ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުކޮށް އިއްވައިފައިވާ ފަސް އަހަރު ދުވަހުގެޖަލު ހުކުމާއި ދެކޮޅަށް މިރޭވެސް އިދިކޮލު ޕީއެންސީ އަދި ޕީޕީއެމް ހިމެނޭ ކޯލިޝަނުން އެއްވުމެއް ބާއްވަން ހަަމަޖައްސައިފިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު މުހައްމަދު ޝިޔާމް ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "އަނިޔާވެރި ހުކުމާއި ދެކޮޅަށް"ގެ ނަމުގައި ބާއްވާ ރެލީއެއް މިރޭ 20:30 ގައި އޮންނާނެ ކަަމަށާއި އެ ރެލީގައި ޕީޕީއެމް ޕީއެންސީއަށް ތާއިދުކުރާ އެންމެން ދިއުމަކީ އެދުމެއް ކަމަށެވެ. އަދި އެ ރެލީ ބޭއްވުމަށް ހަމަޖެހިފައި ވަނީ ކާނިވާ ސަރަހައްދުގައި ކަމަށްވެސް އޭނާގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ޔާމީން މިހާރު ހުންނެވީ މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޔޫ) ގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ވަނީ ވިދާޅުވެފައެވެ.

މާފުށީ ޖަލުގެ އެސްޕީޔޫ އަށް ޔާމީން ބަދަލު ކޮށްފައި މިވަނީ ދެ ދުވަހުގެ މުއްދަތަކަށް އެމަނިކުފާނު މާލޭ ޖަލުގެ ކުޑަގޮޅިއެއްގައި ބެހެއްޓުމަށް ފަހުއެވެ. ޔާމީން ކުޑަގޮޅިއެއްގައި ބަންދުކޮށްފައި ބެހެއްޓުމުން އެމަނިކުފާނުގެ ވަކީލުން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް އެޗްއާރްސީއެމް އަށް ވެސް މައްސަލަ ހުށަހަޅާފައެވެ.

ޔާމީންގެ މައްޗަށް އިއްވި ހުކުމާއި ގުޅިގެން އިދިކޮޅުން ދަނީ އެކަމާއި ނުރުހުން ފާޅުކޮށް ޕީޕީއެމް އޮފީސް ކުރިމަތީގަޔާއި، ކާނިވާ ސަރަހައްދުގައި މުޒާހަރާ ކުރަމުންނެވެ. އަދި އެ އެއްވުންތައް ރޫޅައިލުމަށް ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައި ބައެއް ފަރާތްތަކަށް އަނިޔާވެސް ލިބިފައިވެއެވެ. މީގެ އިތުރުން ފުލުހުންގެ ބަހަށް ކިޔަމަންތެރި ނުވާކަމަށް ބުނެ ބައެއް ފަރާތްތައް ވަނީ ހައްޔަރުވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކުމާރު

    އިންދިކޮޅުން ރޭޒަރެއް ކޮންމެ މީހަކު ހޮދަން މަށައް ފެންނަނީ

    3
    14
  2. މީރާ ބޯއީސް

    ނިއުޝާ ކޮންމެ ދުވަހަކުވެސް އެއްވާ މީހުންގެ ޢަދަދު ލިއުއްވުން އެދެން

    4
    9