އައްޑޫ ސިޓީ ކައުންސިލަށް އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އޮޅިއްޖެއެވެ.

އެ ސިޓީގެ ކައުންސިލަށް އިނގިރޭސި ސަފީރު އޮޅިގެން މަރުހަބާ ކިޔާފައި ވަނީ އައްޑޫގައި އޮންނަ އީކުއޭޓާ ވިލޭޖަށް ދިޔަ ފަތުރުވެރިއަކަށެވެ.

ސަފީރު ކަމަށް ހީކޮށް އައްޑޫ ކައުންސިލުން އެ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔާފައި ވަނީވެސް ވީއައިޕީ ލޯންޖު ތެރެއިންނެވެ. އޭރު ސަފީރު ހުންނެވީ ޑޮމެސްޓިކް އެއާޕޯޓުގައެވެ. ނަމަވެސް ސަފީރު ހުންނެވީ ޑޮމެސްޓިކުގައި ކަމާއި މަރުހަބާ ދެންނެވުނީ ނުބައި މީހަކަށް ކަން ކައުންސިލަށް އެނގުނީ އޭނާ އަށް މަރުހަބާ ކިޔާ ނިމުނު ފަހުންނެވެ.

ކައުންސިލުން ފަތުރުވެރިޔާ އަށް މަރުހަބާ ދަންނަވަނީ

މައުލޫމާތު އެނގޭ މީހަކު "ވަގުތު" އަށް ބުނީ އައްޑޫ އެއާޕޯޓުން ސިޓީ ކައުންސިލްގެ މޭޔަރަށް ގުޅާފައި ސަފީރު ޑޮމެސްޓިކުގައި ހުންނެވި ވާހަކަ ބުނި ކަމަށެވެ. ނަމަވެސް މޭޔަރު ވިދާޅުވީ "ސަފީރު މި އިންނެވީ އަޅުގަނޑުމެންނާއި އެކު ވީއައިޕީ ގައި ކަމަށް"

މަރުޙަބާ ދެންނެވުނީ ނުބައި މީހަކަށް ކަން އެނގުމުން ކައުންސިލުން ވަނީ ޑޮމެސްޓިކަށް ގޮސް ސަފީރަށް މަރުހަބާ ދަންނަވާފައެވެ. ނަމަވެސް ފުރަތަމަ ފަތުރުވެރިޔާ އަށް ދިން މާބޮނޑި އާއި ސަފީރަށް ދިން މާބޮނޑި ވަރަށް ތަފާތުކަން ފާޙަގަކުރެވެއެވެ.

މީސް މީޑިއާގައި އާއްމުން ކިޔަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން އައްޑޫގެ ވުމެންސް ޑިވެލޮޕްމެންޓް ކޮމިޓީގެ ރައީސް ނަދާ ވިދާޅުވީ ދިމާވި މައްސަލަ އަކީ %33 އަންހެނުންނަށް ދިނުމުން ޖެހުނު މައްސަލަ އެއް ނޫން ކަމަށެވެ.

ނަދާ އެ އީޝާރާތް ކުރެއްވީ ކައުންސިލްތަކުގެ %33 އިންސައްތަ ހާއްސަ ކޮށްފައިވާތީ އެކަމަށެވެ.

ސަފީރު

ނަދާ ވަނީ ފްލައިޓުން ވީއައިޕޯ ލޯންޖަށް ސަފީރު ގެންދެވުމަކީ ކޮން ބައެއްގެ ޒިންމާ އެއްތޯ ސުވާލު އުފައްދަވާފައެވެ. އަދި ހިނގައިދިޔަ ކަމަކީ އަންހެނުން ނާގާބިލްވެގެން ހިނގި ކަމެއް ނޫން ކަމަށާއި އެއާޕޯޓު މުވައްޒަފުންނަށް އޮޅިގެން އެހެން މީހަކު ގެންދެވުނީ ކަމަށް ނަދާ ވިދާޅުވިއެވެ.

"އައްޑޫ އަށް އަރާ ފަތުރުވެރިންނަށް ހޮސްޕިޓާލިޓީ އިންޑަސްޓްރީގައި 14 އަހަރު ހޭދަކުރި މީހެއްގެ ހައިސިއްޔަތުން އެދޮރުން ފަތުރުވެރިޔާ ވަނުމުން އަހަރެން ކީ ހޫނު މަރުހަބާ އެއް. ސަފީރު އާއި ސަފީރުގެ ފިރިކަލުން ވަޑައިނުގަންނަވާކަން އެނގޭ އިރަށް އެންމެން އެކީ ޑޮމެސްޓިކަށް ގޮސް ހޫނު މަރުހަބާ އެއް ދެންނެވިން" ނަދާ ވިދާޅުވިއެވެ.

