރުކަޒީ ޤާނޫނަށް މިއަދު ގެނެވުނު އިސްލާހުތަކާއި އެކު ފުރިހަމަ ލާމަރުކަޒީ ނިޒާމެއް އެކަށައެޅިއްޖެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑު ބަޖެޓެއްގެ ބާރުވެރި ކައުންސިލްތަކަށް މިއަދު މަގުފަހިވެއްޖެ ކަމަށެވެ.

"އަންހެނުންނަށް 1/3 ކައުންސިލް ގޮނޑި ކަށަވަރު ކޮށްދެވިއްޖެ. ކައުންސިލަރުންގެ އަދަދު އިތުރު ކުރެވިއްޖެ. ކައުންސިލަރުންގެ ދައުރުގެ މުއްދަތު އިތުރު ކުރެވިއްޖެ. ރަށްރަށުގެ ބިމުގެ މިނިވަންކަން އެ ރަށަށް ދެވިއްޖެ. ރަށް ރަށުގެ އިހްތިސާސް ކަނޑައެޅިއްޖެ." ނަޝީދު ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތައް ފާސް ވެފައި ވާތީ ނަޝީދު ވަނީ ރައީސް ޞާލިހަށާއި ރައީސް އޮފީހުގެ ޕޮލިސީ އޮފީހުގެ ބޭފުޅުންނަށާއި އެމްޑީޕީގެ މަޖިލިސް މެންބަރުންނަށައި އެމްޑީޕީ ސެކްރެޓޭރިއަޓަށް އަދި އެޖެންޑާ 19 ކޮމެޓީއަށާއި ބިލްގެ މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް މަރުހަބާ ދަންނަވާފައެވެ.

ކައުންސިލްތަކުން 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަކޮށް، އަދި ކައުންސިލްތަކުގެ ރައީސުންނާއި ސިޓީތަކުގެ މޭޔަރުން ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބު ކުރާގޮތައް ޤާނޫނަށް ބަދަލު ގެނެސް ލާމަރުކަޒީ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.

މި ބިލް ފާސްކުރީ މޭޔަރުންނާއި ރައީސުންނާއި މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދިނުމަށް އިސްލާހު ހުށަހެޅުމުން ކުރިމަތިވި ފާޑުކިޔުންތަކުގެ ސަބަބުން އެއިސްލާހު ނުހިމަނައެވެ.

3،000 މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށު ކައުންސިލެއްގައި އިންތިހާބު ކުރަން ޖެހޭނީ ފަސް ކައުންސިލް މެމްބަރުންކަމާއި އަދި 3،000 މީހުންނަށް ވުރެ އާބާދީ ބޮޑު ރަށްރަށުގައި ތިއްބަވާނީ ހަތް ކައުންސިލަރުން ކަމަށް ވެސް ވަނީ ބަދަލު ކޮށްފައެވެ. މިއީ ފުރަތަމަ ލާމަރުކަޒީ ޤާނޫނު ފާސްކުރިއިރު އޮތްގޮތެވެ. ނަމަވެސް ދައުލަތުގެ ޚަރަދު ބޮޑުވާތީ އެންމެ ފަހުން ކައުންސިލް އިންތިޚާބު ބޭއްވީ 3000 މީހުންގެ އާބާދީތަކަށް ތިން ކައުންސިލަރުން އަދި އެއަށްވުރެ ގިނަ ނަމަ ފަސް ކައުންސިލަރުން ތިބޭ ގޮތައް ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގައުމެއް ނެތް

    މިއީ ދެބޯގެރި ދުއްވުން.. ސަރުކާރުން ދައުލަތުގެ ބަޖެޓުން ބޭކާރު ޚަރަދު ކުޑަކުރުމަށް ކައުންސިލަރުންގެ އަދަދު މަދުކުރީ.. ނަމަވެސް މިހާރު އަނެއްކާ އެ ބޭކާރު ޚަރަދުކުރަން ޤާނޫނުން ލާޒިމްކުރީ.. ހުރިހާ ނޫހެއްގެ ހެޑްލައިންގަ މިއޮންނަނީ މަޖިލީހުން ކައުންސިލަރުން ވަކި ނުވާގޮތަށް ފާސްކޮށްފިއޭ.. އެއްވެސް ނޫހެއްގެ ހެޑްލައިނުން ނޭނގޭ ކައުންސިލަރުންގެ އަދަދު ގިނަކޮށް ބަޖެޓަށް ބާރުބޮޑުކޮށްލިކަމެއް.. ތަފްސީލުން ކީމާ އެނގެނީ.. ނޫސްތަކަށްވެސް މިއޮތީ މީނާ އޮޅުވާލާފައ،، ގައުމެއް ނެތް

  2. އޭނަ

    ައނެއް ދިމާލަކަށް އަތް ބާނަން ވީ! ގަޑުބަޑު ކުރަންވީ. ރައްޔިތުންގެ މަޖިލިސް ނުކިޔާ ތިޔަތަނަށް ކިޔަންވީ ޗަރުކޭސް މަރުކަޒު.

