ދިވެހި ރާއްޖެއަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިންޑިޔާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، މަސްތުވާތަކެތީން ދުރުހެލިވުމަށް ފަރުވާދޭ ބްލޮސަމްސް ކޮންވެލެސެންޓް ސެންޓަރަށް މިއަދު ހެނދުނު ކުރެއްވި ޒިޔާރަތުގައި އެސެންޓަރުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ސެންޓަރަށް ކުރެއްވި ޒިޔާރަތުގައި ފައިސަލް ވިދާޅުވީ، ރާއްޖެއަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންގެންދާ ކަމަށެވެ.

އަދި މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ރާއްޖޭގެ ޖަމިއްޔާތަކާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށާއި، އަދި މި މަސައްކަތުގައި މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކުގެ ޢާއިލާތަކާއި މުޖްތަމަޢުގެ އެއްބާރުލުން ލިބުމުން މުހިންމު ކަމަށް ފައިސަލް ވިދާޅުވިއެވެ.

‎މަސްތުވާތަކެތީގެ ނުރައްކަލުން ދިވެހި މުޖްތަމަޢު ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފަރުވާދެވޭ ފަރާތްތައް އަނބުރާ މުޖުތަމަޢުގެ ތެރެއަށް ނެރުމުގެ މަރުޙަލާތައް އަވަސްކުރުމުގެ މުހިއްމުކަމަށްވެސް ނައިބްރައީސް ފައިސަލް ވިދާޅުވިއެވެ.

‎ބްލޮސަމްސް ކޮންވެލެސެންޓް ސެންޓަރުގައި ގިނަ އަދަދެއްގެ ދިވެހިންނަށް ފަރުވާދެމުންދެއެވެ. ނައިބް ރައީސް ވަނީ ދިވެހިންގެ ތެރެއިން މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް އެ ސެންޓަރުން ވެދެމުންދާ އެހީތެރިކަން އެގޮތުގައި ކުރިޔަށް ގެންދެވުމަށް ހިތްވަރުދެއްވާފައެވެ.

‎ބްލޮސަމްސް ކޮންވެލެސެންޓް ސެންޓަރަކީ 12 މަރުޙަލާއަކަށް ބަހާލައިގެން މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް ފުޅާދާއިރާއެއްގައި ފަރުވާދޭ މަރުކަޒެކެވެ. އެގޮތުން މި މަރުކަޒުގެ ފަރުވާގެ ތެރެއިން ކަސްރަތާއި ސާފުތާހިރުކަމަށް އިސްކަންދިނުމާއި ޚާއްސަ ސަމާލުކަމެއެ ދެވެއެވެ. މި ސެންޓަރުގައި މިހާރުވެސް ގިނަ އަދަދެއްގެ ދިވެހިން މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަސީ

    ރިޔާސަތުން ހުުޓަ އިގެން ތިޔަކަންހުއްޓޭނީ

    10
  2. Anonymous

    އެކަމކު އެއްކަމެއްވެސް ނުވަނީ ދޯ؟

    10
  3. ޕޮގުބާ

    އެހެންވެ ކުރިއަށްވުރެ ނުބައީ

  4. ކނބ

    ވގ ސަރުކާރު ލާރިހޯދަން ކުރާކަމެއް ކިހިނެއްތަ ހުއްޓާނީ ކޮންމެހެން ސަރުކާރު ދިފާއު ކުރަން އުޅޭނެކަމެއްނެތް ވަގު ވޯޓު ނައިބު

    13
  5. ބްލޮސޮމްސް

    ތިތަނަކީ އަތްފޯރަފަށުން ބޭރުގަ ފަރުވާގެ ހަރަދު ހިނގާތަނެއް. 750 ޑޮލަރު މަހަކު ދައްކަން ކިޔާފަ މަހަކު ހެސްކިޔާފަ ދަމާލާ މިވެނި ކަމެކޭކިޔަފަ.... އަންނަތާ ދެމަސް ނުވޭ ބޭނުންކުރޭ ތިތާފަރުވާގަ ކުއްޖާއުޅެނީ އަބަދު.ސެންޓަރުން ބޭރުގަ

  6. ބުނަން.....

    " ބޯންވާނެ، ބޯން އެބަޖެހޭ، ނުބޮއެއް އެކުދިން ސަލާމަތެއްނުވޭ" މީ ކަލޭމެނެންގެ ބަސްމަގު ހުރިގޮތަކީ! ދެން ތިޔަ ވިދާޅުވާން އުޅުއްވަނީ ސޯޓުގަނޑަށް ފަހަރުވާ ލެވޭ ވާކަތޯ؟