ޓެކްސީ ޑްރައިވަރުންގެ ހިތުގައި އާއި އާއްމު ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔައީ މިދިޔަ ބުދަ ދުވަހުގެ ރޭ ހުޅުމާލޭގެ އަނދިރި މަގެއްގައި ރަހުމް ކުޑަ ގޮތަކަށް މަރާލި ހަސަން ގާސިމްގެ މަރުގެ ހަބަރުންނެވެ. އޭނާގެ މަރާއެކު ޓެކްސީ ޑްރައިވަރުންގެ ހިތުގައި ނުތަނަވަސްކަން އުފެދިގެން ދިޔައިރު، އެ ޑްރައިވަރުންނަށް ރައްކާތެރިކަން ޔަގީން ކުރެވޭނީ ކިހިނެއްކަން އެ މީހުންވެސް ބަލަން ބޭނުންވެ އެވެ.

އެގޮތުން މިހާރު ކަންކަންމަތިން ޓެކްސީ ދަތުރުތައް ނަގާއިރު، އެއީ ރައްކާތެރި ދަތުރަކަށް ނުވުން ގާތެވެ. އެއީ ކާކުކަމެއް، ކޮންތާކަށް، ކޮން ބޭނުމެއްގައި ކާރަށް އަރާ މީހެއްކަން މިގޮތަށް ޓެކްސީ ނަގާއިރު ނޭނގޭނެއެވެ. އަދި މަގުމަތިން މި ނަގާ ގިނަ ދަތުރުތަކުގެ ވާނުވާވެސް ނޭނގެއެވެ. މިގޮތަށް ނަގާ ދަތުރު ތަކުން ގިނަ ޓެކްސީ ޑްރައިވަރުނަށް ލަނޑުވެސް ލިބިފައި ހުއްޓެވެ.

ޓެކްސީ ޑްރައިވަރުންނަށް ދިމާވެފައިވާ ބައެއް ހާދިސާތަކަށް ބަލާއިރު، މިދިޔަ މަސް ތެރޭގައި އެކަނިވެސް ތިން ވަރަކަށް ހާދިސާ ހިނގައިގެން އެ ވާހަކަތައް އެކި ޑްރައިވަރުންނާއި ހިއްސާކޮށްފައި އެބަ ހުއްޓެވެ.

"ބައެއް މީހުންނަށް ހީވަނީ އެކުލައިގެ ކާރެއް ވައްތަރުވީމަ އެ މީހުންގެ ދަބަހެއް ބައިންދާފައި ދެވުނީ އެކާރުގައޭ.. ދެން މީނަ ވަގަށް ނެގިއޭ. ދެން ޝައްކެއްގެ މަތީގައި ހުރެ، ކާރުގެ ސެންޓަރަށް ގުޅައިގެން ކާރުގެ ސިފަ ކިޔާދީފައި އެއްފަހަރު އެ ހުރީ ހޯދާފައި. އެ ކާރު ސީދާ ސްޕޮޓްކޮށްގެން ޓެކްސީ ނަމްބަރުވެސް ހޯދައިގެން، މަގުމަތިން ދަތުރު ނަގައިގެން، އޭނާ ގޮވައިގެން ގެންދަނީ އަނދިރި މަގަކަށް ގެންގޮސް، ބިލްޑިންގއަކަށް އަރުވާފައި އޭނާގެ ގައިގައި ތަޅާލީ. ތަޅާލާފައި އޭނާގެ އެއްޗެހިވެސް ބޭލުވީ"

"ދެން އެބަ ހުރި މަގުމަތިން ދަތުރު ނަގައިގެން ކާރުގައި މި ދަނީ ހުޅުމާލޭގެ އަނދިރި ކޮންމެވެސް ހިސާބަކަށް ގެންގޮސްފައި ވަޅި ޖައްސާފައި އަތުގައި ހުރި ފޯނާއިހުރިހާ އެއްޗެއް ނަގައިގެން މީނަ ފިލަނީ. ތަޅުދަނޑިވެސް ނަގާފައި ތަޅުދަނޑިވެސް އެއްލާލާފައި... މިއީ ހިނގާފައި ހުރި ކަންކަން ހަމަ". އެ މައުލޫމާތު ހިއްސާ ކުރި ގާތް ޓެކްސީ ޑްރައިވަރަކު ބުންޏެވެ.

އެހެންކަމުން މިފަދަ ހާދިސާތަކުންވެސް އެނގޭގޮތުގައި މަގުމަތިން ދަތުރު ނަގައިގެން ޓެކްސީ ޑްރައިވަރުންނަށް ރައްކާތެރިކަން ނުލިބެއެވެ.

