މަގުމަތީގައި އުޅުމުގައި ބެލުންތައް ތިރިކުރަން ޖެހޭ ކަމަށް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާއި ގޮވާލައިފިއެވެ.

މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުތުބާގައި ވިދާޅުވެފައި ވަނީ، މަގުމަތީގައި އުޅުމުގައި ބެލުންތައް ތިރިކުރަން ޖެހޭ ކަމަށާއި، ގިޔާމަތް ދުވަހުން އެމީހެއްގެ ލޯ ބޭނުންކޮށްފައިވާ ގޮތާއި ބެހޭގޮތުން ސުވާލު ކުރެވޭނެ ކަމަށެވެ.

އެހެންކަމުން މާތް ﷲ ނަހީ ކުރެއްވި ތަންތަނާއި ތަކެއްޗަށް އަދި އެހެން މީހެއްގަ ހައްގެއް ގެއްލޭގޮތަށް އެއްވެސް ދިމާއަކަށް ނުބެލުމަށް ހުތުބާގައި ގޮވާލެއްވިއެވެ.

ހުތުބާގައި ވިދާޅުވެފައި ވަނީ، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ގޭގޭގައި އުޅޭ މީހުންނާއި، ހުންނަ ތަކެތި ދެނެގަންނަން ބައެއް ފަރާތްތަކުން މަސައްކަތް ކުރަުންދާކަމަށާއި އެއީ ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ.

މީގެ އިތުރުން ހުތުބާގައި ވިދާޅުވެފައި ވަނީ މަގުމަތީގެ ހައްޤުތަކުގެ ތެރޭގައި މީހަކަށް ގެއްލުމެއް ލިބިދާނެ އެންމެހާ ކަންކަމެއް ހިމެނޭކަމަށާއި، އެއީ ބުނާ ބަހަކުން ކަމުގައި ވިޔަސް، ކުރާ އަމަލަކުން ކަމުގައި ވިޔަސް، ކުރާކަމަކުން ނުވަތަ ބަލާ ބެލުމަކުން ވިޔަސް ކަމަށެވެ. އަދި މަގުމަތީގެ ހައްގުތައް ފުރިހަމައަށް އަދާކުރެވޭނީ އެމީހަކު އެފަދަ ކަންކަމުން އެއްކިބާ ކުރުމުގެ އިތުރުން އެހެން މީހުން ކުރާ އެފަދަ އަމަލުތައްވެސް ހުއްޓުވައިގެން ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

ހިނގާބިނގާ އުޅޭ މީހުންގެ އިތުރުން، މަގުތަކުގައި ދުއްވާ މީހުންވެސް ސަމާލުވެ ރައްކާތެރިވާން ޖެހޭ ކަންކަން ހުންނަ ކަމަށް ހުތުބާގައި ވެއެވެ. އަދި ވިއްސާރަވެ ފެންބޮޑުވެފައި އޮންނައިރު މީހުންގެ ގަޔަށް ފެންބުރާ ގޮތަށް ދުއްވާއެއްޗިހި ދުއްވުމާއި، މަގުމެދަށް ކާރައި ޓެކްސީ ހުއްޓުވައި މީހުން އެރުވުމާއި، މަގުހުރަސް ކުރާމީހުންނަށް ތަންނުދީ ދުއްވުމާއި، ސިގުނަލް ނާޅައި ގަވައިދާ ހިލާފަށް ވާތްފަރާތުން ކުރިއަށް އެރުމާއި، ބާރަށް ބަރުގޮނު އެޅުމުގެ އިތުރުން ސައިލެންސަރުގެ އަޑު ބާރުވާ ގޮތަށް ހަދައިގެން ދުއްވުން ހިމެނޭ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

މިއަދުގެ ހުތުބާގައި އިތުރަށް ވިދާޅުވެފައި ވަނީ މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންގެ ހައްގުތައް ރައްކާތެރި ކުރެވޭނީ މީހުންގެ އަމަލުތައް ބައްހައްޓާ ގޮތުން ކަމަށެވެ. އެގޮތުން މަގުމަތީގެ ހައްގުތަކާއި އަދަބުތަކަށް ފުރިހަމަ އަށް އިހްތިރާމްކޮށްފި ނަމަ މީހުންގެ ތެރޭގައި އެއްބައިވަންތަ ކަމާއި އެކުވެރިކަން އާލާވާ ކަމަށް ހުތުބާގައި ވެއެވެ.