"އެއާޕޯޓު ޓީމުން ފޮޓޯ އާއްމު ކުރުމުން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން"

މީސް މީޑިއާގައި ފާޑުކިޔާ މީހުން ބުނަމުން ދަނީ ސަފީރަކީ އަންހެން ކަނބަލަކަށް ވެފައި ސިޓީ ކައުންސިލް މެމްބަރުން ފިރިހެނަކަށް މަރުހަބާ ދެންނެވުނު އިރު ނޭނގުމަކީ ބޮޑު ވަރު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ކިޑު

    ލޮލް އަދިވެސް އެމްޑީޕީ ވެގެން ހޭބަލިވެގެން އުޅޭތި

    169
    6
    • މްގޫދަނޑިސިޓީ

      ކަކަކަހެހެހެކިކި ރީނދޫ ގޫބައްޑާމެން އަދި ތިއައްވަނިޔަސް ބޮނޑެތި ބޭޒާރަވެ ފަޟީހައް ވުން
      އެދެނީ. ރަނގަޅާއް ތެވެނީ. އިހައިއިހައި ރޫޅިގެ.

      8
      1
  2. ޝީޒްލީނާ އަސްލަމް

    ޖަމާ މެން ލައިގެން މިކަން ނުވާނެ. ސަފީރުގެ ނަން ބަލާލީމަވެސް އެނގޭނެ އަންހެން ނަމެއް އެއީ. ދެން ބޮޑުވަރު. ޢިންޓަނެޓުންވެސް ފެންނާނެ ކުރީބައިގަ ތައްޔާރުވާންޖެހޭނެ ރިސީވް ކުރަންދިއުމުގެ ކުރިން.

    134
    2
  3. ސަފީރުބޭބެ

    ތި އައްޑުގެ ނަން ހަޑިކުރާ ހުރިހާ އެންމެން އެބަޖެހޭ މި ފަހަރު ކައުންސިލުން ބޭރުކުރަން!

    132
    3
  4. ރޮނޑާ

    ކައުންސިލް ގައި އުޅޭ ީޕީޕ އެމް އައް ނިސްބަތްވާ ދެ އަންހެނަކު ގަސްދުގައި ކުރި ޖެއްސުމެއް .މައްސަލަ މިހާރު ދަނީ ބަލަމުން.

    19
    154
    • Anonymous

      އެއީ ހަމަ ގައިމުވެސް އެމްޑީޕީ ދެ މީހުން.
      މުޒާހަރާ ތަކުގެ ވެސް އެންމެ ކުރީގަ ތިބޭނީ

  5. Anonymous

    ކޮން މައްސަލައެއް ބަލާކަށް، ހިސާބަށްވުރެ ގަމާރީ ގޫބައްޑާމެން. އެހެންނު ވާނީ ސިކުނޑިއަށް ރީނދޫހުން ޖެހިފަ އެންމެން ލާދީނީވެފަ.

    84
    10
    • މޮޔައެނޮނިމަސް

      ހީހީ ހަލާކޫ ދޯ އަންނ ރުޅިން. އުތަ އީމީން އާ ބިން ބާޒް އަށް ވުރެ ރަނގަޅު.

  6. ހުސޭނު

    ކެކެކެ.. ބޯ ހަލާކު!

    54
    1
  7. އަޙްމަދް

    ތާޒާ ކުރާ ކޯސް ހިންގަންވީ ނުނީ ޤައުމުތަކުގެ ސަފީރުން ދެނެގައްނާނެ ވެކްސިނެއް ދޭންވީ!

    57
    1
  8. ބޮޑު ހަސްންބެ

    ތީ އެމް.ޑީ.ޕީ ގެ ކައުންސިލުންގެ ފެންވަރަކީ. ލަދުން ބޯހަލާކު. އަޅެ އަންހެނެއް ފިރިހެނެއް ފާހަގަ ކުރަން ނޭންގުނީތަ ހަމަ.