މީގެ އިތުރުން، ޓެކްސީ ސެންޓަރަށް ގުޅައިގެން އެ މީހުން ބޭނުންވާ ކާރެއް ނަގައި، ޕްރީ ބުކިންގ ހަދައިގެން ބޭނުންވާތަނަކަށް ގެންދާއިރު، މިއީވެސް ސަމާލުވާން ޖެހޭ ކަންކަމެވެ.

މީގެ ހައްލަކީ ކޮބާ؟

މިކަމުގެ ހައްލަކީ މިހާރު ރާއްޖޭގައި ބޭނުން ކުރާ ޓެކްސީ އެޕްލިކޭޝަނެވެ. ރާއްޖޭގައި މިހާރު އެންމެ މަގްބޫލު ޓެކްސީ އެޕް ކަމުގައިވާ އަވަސް ރައިޑުން ބުނެފައިވަނީ އެ އެޕްލިކޭޝަނުގައި ކަސްޓަމަރުގެ އަދި ޑްރައިވަރުގެ ފުރިހަމަ މައުލޫމާތު ހުންނާނެ ކަމަށެވެ. އަދި ކަސްޓަމަރު ހުރި ތަން މެޕުން ފެންނަން ހުންނައިރު، ޑްރައިވަރުގެ މައުލޫމާތާއި ހުންނަ ތަންވެސް ފެންނާނެއެވެ. އަދި އެ އެޕްލިކޭޝަން ހިންގާ އޮފީހުގެ ޑިސްޕެޗް އޮޕަރޭޓަރއަށް މެޕުން، ހުރިހާ ޑްރައިވަރުންނާއި ކަސްޓަމަރުން ދަތުރު ކުރާ މަންޒިލާއި، އެ ދަތުރު ނަގަން ކަސްޓަމަރު ހުރި ތަންވެސް އަދި ދަތުރުކުރާތަން މެޕުން ފެންނަން ހުރެއެވެ. ކުއްލި ހާލަތަކަށް ގޮސްފި ނަމަ، އޭގެން އެމާޖެންސީކޮށް އެ ބޭނުންވާ ފަރާތަކަށް ގުޅާލެވޭނެއެވެ. މީގެ އިތުރުން، އެ އެޕްލިކޭޝަންގެ ޑިސްޕެޗް އޮޕަރޭޓަރއަށްވެސް އެފަދަ ހާދިސާއެއް ނޮޓިފައި ވާނެއެވެ.

އަދި ފުލުހުންވެސް އެޕްލިކޭޝަން ބޭނުންކޮށްގެން ކުރާ ދަތުރުތައް ލައިވްކޮށް މޮނީޓާކޮށްލެވޭނެއެވެ. އަދި ކުރިން ހިންގި ހާދިސާއެއްގެ މައުލޫމާތެއް ބޭނުންވެއްޖެ ހާލަތެއްގައި އެ މައުލޫމާތުތައް އެޕްލިކޭޝަންގައި ރައްކާކުރެވިފައި ހުންނާނެއެވެ.

އެހެންކަމުން އެޕްލިކޭޝަންއަކީ ޓެކްސީ ޑްރައިވަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދެވޭނެ ގޮތެވެ. ޓެކްސީ ޑްރައިވަރުންގެ ގިނަ ބަޔަކު މިހާރުވެސް އެޕްލިކޭޝަން ބޭނުންކުރެއެވެ. އަދި ރައްކާތެރިކަން ޔަގީންކުރުމަށް އެންމެ ރަންގަޅު ގޮތަކީ އެހެން ޓެކްސީ ޑްރައިވަރުންވެސް އެއަށް އަހުލުވެރިވުމެވެ. ޓެކްސީ އެޕްގެ އެހީގައި، އެންމެ ފަހުން ޑްރައިވަރު ދުއްވާފައި ހުރި މަގާއި ގަޑި، އަދި ކަސްޓަމަރު ހުރީ ކޮންތާކުކަންވެސް އެނގިގެން ދާނެއެވެ.

މިކަމުގައި އެންމެ ރައްކާތެރި ގޮތަކީ ހަމަ އެޕްލިކޭޝަން ބޭނުން ކުރުމެވެ. އެއީ ކަސްޓަމަރަށް އޮޅުވާލެވޭނެ އެއްވެސް ގޮތެއް ނީންނާނެތީއެވެ. އެއީ ޑްރައިވަރަށް ސީދާ އޯޑަރު ކުރި ކަސްޓަމަރަކީ ކާކުކަން އަދި އެފަރާތުގެ މައުލޫމާތު ދެނެގަނެވޭހެން އެޕްލިކޭޝަންގައި އެ މައުލޫމާތު ހުންނާނެތީއެވެ.