އަދި މަގުމަތީގައި ތިބޭ ތިބުމުގައި ވެސް އެއްވެސް މީހަކަށް އެކަމުގެ ސަބަބުން އުނދަގުލެއް ކުރިމަތިވާނަމަ އެކަމެއް ކޮށްގެން ނުވާނެ ކަަމަށް ހުތުބާގައި ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ލިއުޝާ

    އަޅާ ހެނދުމުން ކިހިނެއް ބެލުންތައް ތިރިކުރަނީ......!

    3
    35
    • މިނޫން ދުވަހެއްވޭ

      މާދަން ސުވާލު ކުރެވުނީމަވެސް ތިހެންބާ ޖަވާބު ދޭނީ. އައުރަ ނިވާ ނުކުރާ މީހާ އަށް ފާފަވާހެން ބެލުން ތިރިނުކުރީމަ ވެސް ފާފަވޭ.

      15
  2. މަށޭ

    ފިރިހެނުން މަގުމަތީ އުޅޭއިރު ބެލުންތަށް ތިރިކުރަން އެބަޖެހޭ! މާލޭގަ ވަރަށް ގިނައިން ދިމާވާކަމެއް އެއ އީ

  3. Anonymous

    އިސްލާމް ދީނުގައި އޮންނަނީ އަންހެނާގެ މުޅި ހަށިގަނޑަކީ މޫނު ހިމެނޭގޮތަށް އަޢުރައެއްކަމަށް. އައުރަ ނިވާކުރުން މިހާރު އޮންނަނީ އެބައެއްގެ ސަގާފަތައް ނުވަތަ ފެޝަނައް.

    • މޮޔައެނޮނިމަސް

      ސަ އުދީ ހާބީ ގޮތް މިތާ ނުފަތުރާ

      2
      12
      • Anonymous

        ތިއީ މުސްލިމުންގެ ނަމުގަ ތިބި މޮޔައިން ކިޔާއެއްޗެއް. މުޙައްމަދު އިބްނު އަބްދުލް ވައްހާބު ބުނި އެއްޗެއްގެ ވާހަކައެއްނޫން މި ދައްކަނީ. މި ދައްކަނީ ޤުރުއާނާއި ހަދީޘުން ބަޔާންވެގެންވާ ކަމެއްގެ ވާހަކަ.

  4. ރޮނޑާ

    ޝޭހު މ ރަޝީދު ބެލުންތައް ތިރި ކޮއްގެން ހިގާ އުޅުމުމައް އެންގިދުވަހުން ފެށިގެން އަހަރެން މިއުޅެނީ އެގޮތައް. މަގުމަތިން ބަރަހަނާކޮއް މީހަކު ދިޔަޔަސް މަށަކައް ނުފެންނާނެ. .އޮޅިގެން ފެނުނަސް އަހަރެން ވަގުތުން ޑިލީޓްކޮއްލަން. އެހެން ނޫނަސް ލޯ ބޮޑު ކުރަން ވާ ވަގުތު ބޮޑު ކޮއްގެން ލޯމަރަންވާ ވަގުތު ލޯމަރައިގެން އުޅެވި ދާނެނުން.

  5. ސީސީޓީވީ

    އަންހެނުންނަށް ބަލަނީ ފިރިހެން އެކަންޏެއް ނޫން، ފިރިހެނުންނަށް މަތިން ތިރިއަށް ލޯ އަޅަައިގެން ބަލާ އަންހެނުން ވަކި މަދެއް ނޫން،