  3. ބުރޯ

    ދިވެހި ގައުމުގާ ތިޔަ ކައުންސެލަރުންނަކީ ބޭކާރު ބައެއް .އިގިރޭސި ވިލާތް ކޮޕީ ކުރާއިރު އިގިރޭސި ވިލާތު ކޮންމެ ސިޓީ ކައުންސިލްއަކަށް ވެސް އިގިރޭސި ސަރުކާރަށް އާމްދަނީލިބޭވަރަށް ވުރެ މަތީ އާމްދަނީ އެއްލިބޭ .ދިވެހި ރާއްޖޭގެ ކައުންސިލްތަކަާ ސިޓީތަކށް އެސިޓީ ތަކުގެ ކައުންސިލަރުންނަށް މުސާރަދެވޭ މިންވަރަށްވެސް އާމްދަނީ އެއް ނުލިބޭ. ވުމާއެކު ދިވެހި ގައުމުގެ މިހާރުގެ އޮނިގަނޑު ހެދިފާ ވަނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތައް ކޮޕީކޮށްގެން ހަދާފާ އޮތް ދިވެހިގައުމާ އެކަށީގެންނުވާ އޮނިގަނޑެއް. މި އޮނިގަނޑުގެ ސަބަބުން ގައުމުގެތަރައްގީ ދަނީ ފަހަތަށް އަދި ގައުމުދަނީ ދަރަނިވެރިވަމުން. ކުރިޔަށް އޮތް ދެތިން އަހަރުގެތެރޭ ދިވެހި ގައުމު ބަގުރޫޓް ވެގެން ދިއުންގާތް .

    14
  4. ޙެހެހެ

    ފައިސާ ނެތަސް ރައްރަށުގަ ކައުނސިލަރުންނައް ރަށަށް ކުރެވޭނެ ކަމެއްނެތަސް ސިޔާސީ މަގާންތައް އިތުރުކުރެވޭތޯ ބަލާތި ދެލޯފުޅާ

    11
  5. ޖާޒީރާ ބޯއީ

    ގައުމު ހިންގޭނީ ގައުމުގައި ދިރިއުޅޭ ނިކަމެތި ރައްޔިތުންގެ ހައްގުތަށް ކަށަވަރުވެގެން، މިކަމާގެން އުޅުން މުހިންމު. ދިވެހި ފުލުހުން އެބަޖެހޭ މިހާރު ވަރަށް ހަރުދަނާވާން، ކަންޑައެޅިގެން ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު، އަބްދުﷲ ޝަހީމް ވަނީ 2017 ވަނައަހަރު ހަސަން ގާސިމްއަށް އަންބުރާ ދައްކާގޮތަށް ފައިސާ ދީފައި މިކަން ސާބިތުކުރެވޭނެ. އަދި ހަސަން ގާސިމްގެ މަރުގެ އެއް ހަފްތާކުރިން ބަޔަކުވަނީ އޭނާއަށް މިފައިސާއާއި ގުޅިގެން ބިރުދައްކާ އިންޒާރު ދީފައި. ފުލުހުންގެ ތަހްގީގަށް މިހާރުން މިހާރަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު، އަބްދުﷲ ޝަހީމްޖެހޭނީ ހައްޔަރުކުރަން މިމައްސަލައިން އޭނާއަށް ރެކެވޭނެ ގޮތެއް ނޯންނާނެ. ފަހަރުގައި މަރާލުމަށް އޭނާ ބުނެފައި ނުވެދާނެ، އެކަމަކު ބަޔަކުލައްވާ ހަސަން ގާސިމްއަށް ބިރުދެއްކުމަށް މީނާނޫން މީހަކު އެދިފައިނުވާނެކަން ކަށަވަރު.

  6. ކޮމެންޓޭ

    ޕާޓީ އެކްޓީވިސްޓުންނަށް ރަށްޔިތުންގެ ފައިސާ ބެހޭނެ ގޮތް ހެދިއްޖެ