ދ. މާއެނބޫދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ޑޮކްޓަރު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
"ވަގުތު"އަށް އެނގިފައިވާގޮތުން އޭނާ ނިޔާވެފައި ވަނީ މިއަދު ހުކުރު ވަގުތުގައެވެ.
މާއެނބޫދޫ ކައުންސިލްގެ ރައީސް އިބްރާހިމް ސިރާޖް "ވަގުތު" އަށް ވިދާޅުވީ، އެރަށުގެ ޑޮކްޓަރު ނިޔާވެފައި ވަނީ މިއަދު މެންދުރު 12:45 ހާއިރު ކަމަށާއި، އޭނާ ނިޔާވީ ފިޓު ޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ. އަދި ނިޔާވި އިރު ޑޮކްޓަރު އޮތީ މާއެނބޫދޫ ޞިއްޙީ މަރުކަޒުގައި ކަމަށްވެސް އޭނާ މައުލޫމާތު ދެއްވިއެވެ.
އަދި މަސައްކަތް ކުރަމުން ދަނީ ޑޮކްޓަރުގެ ހަށިގަނޑު ވީހާވެސް އަވަހަކަށް އޭނާ ނިސްބަތްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އަށް ފޮނުވުމަށް ކަަމަށާއި، ގައުމަށް ފޮނުވިއްޖެ ނަމަ އެރަށުގައި ކަށު ނަމާދު ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުވެސް ހުކުރުން ފައިބައިގެން ގެއަށް ދިޔަ މަގުމަތީގައި ސިއްހީ މަރުކަޒުގެ އެމްބިއުލެންސް ދުއްވާ މީހާ އަތިރިއާ ދިމާއަށް ދަނިކޮށް ސުވާލު ކުރުމުން ބުނީ ޑޮކްޓަރު ނިޔާވެއްޖެއޭ. އަޅުގަނޑަށް މިހާތަނަށް މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ ނިޔާވެފައި ވަނީ ފިޓު ޖެހިގެން" ސިރާޖް ވިދާޅުވިއެވެ.
މާއެނބޫދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ މިއަދު ނިޔާވީ ޝަފީއުލް މުޒްތަބިން ނަމަކަށް ކިޔާ ބަންގަލަދޭޝްގެ ޑޮކްޓަރެއް ކަމަށެވެ.
އެރަށުން ވާހަކަދެއްކި މީހަކު "ވަގުތު"އަށް ބުނީ، އެ ޑޮކްޓަރަށް ގޮތެއް ވެގެން އުޅޭކަމަށް ބުނެ އޭނާގެ އަންހެނުން މަގުމައްޗަށް ނުކުމެ ހަޅޭލެވި ކަމަށާއި، އެ މީހުން ގޮސް ބެލިއިރުވެސް ޑޮކްޓަރުގެ އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ.
މިއަދު ނިޔާވި މާއެނބޫދޫ ސިއްހީ މަރުކަޒުގެ ޑޮކްޓަރަކީ މުސްލިމެކެވެ.
ކޮން ދިނެއްގެ މީހެއްކަން ބުނެލި ނަމަވެސް ރަނގަޅުވީސް. އޭނައަށް ދުޢާ ކުރެވޭނީ ވެސް އޭރުން.
މުސްލިމެކޭ ލިޔެފަ އެއްނު އެއޮތީ
ދެން ކޮން ޤަ އުމެ އްގެ މީހެ އްތަ... ޚަބަރުން ވަރަށް މައުލޫމާތު ނުލިބޭ ގޮތައްދޯ ޚަބަރު ތި ލިޔަނީ.
ލޮލަށް ގޮވީމައި ގޮވާމީހާދޯ ނުބައީ.!
މިކަމުން ދޭހަވަނީ ކޮމެންޓް ކުރަނީ ހަމަ އެކަނި ހެޑިންގކިޔާފަކަން
އެއޮތީނު މުސްިލމެކޭ...!!!!!
އަާޓީކަލް ނުކިޔާކަންފާަހަގަ ކުރެވޭ.އާޓިކަލްގަ އެބައޮތް އެއީ މުސްލިމް ޑޮކްޓަރެކޭ
ލޯ ހުޅުވާލައިގެން އާޓިކަލް އަދި އެއްފަހަރު ކިޔާލުމަށް އެދެން. އޭރުން އިގިދާނެ ކޮން ދީނެއްގެ މީހެއްކަން.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
މާތް ﷲ އެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށް ދެއްވާށި. އާމީން...
إنالله وإناإليه راجعون
اللهم اغفرله ورحمه وعافه وعف عنه اللهم أدخله الفردوس اﻷعلى بغير حساب آمين يارب العالمين
ޢާއިލާ އަށް ކެތްތެރިކަން ދެއްވައި މައްޔިތާއަށް ޖަންނަތުލް ފިރްދައުސް މިންވަރު ކުރައްވާށި! އާމީން!
ތަމެންގެ ވެރިކަމުގައި ހާދަހާ ގިނައޭ ވާނުވާ ނޭގޭ މަރު ތައް ދަ ބޯރަތޭ މެންންށް ލިޔަން އިނގޭ ޕޮލިސީސް ތައް ހުންނަ ކަން މަމެން ނުދަންނަމޭ ތަމެން ދެން މަހަށްދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...
އެލެކްސް” ރަނގަޅަށް އާޓިކަލް ނުކިޔާކަން ފާހަގަ ކުރެވޭ ! ޢެހެން ވީމާ ކިޔުމުގެ ދޭހައިން ފާސް ވާނެ ހެން ހިޔެއް ނުވޭ !! އެއޮތީ ނުން އެންމެ ފަހު ލައިންގަ “ މުސްލިމް” އެކޭ ލިޔެފަ !!
އޭރު އޮތީ ތަފްސީލު އައްނަނީއޭ ކިޔާފަ. އެނގޭނަމަ ނުބުނާނެ އެއްނު. ސޭޑް
އެއީ މުސްލިމެއް.
إنالله وإناإليه راجعون
اللهم اغفرله ورحمه وعافه وعف عنه اللهم أدخله الفردوس اﻷعلى بغير حساب آمين يارب العالمين