މާލެ ސިޓީގައި މިހާރުވެސް ޓެކްސީ އެޕްލިކޭޝަން ބޭނުންކުރާ މީހުން މަދެއް ނޫނެވެ. މީގެ ތެރެއިންވެސް ގިނަބަޔަކު އެންމެ ފުޅާ ދާއިރާއެއްގައި ބޭނުން ކުރާ އެއް އެޕްލިކޭޝަންއަކީ އަވަސް ރައިޑް ޓެކްސީ އެޕްލިކޭޝަނެވެ. އެތައް ހާސް ބަޔަކު މި އެޕްލިކޭޝަން ބޭނުންކުރާއިރު، ގިނަބަޔަކު މި އެޕްލިކޭޝަން ބޭނުން ކުރަނީ ދެ ފަރާތަށްވެސް ރައްކާތެރިކަން ކަށަވަރުކޮށްދޭ ވަސީލަތަކަށްވާތީއެވެ. އަދި މިހާރު ގިނަ ބައެއްގެ އިތުބާރުވެސް ހޯދާފައިވާތީއެވެ. މިކަމާއި އެއްވެސް ޑްރައިވަރަކުވެސް ދެބަހެއް ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ހިލްމީ

    ފުރިހަމަ އާޓިކަލެއް. އަހަރެންވެސް އެޕް ބޭނުންކުރަނީ ރައްކާތެރިވެފަ އިތުބާރުއޮތީމަ

    14
    1
  2. ރިލޭ

    ޢެޕުގަ ޑްރައވަރުންވެސް އަދި ކަސްޓަމަރުގެވެސް ޖީޕީއެސް ކޯޑިނޭޓްސް ފެންނަން ހުރީމަ ކޮންމެ ކަމެއްވެސް ޓްރެކް ކޮއްލެވޭތީ ވަރަށް ސަޅި. އަވަހަށް ޑްރައިވރުން ވައްދާ ތިއަށް

    10
    1
  3. ޝާހް، ރ.ވާދޫ

    ކޮންމެ ޓެކްސީއެއްގެ ފަހަތުގަ ފުލުހެެއް ބެހެއްޓީމަ. މިހެން މިބުނަނީ ދިވެހިންނަކީ ސިކުނޑީގެ އެއްބައި މަސައްކަތްކުރާ ބަޔަކަށްނުވާތީ.

    10
    2
    • ސަޓޯ

      އަންނި އާއި އިބުރޭގެ ވިސްނުން ހުންނަނީ ކޮންމެ ޕީޕީއެމް މެމްބަރެއް ފަހަތު ފުލުހެއް ބަހައްޓަން... އެއީ އަނެއްކާވެސް ވެރިކަން ވެއްޓިދާނެތީވެ އެކަމާ ބިރުން

  4. ީނިޒާމާ

    ކުރިއަރާފައިވާ ގައުމުތަކުގައި ޑްރައިވަރ ހުންނަނީ ވަރަށް ބޮޑަށް ޕްރޮޓެކްޓް ކޮށްފަ( އާއްމު ކޮށް
    ކުށްގިނަ ގައުމުތަކުގައި)
    ގަސްދުގައި މީހުން މެރުމުގައި ކެޕިޓަލް ޕަނިޝްމަންޓް ދޭން އެބަޖެހޭ

    14
    1
  5. ......

