އަންހެން ކަނބަލުންނަށް ކައުންސިލްތަކުން 33 އިންސައްތަ ގޮނޑި ހާއްސަކުރުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް، ޖެންޑަރ މިނިސްޓަރ، ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިދާތާ މިހެން ވިދާޅުވެފައިވަނީ އޭނާ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ. ޝިދާތާ ވިދާޅުވީ ކައުންސިލް އިންތިހާބުގައި 33 އިންސައްތަ ގޮނޑި އަންހެން ކަނބަލުންނަށް ހާއްސަކުރުމަކީ ސަރުކާރާއި މުޖުތަމައަށް ލިބުނު ކާމިޔާބެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އަންހެނުންގެ މެދުގައި ހަމަހަމަކަން ޤާއިމު ކުރެވި އަންހެނުން އިތުރަށް ބާރުވެރި ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ޝިދާތާގެ ޓްވީޓުގައި ވިދާޅުވެފައިވަނީ މިއީ ރަނގަޅު ފެށުމެއް ކަމަށާއި އަދިވެސް ކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށެވެ. މިނިސްޓަރ ޝިދާތާގެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ މިއީ އަދި ފެށުމެއް ކަމަށާއި، ކުރިޔަަށް އަދި އޮތީ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކާއިއެކު އިދާރީ ކޮންމެ ދާއިރާއެއްގެ ކައުންސިލުގައި 33 އިންސައްތަ ގޮނޑި އަންހެނުންނަށް ހާއްސަ ވާނެއެވެ.

މިއީ ރާއްޖޭގެ ތާރީހުގައިވެސް މިގޮތަށް އަންހެނުންނަށް ހާއްސަކޮށް ގޮނޑިތަކެއް ކަނޑައެޅުނު ފުރަތަަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަމީ

    ތިގޮތަށް ބަހަމުންދާ އެއ އއް ޗެ އް ލިބުމުން އެއ އީ ކާމިޔާބެއ އްނޫން ކާމިޔާބަކީ . މާދަން ކުޑަކުދިންނށްވެސް އިންސަ އްތަ އެއއ އް ދީފާނެ ފެންވަރުނެތަސް . ތިކަަމުންވެސް އިނގެނީ ފެމިނިސްޓުންގެ ބަލިކަށިކަން

  2. ޢަފްލާ

    ޝިދާތާ ކާމިޔާބެއްކަމައް ތިބުނަނީ މަރުވުމުންވެސް މިމަރުވަނީ

  3. ހުސޭނުބޭ

    އެހެންވިއްޔާ 33 އިންސައްތަ ގޮނޑި އެ ދައިތަގެ ގެއްލޭ ރަޖާގަނޑު ދަށަށް ލާ!

  4. އަނގައައްޕަޗިވަޒީރު

    33 ޕަސެބްޓް ޚާއްސަ ކުރުމުން ތިކިޔާ "ހަމަހަމަ" ކަން ކޮބާ؟ އަންހެން ފިރިހެން ނުކިޔާ އެއް އުސޫލަކުން ކުރިމަތި ލައިގެން ވާދަ ކުރެވެންވީނު. ދިވެހި ކޮންމެ އާދަމުގެ ދަރިއަކަށް. ޚާއްސަ ކޮށްގެން އޮބި އަޅައިގެން ގަދަކަމުން ގޮނޑި ދޭން އުޅުމަކީ ތަފާތުކުރުން ނޫން އެހެން ކޮންކަނެއް.

  5. ައެލެކްސް

    ހަގީގީ ކާމިޔާބީއަކީ ގިޔާމަތްދުވަހު ކަނާތައް ފަތް ލިބުން. ތިޔަހެން ލާދީނީ އެޖެންޑާ ތަންފީޒު ކޮއްގެން އެދުވަހު ކާމިޔާބީއެއް ނުލިބޭނެ.