ޗުއްޓީ ހޭދަ ކޮށްލުމަށް ރާއްޖެ އައިސް އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ލިލީ ބީޗް ރިސޯޓް އެންޑް ސުޕާގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ގެނބިގެން މަރުވެފައިވާކަމަށެވެ.

މަރުވެފައި ވަނީ ސްނޯކްލިންގް އަށް ގޮސް އުޅުނު ޗައިނާގެ ފަތުރުވެރިއެކެވެ.

އުމުރުން 74 އަހަރުގެ މި ފިރިހެން މީހާ ގެނބުމުން ގެންގޮސްފައި ވަނީ އދ. މަހިބަދޫ ހޮސްޕިޓަލަށެވެ. ނަމަވެސް އޭނާ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލުގެ ޑޮކްޓަރާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

މިގޮތަށް ރާއްޖެ އައިސް އުޅޭ ފަތުރުވެރިންގެ ތެރެއިން ބަޔަކު ކޮންމެ އަހަރަކުވެސް މިފަދަ ހިތާމަވެރި ހާދިސާތައް ދިމާވުމުގެ ސަބަބުން މަރުވެއެވެ. ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނައިރު، މިފަދަ ހާދިސާތަށް މަދުކުރަން ނުވަތަ ހުއްޓުވަން ކަމާބެހޭ ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޑޫޔޫ

    އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި ނަމަވެސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ ރައްޔިތުން ފެލާލައިގެން އިންކަމް ޓެކްސް އާއި އުނގު ޓެކްސް ނަގައިގެންނޭ ތަމެންގެ ލޭޒީ ހޮލިކް ސަރުކާރަށް ވެރިކަން ކުރަން އިނގެނީ މަމެން ޕިންކީން ވެރިކަން ކުރި އިރު އެއްވެސް ރައްޔިތެއްގެ އަތުން ޓެކްސް ނުނަގައޭ މަމެން ވެރިކަން ހިންގަން ރޭވީ އެގޮތުން މަމެން މިއަދާއި ހަމައަށް ތިބި ނަމަ މާލެ ސަރަހައްދުގެ ބިން ތައް ކުއްޔަށް ދީގެން ހުންނާނީ ހައްސަ ބިލިއަން ދައުލަތުގެ ބަޖެޓަށް ދުވާލަކު ވައްދާ އަދި ދަ ގްރޭންޑް މާލޭގެ އުތުރު ފަރާތުގައި ހުންނާނެއޭ ސްކައި ވިއު ހައުސް އެއް ހަދާ އެތަނުގައި ތިބޭ އިރު ފެންނާނެއޭ ފުނަދޫ ހުޅަނގުގައި ޑީޕް ބްލޫސީ ގައި ނެޓް ޖަހައިގެން ސީދާ ފަސްރޮނގު ދެމި ކަޅު ބިލަ މަސް ރޮބަޓްސް ތަކުގެ އެހީގައި ބާނަމުން ދާ ތަން އިޓްސް މާރވެލަސް ދޯ ޔޫ ބީ އަމެސް ލައިކް އަ ޔޫޒްލެސް އައި ޝުޑް ނޯ ޔޫއާރ ނޮޓް ދަ ގުޑް ފޯރ ދިސް ކަންޓްރީ ޔޫ އާރ އައުޓް ޔޫ އާރ ރޯންގް ޑޫ ޔޫ ރިއަލީ ވޮނާ ނޯ ދިސް

  2. އަހުމަދު

    ކޮންމެ ދުވަހަކު މަރެއް މިކަން ބަލާނެ މީހަކު ނެތްތަ ކޮބައިތަ މަރު ކޮމިޝަން .... ހުރި ހިތާމައެއްގެ ބޮޑު ކަމާ،،،، މިއީ އެބުނާ ރަތުން ދޭ އިންޒާރު... ބާރު ގުގުރި އާއި އެކުގައި ހޮނު އެޅުން،،، ތަން ތަން ރޯވުން މީހުން މަރުވުން...ދުވަހަކު ހީނަރު ނުވާ ވަރަށް ރާއްޖޭގެ ވިޔަފާރިތައް ހީނަރުވުން ވިޔަފާރިތައް ބަނގުރޫޓް ވުން އެކަމު ޓްރޭޑް މިނިސްޓަރ މެލޭސިޔާއިން ސިންގަޕޫރުން މަނީ ކަލެކްޓް ކުރުމުގައި ކުރިން އަދީބު މީހާރު އެހެން މީހެއް..... މޫސުން ރަނގަޅު ނުވުން ... އަވަހަށް ތައުބާވޭ....

    12
    • ލޮލް

      އާނ. ފޮނިތޮއްޓާ ކާފޫރު ތޮޅި އާ އަންނި އާ ޔާމީނު އާ ދެން އޮތް އެއްޗެއް އަޅައިގެއް ރަނގަޅައް ގިރާލާ، އޭރުން އެއޮތީ ހުރިހާ ކަމެއް ހަމަ ވެފަ.

  3. ދެޓްވޭ

    އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި ނަމަ އެބަޖެޓްގައި ހިމެނޭ ކެޕިޓަލް އިންވެސްޓްމެންޓް އިން ޖެހޭނެއޭ ޚަރަދު ކުރަން މާލެ ސަރަހައްދަށް އެގޮތުން އެބަޖެހެއޭ މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކާ މާލެ ސަރަހައްދުގެ ވިޔަފާރިވެރިންނަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ އަށް ކުއްޔަށް ދީގެން ކޮންމެ ކުންފުންނަކަށް 5 ހާސް އަކަފޫޓްގެ ބިން ކުއްޔަށް ދޭން އައި ވޮނާ އިޓް ދެޓް ވޭ...

  4. ކޮބާކަލޭ

    ކޮބާތަ ޓުވަރިޒަމް މިނިސްޓަރ ކޮބާތަ ރައީސްސޯލިހު ކޮބާތަ ހުސްނުއްސުއޫދު ކާކުޒިންމާނަގަންޖެހެނީ ކޮބާތަ އިންތިޔާ މަހުލޫފުވެސް އަޑެއްބަޑެއްނެތްދޯ؟

    1
    1
  5. ހުސޭނު

    ޗައިނާގެ ގިނަމީހުންނަކައް ނޭގޭނެ ފަތާކަށް. އެހާ ގަމާރު އަދި އެހާ ޖާހިލު ވާނެ. ނުކުރާށޭ ބުނާ ކަމެއް ވެއްޖެޔާ ކުރާނެ. ޔަގީން މީވެސް އަމިއްލަ އަށް ބުއި ބޮނޑި އެއްކަން.

  6. ނަސީދު

    މަޖިލީހުން މިކަން ބަލަން ފެނޭ މިކަން މިހާރުން މިހާރައް އެޖެންޑާކޮން ވަހަކަ ދައްކަން ބަހުސް ކުރަންފެނެ ކަމެއް ނުވިޔަސް