    ހިތާމަ ހުރި ކަމެއް މީ...އަމަން ގާއިމްނުކުރެވޭނެެ އަދި ތިހާ ހަނި ވިސްނުމަކުން...ވިސްނުން ބޮލުން ބޭރަންނިކުންނަ ވަރަށް ކަންކަމާ ވިސްނަން ވެއްޖެދޯ....މިއަށްވުރެ ކުރިއަރާ ގޮސްފައިވާ ގައުމުތަކުގައި ކީއްވެތޯ އަމަން ގާއިމްވެފަަ ނެތީ...ހައެއްކަ އެޕް ހަދާލައިގެން އެކަން ކޮށްލެވޭ ނަމަ....އަޅެ ނޫންތަ...؟މަ ހިޔެއް ނުކުރަން ވަގުތު މީ މިހާ ގަމާރު މީހުން އުޅޭ ތަނެއް ކަމަކަށް...
    ހިނގާދޯ ވިސްނާލަމާ...އެޕް އެހެން އޮތުމުން ވެސް ކަމެއް ހިނގިކަމެއް އެނގޭނީ ހިނގާ ފަހުންދޯ...ކަންްކުރާ މީހާ ފަހަރުގައި ހޯދިދާނެ...އެފަދަ ކަން ކަންް ކުރުން ހުއް ޓުވޭނެ މަގެއް ތީގެން ނެތް...މިފަދަ ކަން ކަން ހިނގަނީ ކަންކުރާ މީހާގެ ކިބައިގަ ހުންނަ މައްސަލައަކުން...ސީދާ މައްސަލަ އުފެދުމުގެ އަސްލު ހޯދާ އެ ނައްތާލީމަ މެނުވީ އެއްވެސް ކަމެއް ހައްލެއް ނުވާނެ....ހައްލަކީ އިންސާނާއަކީ ތަހުޒީބު މީހަކަށް ހެދުން...ތަހުޒީބު އޭގެ އަސްލު މާނައިގަ އިސްލާމް ދީން ބުނެދޭފަދައިން...

    8
    3
    • ޢަޅެފަހެ އަޖައިބެއް

      ބަލަ މަކަން އެކަން މި ކުރަނީ މަށަށް ހުކުން ކުރާނެކަން އެނގޭތާކު ކުށް ކުރުން މަދުވާނެދޯ. ޥަގުތެ އް ނޫން ކަލޭ ގަމާރީ މިނަ އްވުރެ

      5
      1
      • .....

        ހެހެހެ...އޯކޭ މަ ގަމާރީ..އެކަމަކު ތިބުނާގޮތަށް ކުށްމަދުވި މުޖުތަމައުއެއް ދައްކަބަލަ

        3
        1
  6. ދަކަޅިއްޗޭ

    ފަގީރު ކަމަކީ އެއީ މަސައްކަތް ކުރުމުން ނައްތާލެވޭނެ ކަމެކޭ ތަމެންގެ ވެރިކަމުގައި މުޅި ރާއްޖެ ފަގީރު ކަމުން އަރައިގަތުމަށް ޓަކައި މާލެ ސަރަހައްދުން މަމެން ޕިންކީންގެ ވެރިކަމުގައި ރާއްޖޭގެ 80 ހާސް ފަގީރު ނިކަމެތިންނަށް ދީފަައި ހުރި ހުރިހާ ފްލެޓްސް ތައް ފޭރިގަންނަނީއޭ ތަމެންގެ ވެރިކަމުގައި މައްލާ ނާސިރު ފަދަ ބަތަލުން ނުއުފެދުނީ އެެހެންވެއޭ ތަމެން ދެން މަހަށް ދާންވީއެއް ނޫންތޭ ޑިސެމްބަރު 10 ގައި ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ ދަ ފިރިހެން ކޯޓްލައޭ ދަ ކާޅު ހެދުންލައޭ...

    6
    1
  7. ޖަޒީރާ

    ރައްކާތެރިކަން ޔަގީންކުރެވޭނީ މަގުތަކައްނުކުމެ ހޯދީމަ ސަރުކާރުތަކުން ތަބަކައްލާފަނުދޭނެ ދޭނަމަ ކިތައްމީހުންގެ ފުރާނަމިދިޔައީ ކިތައްއާއިލާނިކަމެތިވެ ދިޔައީ ޓެކުސް ނަގަންބުނާކޮއްމެ ކަމަކައްވެސްދައްކަނީ ކިތައްމެ ބޮޑުބަޖެޓެއްވެސް ފާސްއްކޮއްލަދެނީ ބުނާކޮއްމެގޮނޑިއެއްވެސްދެނީ ވަޅިޖެހުން ޑުރަގު ވިއްކުން އެތެރެކުރުން ގޭންގްތައްހިންގުން މިކަމެއްހައްލެއްނުކުރެވޭ ބޮޑުމިނުގަ 6 ކިލޯމީޓަރް ހަމަނުވާތަނެއްގެ އަދި 24 ގަޑިއިރު އެއްބައެއް އުޅޭތަނެއްގަ މަސްހިފަން ދާއެޅުމެކޭ އެއްވަރު ހަދާގާނޫނުތައް މާރިއާ އީވާ ވެސްހުރީ އޭގެމައްޗައް އަރާކޮޅައް ދެންވިސްނާ ގާނޫތަންފީޒުވާނެވަރު ބަޔަކައް ސުއޫދުގެ މަރުކޮމިޝަންވެސްވީ ކޮވެލިޢާ ކާޅުގެ ބިސްހާއްޔައް