    72
    2
  9. ނަދާ

    ނަދާތީ އަންހެނެއްތަ ނޫނީ ފިރިހެނެއްތަ ދެޖިންސްގެ މީހުން ވަކިނުވަނީ މި ސަރުކާރަކަށް އަންހެން ފިރިހެން ވަތްކެއްނުވާނެ އަދި ސޯބެ އިނީ ފުރިހަމައަށް ހިނދުކޮޅުގަދޯ

    62
    2
  10. ޑިރަސާވެރިޔާ

    ތިމާ މެންނަކީ އެންމެ ތަންދޮރު ދަންނަ، ރާއްޖޭގެ އެންމެ ތައުލީމީ މީހުން ކަމަށް ދައުވާ ކުރާ އައްޑޫ މީހުން ކިބައިން މި ފެނުނީ ދުނިޔެއަށް ލޯ ހުޅުވިފައި ނެތް ކަމުގެ ވަރަށް ރީތި މިސާލެއް.. މުޅި ދުނިޔޭގައި ރާއްޖެ ފަޟީހަތް ކޮއްލީ..

    76
    7
  11. ާއަހުމަދު

    50%ދީގެން ހަމަހަމަވާނީ ހެދުންވެސް ފަޓުލޫނު ގަމީސް ޓައި އަށް ބަދަލުކޮަށްގެން ހަމަވާނީ

    48
    1
  12. Anonymous

    ކަލޭމެން ސަރުކާރުގެ ހުރިހާކަމެއް ވެސް މިދަނީމިހެން. އެންމެ ގިނައިން އޮޅެނީ ރައީސްނަޝީދު އަށް.

    70
    1
  13. ޢާއިޝާ

    ތި ޖަމްޝީދާ މެނޮްގެ ފެންވަރު ތހިފެންނަނީ. މީހުންގެ ފިރިންވެސް އަމިއްލަ ފިރިމީހާހެން ހީވެގެން އުޅޭނީ. ދެން ސަފީރު ނޯޅޭ ވަރެއް ނޫނެއްނު؟ ޢަންހެނުންނަށްވެސް ހުރި ލަދެއް ޖަމްޝީދާޔަކީ

    28
    2
    • ސާލީ

      ފިރިން ކަޑަކަމުން ދާތީ ދޯ

  14. ގާބޯ

    މަރުހަބާ މަރުހަބާ އައްޑޫ ކުދިންނަށް މުނިފޫހި ފިލާނެ ފަދަ ރަނގަޅު ކަމެއް ތިކުރީ ފަހުގެ ތާރީހެއްގައި ތިކަހަލަ ކަމެއް ކޮއްލެ ވުނު ކަމީ އެހެން ރައްރަށު މީހުން އުފާކުރާނެ ކަމެއް އެހެން ރައްރަށު މީހުން ގަމާރުންނަށް ހަދައިގެން ލައްކަދު ވަހު ޒާތް ޒާތުގެ ވާހަކަތައް ހެމުން ބިންމަތީ ފުރޮޅެމުން ދައްކައިފީމު ހައްހައްހާ

    36
    2
  15. ވެރިން

    33 ވެސް ނޫން ސީދާ %100 އަންހެނުން ނަށް ދޭން ވީ.ސަފީރަކީ އަނހެނެއްކަން ފިރިހެނެއްކަން ނޭގޭ ވަރުމީހުން މިތިބީ ކައުންސިލްގަ،އަދި އެބަބުނައެއްނޫން ރައްޔިތުންގެ މޭޔަރުކަމައް ހޮވާދެށޭ.

    30
  16. ާައަލީބާބާ

    ފިރިހެެން އަންހެން އަންހެން ފިރިހެން ހެދިގެންއުޅެޔާ މިކަހަލަ ކިތަމެކަމަކާ ކުރިމަތިވާނެ.

    21
    1
  17. އަޙްމަދު

    ކިތަންމެ ވަރަކަށް ދެކޮޅުހެދިޔަސް އަންހެނުންނާ ފިރިހެނުން ތަފާތު ވާނެ. މިކަން ޙައްޖަތުލް ވަދާޢުގެ ޚުތުބާގައި ނަބީކަލޭގެފާނު ( ޞައްލަﷲޢަލައިހި ވަސައްލަމް) ވަނީ އޮޅުންފިލު ވައިދެއް ވާފަ. މިކަން ކަމާ ދެކޮޅުހަދާނީ ލާދީނީ ބައިގަޑު.
    ތިޔަހަމައިން ތިކަން ނިންމާލައިގެން ނު ވާނެ.
    އިހްމާލު ވީ މީހުން ހޯދާ ފިޔަ ވަޅު އަޅަންޖެހޭ. ހާދަ ހަމަހޭ ނެތީމައޭ އަންހެން ފިރިހެން ވަކިނު ވާނީ.

