ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމާއި، ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމުގައި އެހީތެރިކަން ދެއްވާނެކަމަށް ކަމުގެ ޔަގީންކަން ތުރުކީގެ މިނިސްޓަރ އޮފް އިންޓީރިއާ ސުލޭމާން ޞޮއިލޫއާ ދެއްވައިފިއެވެ.

އޭނާ މި ޔަގީންކަން ދެއްވާފައި ވަނީ، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. ދެބޭފުޅުންގެ ބައްދަލުކުރެއްވުން އޮތީ މިނިސްޓަރ މިހާރު ތުރުކީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތުރުކީގެ ދާހިލީ ވުޒާރާގައެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ، ފުލުހުންގެ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމާއެކު އިތުބާރު ހޯދާ ދެމެހެއްޓުމަކީ ސަރުކާރުން އެންމެ އިސްކަންދެއްވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށެވެ.

އަދި ހާއްސަކޮށް ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ބޮޑު އިސްކަމެއް ދެމުން އަންނަ ކަަމަށް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ. އެގޮތުން ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމާއި، އިންސާނީ ކަރާމާތް ނުގެއްލޭފަދަ ގޮތަކަށް ޖަލުތަކުގެ ހާލަތު ބައްޓަންކޮށް، ޖަލަކީ އަދަބުދޭ ތަނެއްގެ ބަދަލުގައި އިސްލާހު ކުރުމަކީ އަނބުރާ މުޖުތަމައުއަށް ނެރޭ ތަނަކަށް ހެދުމަކީ ސަރުކާރުގެ މުޙިއްމު ސިޔާސަތެއް ކަމެއް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

އެމަސައްކަތުގެ ދަށުން ބޭރުގެ ޤައުމުތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަން ހޯދަން މިނިސްޓަރ އިމްރާން ޢަބްދުﷲ ގެންދަވަނީ މަސައްކަތްކުރައްވަމުންް އަންނަ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރަމުން ދެއެވެ. އެގޮތުން މާލެ ޖަލުގެ އެނެކްސް އެކެއް ވަނީ އަލުން މަރާމާތުކޮށް، ރަނގަޅު ފެންވަރަކަށް ގެނެސްފައެވެ. އަދި ދޫނިދޫ ޖަލުގެ ބައެއްވެސް އަލުން ހެދުމަށް މިހާރު ވަނީ ތަޅާލާފައެވެ. ޖަލު އޮފިސަރުން ތަމްރީނުކުރުމަށްވެސް ގިނަ ޕްރޮގްރާމްތަކެއް މިދައުރުގެ މިހާތަނަށްވެސް ވަނީ ކުރިއަށް ގެންދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ިޮފަލިނަރަ

  ބެސްޓު

  4
  1
 2. ޢަލިބެ

  އެހެން ހުރިހާކަމެއް ހުއްޓާފަވެސް ޖަލުތައް އެއަރކޯންކޮށް އެތަނަށް ލާމީހުންނަށް ކުކުޅުކާންދޭން ޖެހޭނެ. ތުރުކީ ކުކުޅުގެނޭ.

 3. އެއްލާލާތި

  ތިލަފުށި ތަރައްގީ އަށް ޓަކައި ތިލަފުށި ކޯރޕަރޭޝަންގެ އެމްޑީ މަސައްކަތް ކޮށްފައިވާ ކަން އެއީ ފެންނާން ހުރި ހަގީގަތަކީ ގަވާއިދާއި ޚިލާފަށް ތިލަފުށި ފަޅު ތެރެއަށް ވައްދާފައިވާ ބޯޓް ކަފާ ނަގާ ބާ ދަގަނޑަށް ވިއްކާލެވޭނެއޭ ތިލަފުއްޓަށް ފިނޭންސް މިނިސްޓްރީން އެކަމުން ރެކެން ވެގެން ރޯ ބުހުތާނު ދޮގު ހެދި އސް ކަމަކު ނުދާނެއޭ މިރާއްޖޭގެ މިހާރުގެ ފިނޭންސް މިނިސްޓަރަކީ އެއީ ފެއިލް ވެފައިވާ މިނިސްޓަރެކޭ އެއީ ޔަގީންވެ ކަށަވަރު ކަމެކޭ ތަޖްރިބާ އެއް އެއްގޮތަކަށް ވެސް ނެތޭ އޭނާ ކަނޑާ ނަގާ އެއްލާލަންވީއޭ ކޮން ބަލާ އެއް ނޫންތޭ...

  1
  1
 4. ކުރުކުރު

  ޝާހިދު ނުގެންދިޔައިމަ ރުޅިއައިއްސަކަންނެ ހުންނާނީ.

 5. އަހްމަދު

  ހޯމް މިނިސްޓރު އިމްރާނު ތުރުކީއަށް ގޮސްގެން މިއުޅެނީ ތުރުކީގެ އިލްމާނީ ހަޟޯރަތު ދަސްކުރަން. އަތާތުރުކު އެގައުމުން އިސްލާމްދީން ފޮހެލިގޮތް ދިރާސާކޮށް އޭގެމައުލޫމާތު ހޯދަން.