ކޮންމެ ޤައުމެއްގައި ދިރިއުޅުނު ނަމަވެސް ދިވެހިންނަށް ކުރިމަތިވާ ދަތިތައް ޙައްލުކޮށްދިނުމުގައި ސަރުކާރުން ތަފާތެއް ނުގެންގުޅޭނެ ކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެންވިދާޅުވީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތިރުވަނަންތަޕޫރަމްގައި ދިރިއުޅޭ ދިވެހިންނާ އިއްޔެ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތިރުވަނަންތަޕޫރަމްގައި ހުންނަ ހޮޓެލް އެޕޯލޯގައި ބޭއްވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކޮންމެ ޤައުމެއްގައި ދިރިއުޅުނު ނަމަވެސް އެޤައުމެއްގެ ޤާނޫނުތަކާ ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތާބަޔަކަށް ދިވެހިން ވާންޖެހޭކަމަށެވެ. އަދި ދިވެހިންނަކީ ބޭރު ޤައުމެއްގައި ދިރިއުޅުނު ނަމަވެސް އެ ޤައުމެއްގެ ބަޔަކާ ގުޅިގެން ދިރިއުޅޭ ބައެއްކަން ވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އިންޑިޔާ ސަރުކާރުން ރާއްޖޭގެ ރައްޔިތުންގެ ފަސޭހައަށް ގިނަ ކަންތައްތަކެއް ކޮށްދެއްވަމުން އަންނަކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވަނީ އިންޑިޔާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އިންޑިޔާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށާއި ބޭސްފަރުވާއަށް އަންނަ ދިވެހިންނަށް ދިމާވާ ދަތި އުނދަގޫ މައްސަލަތައް ޙައްލުކުރުމުގައި މި ސަރުކާރު ވެރިކަމަށް އައިފަހުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މިސަރުކާރު ދެމި އޮންނާނީ އަބަދުވެސް ރައްޔިތުންނަށް ދަތިވާކަންކަން ޙައްލުކޮށްދިނުމުގައިކަމަށާއި އެގޮތުން ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންވެސް އިސްތިސްނާ ނުވާނެކަމުގެ ޔަޤީންކަން ނައިބު ރައީސް ދެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ދާއިރާތައް ހުރިންކަން ފާހަގަކުރައްވަމުން ދަރިންނަށް ތަޢުލީމުދީ ތަރުބިއްޔަތު ކުރާއިރު ކާބަފައިންގެ ފަރާތުން ވާޞިލުވި ރިވެތި އަދަބުތަކުގެ މަތީގައި ތަރުބިއްޔަތު ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އަދި ތަޢުލީމުދިނުމުގެ ތެރެއިން ދަރިންނަކީ މަސައްކަތްތެރި ބަޔަކަށް ހެދުމަށް އިސްކަމެއްދިނުމަށްވެސް ނައިބު ރައީސް އިލްތިމާސްކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހުން

    ތިހެން ބުނެފިތަ ހަމަޔަގީނުންވެސް ތަފާތުކުރާނެ އެއީ އެމްޑީޕީގެ ސަފާގާފީ މޮޓޯ.

    32
  2. ކިނބޫ

    ދިވެހިންނާއި މެދު ތަފާތުކުރުމެއް ނުގެންގުޅޭނަމޭ!؟ ތީ އިންޑިއާ ނޫނީ ސިލޯނު ނޫނީ ކޮންމެސް އެހެން ގައުމެއްގެ ނައިބު ރައީސްތަ؟ އަންތަރީސް ވެދާނެ. ދިވެހިރާއްޖޭގެ ބައިބުރައީސަކު ތިހެން ބުނަން ޖެހުމަކީ ބިރުވެރިކަމެއް. ކިޔޭނުކިޔޭވެސް ނޭނގޭ ހިސާބުގަ މިމީހުން މިތިބީ.

    24
  3. މުހައްމަދު

    ތިޔަ އީ އެ އްވެސް ބާރެ އް ހުރިމީހެ އްނޫން. ޢެ އީ ރަމްޒީ ބުދެ އް.

    17
  4. ކެޔޮޅު

    ތިހުރިހާނަސޭހަތެއް ދެއްވިއިރުވެސް އިސްލާމްދީނައް ހުރުމަތްތެރިކޮއް ހިތުމުގެވާަހަކަ ބުނެލާކައްނުކެރުނުދޯ މޯދީކޯފާވެދާނެތީ؟

    18
  5. މިއަދު

    ތިއީ މިއަދު ފައިސަލް ތިމަގާމުގައި ހުރެ ބުނުއްވަންޖެހޭގޮތް އެކަމު ކަންކުރަނީ ތިގޮތަށްނޫންކަން ދިވެހިރަޢިއްޔަތުން ގަބޫލުކުރޭ

    13
  6. ޝާންް

    ތަފާތުކުރުން ނުގެންގުޅެނީ ކިހިނެއް. ބޭރު ގައުމުތަކުގަ ތިބި ދިވެހިންނަށް އާސަންދަ ދެނީވެސް ނަމެއްގަ. އާސަންދަ އަށް ފޮމް ލައިގެން 2 މަސް ދުވަސް ވާއިރުވެސް އަދި ހަމައެއްނުޖެހޭ، އަދި އާސަންދަ ލިބެނީ ނަމެއްގަ. ކޮންމެ މީހަކުވެސް އަމިއްލަ ޖީބުން ފައިސާ ދައްކާފަ ބިލު ހުށަހެޅުމުން އޭގެ %60 މިލެބެނީ. އަދިއެވެސް މިމީހުން ބަލާފަ މިމީހުންނަށް ދޭން ފެނުނިއްޔާ. ލޯން ނަގައިގެން ގޮސް ކިޔަވަންތިބޭ ކުދިން އެޑްމިޓް ކުރަންޖެހޭއިރު އަތަކު ފައިސާ އެއްނުހެރޭ. ދެންޖެހެނީ ސަލާންޖަހައިގެން ފައިސާ ލިބޭތޯ ބަލަން.

    11