    ކައުންސިލްގެ ރައީސް ވަގުތުން އިސްތިއުފާ.

    25
  18. މަބޭ

    ތަޔައިކީ މާބޮޑުމައްސަލަޔެްްނޫން ނަސީދު ވެރިކަމުގަ އިންގިރޭސިސާހީއާއިލާ ބޭފުޅަކައްވަނީ ކްއީން އިންދެ ވިގަސްކަމައް ވިދާޅު ވެ 3ފޫޓް ހަމަނު ވާގަހެއްދައްކާ އެބޭފުޅާލައް ވާ އެގަހައްފެންދީގަ.

    20
  19. ަސދަސ

    ސަފީރު ބަލާފައި އަންހެނެއް ހެނެއް ހިއެއްނުވޭ. ފިރިހެނުން ހެދުންއަޅާ ގޮތަށް ހެދުން އަޅާއި ބޯކަށާފައި ހުރީ.
    ވީމާ އޮޅިދާނެ.

    10
    16
  20. ޚަރުން

    ޑިރާސާ ވެރިޔާ ކަލޭ ވަރަށް މޭ ކަރާ ދޯ...މަށަށް ޔަގީން ކަލޭ ނުކިޔަ ވާ ކަން ...ތައުލީމީ މީހުން އައްޑޫގަ ތިބޭނީ....

    6
    20
  21. ރައްޔިތުން

    ދިވެހި މުސްލިމު އަންހެނުންނަށް ސިޔާސީ މައިދާނަށް ނުކުތުމަށް %100 ދިނަސް ތިޔަ ސަފީރު ހެދުން އަޅާފައި ހުރިގޮތަށް ހެދުން ނުލާތި. ސަފީރާއި ބެހޭ މައުލޫމާތާއި އަދި ފޮޓޯ ކުރީބައިގާ އެމީހުންނަށް ހިއްސާ ނުކުރުމުން ތިޔަ ފަދަ ކަމެއް ދިމާވުން އެކަށީގެންވޭ، ތިޔައީ ސަރުކާރުގެ ޒިންމާގެ ތެރެއިން ދިޔަކަމެއް. ކައުންސިލަރުންގެ ޒިންމާއެއްނޫން. އެމީހުންކީމަރުހަބާއަށް ހަމަ ޝުކުރިއްޔާ

    9
    11
  22. Anonymous

    ސަފީރަކީ އަންހެނެއްކަން އެނގުނީ މާ ފަހުން، ފޮޓޯ އިން އެއީ އަންހެނެއްކަމެއް ނޭނގޭ.

    1
    5
  23. ޢަލީ

    ނަދާއަށް ނެއެގިދާނެ ނަމެއްގަ އައްޑޫ ވިއަސް އިންޑިއަނެށް ވީމަ

    10
    1
  24. ހުސޭނުބޭ

    ޝަރުބަތު ބޯ މީހުން މަރުހަބާ ދަންނަވާނީ ތިހެން!

    14
  25. ސފހ

    ތަންދޮރު އޮޅުން ފިލާބާ. ލޮލް.ހަހަހަ

  26. ބަލާމީހާ

    ހަދަންޖެހޭގޮތައް ހެދީމަ ގޯސްނުވާނެ. ޢެބާމީހުންދިން އަނިޔާއިން އަދިވެސް އެއަތޮޅު މީހުން އަރައި ނުގަނެވޭ. ޢެއއަތޮޅުމީހުން އެމީހުންންށް ނަފުރަތު ކުރާނެ.

  27. މުސްތޯ

    ތިސަފީރު ބަލާފަ އަންހެނެއް ކަމެއް ފިރިހެނެއް ކަމެއް ވަކިވާވަރެއް ނޫނެއްނު، އެހެންވެ ދިމާވިކަމަކަށްވާނީ

  28. ތަރަބެ

    އެމީހުންނަށްވެސް ގަބޫލުކުރެވޭ އެއީ ފިރިހެނުންނަށް ކުރެވޭނެ ކަމެއްކަން.

  29. މަގޭ

    ތީހަމަ ގަޅިކަން

  30. މަގޭ

    ތީ ގަޅިކަން