    5
    1
  8. ޤާދިރުﷲ

    ޓެކްސީ ޑްރައިވަރުންނަަށް ރައްކާތެރިކަން ކަށަވަރު ކުރާނީ މިރާއްޖެ ރައީސް އިބްރާހީމް ސޯލިހު. ސިފައިންނާއި ޕޮލިހުންނާއި ގުޅިގެން ރާއްޖޭގެ އެކިއެކި ތަންތަނުގައި ޗެކުޕޯސްޓް ޤާއިމުކުރަންވީ. ސިފައިންނާއި ޕޮލިހުންގެ ޒިންމާ މިޤައުމަށް ބޭނުންތެރި ގޮތުގައި ހިފަންވީ. ޤަމުގެ ރައްޔތިތުންގެ ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށްވަންޏާ ޕޮލިހުންނާއި ސިފައިންގެ ޒިންމާއަކީ ކޮބާތޯ؟

    9
    1
  9. ހައިދަރު

    ހައްލަކީ އުމަރު ނަސީރު މިރާއްޖޭގެ ވެރިކަން ކުރުން.

    9
    2
  10. ޚަރުން

    މުނާފިގުންނާއި ދެކޮޅަށް ގަދަކޮށް ތެދުވެގެން....

    12
    1
  11. އަދާލަތު

    ޓެކްސީ ތެރޭގަ އި، ވަޔަރލެސް ސީސީޓީވީ ކެމެރާ ހަރުކޮށް ސެންޓަރަށް، ނުވަތަ ޕޮލިހަށް އެކްސަސް ދޭންވީ. މި އީ މިހިނދުން، މިހިނދަށް ެ އެއ އްމެ އަވަހަށް ކުރެވޭނެ ކަންތަ އް.

  12. ހައްލު

    ޑޭޝް ކެމެރާ ބޭނުން ކުރެ

  13. އަނިލް

    އެޕު ބޭނުންކުރީމަ ނިމުނީ،. ސަރުކާރުން އެބަ މިކަން މަޖުބޫރުކުރުވަންޖެހޭ

  14. މަކިނބޫ

    މިހާރުގެ ގިނަ ޓެކްސީ ސެންޓަރުތަކުގަ ޒަމާނީ ވަސީލަތް ނުހުންނާތީ ކަޑަ ވަނީ. އޭގެ ސަބަބުން އެކަހަލަ ހިތާމަ ވެރި ކަންކަން ހިނގަނީ އަސްލު. ޖެހޭނެ ކެމެރާ ވެސް ހަރުކުރަން އެޕްވެސް ބޭނުން ކުރަން މީހުންވެސް އަހުލު ވެރި ކުރަން މިހާރުން ފެށިގެން ކުރެވެން ހުންނަ ހުރިހާ ކަމެއް ކުރެވުނީމަ ކުށްވެރީންނަކަށް ޓެކްސީތަކާ ކައިރިވާކަށް ނުކެރޭނެ ހަމަ ޔަގީން. އަދި ޓެކްސީ ސެންޓަރުތައް ހުންނަތަންތަން ބޮޑު ކުރަން ވެސް ފެނޭ އޮފީސް ގޮތަށް ގިނަ މުވައްޒަފުން ވެސް ލައިގެން.

  15. ލޯއަބު

    ކޮންމެ ޑުރައިވަރަކަށް ބޮޑީ ގާޑެއް ހަމަޖައްސަންވީ މެރިކަމަށް ޝައްކު ކުރެވޭ މީހުންގެ ދިފާޢުގައި ހުސްނު ސޫދު ނިކުންނަންވީ

  16. މޮޔަހަސަނު

    މިކަހަކަ ކޮންމެ ހިތާމަވެރި ހާލަތެއްގަ އަވަސްރައިޑުން ނާޖާއިޒް ފައިދާނެގުމަށް އަވަސްވެގަންނަ މަންޒަރު މިފެންނަނީ! ފައިސާއަށް ބޫތުކެޔަސް ފުކެއް ބޮޑުވަރު!

    2
    3
  17. ސަޓޯ

    އެމެރިކާގަ ހުންނަ ގޮތައް ޑްރައިވަރު އިންނަ ސީޓުވަށާ ބުލެޓް ޕްރޫފް ބިއްލޫރި ޖަހާ