އިއްޔެއެކޭ އެއްފަދައިން މެމްބަރުން މިއަދުވެސް މަޖިލީހަށް ވަންނަން މަސައްކަތް ކުރީ މަޖިލިސް އަލުން ހުޅުވާނެ ދުވަހެއް ސާފުކުރުމަށް ކަމަށް ބުނެއެވެ. އެގޮތުން މަޖިލީހުގެ ސަލާމަތީ ބާރުތަކަށް ނުކިޔަމަންތެރިކަން ދައްކައި ބައެއް މެމްބަރުން ވަނީ ފާރުމަތިން މަޖިލީހުގެ ގޯތި ތެރެއަށް ފުންމާލާފައެވެ.

ނަމަވެސް މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޙަރަކާތްތެރިވި ސިފައިން ވަނީ އެ މެމްބަރުން ހުއްޓުވާފައެވެ. މަޖިލީހުގެ އިދާރާގެ ފާރުމަތިން އެތެރެއަށް އެންމެ ފުރަތަމަ ފުންމާލީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފެވެ. މަހުލޫފްގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ހިތަދޫ ދެކުނު ދާއިރާ އެމްޑީޕީގެ މެމްބަރު އަލީ ނިޒާރު އަދި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ވެސް ވަނީ ފާރުމަތިން މަޖިލީހުގެ ގޯތިތެރެއަށް ފުންމާލާފައެވެ.

އެ މެމްބަރުން ފާރުމަތިން ފުންމާލައި މަޖިލީހުގެ އިދާރާތެރެއަށް ވަނުމުން ސިފައިން ވަނީ ސުލްޙަވެރިކަމާއި އެކު މަޖިލީހުން ނިކުމެވަޑައިގަތުމަށް އެ މެމްބަރުނަށް އަންގާފައެވެ. ނަމަވެސް ސިފައިންގެ އެނގުމަށް ނުކިޔަމަންތެރިވެ "ބޮޑާހޭކުމުން" ސިފައިން ވަނީ މެމްބަރުން ވަތްގޮތަށް، ގޭޓުމަތިން ބޭރަށް ނެރެފައެވެ. އެއާއި އެކު ބޭރުގައި ތިބި ބައެއް އިދިކޮޅު ފަރާތްތަކުން، މެމްބަރުން ބޭރުވިޔަ ނުދޭންވެސް މަސައްކަތް ކޮށްފައިވެއެވެ.

މިކަމާއި ގުޅިގެން މީޑީއާތަކާއި ވާހަކަ ދައްކަމުން މެމްބަރު އަމީތު ވިދާޅުވީ، އެބޭފުޅުންގެ އެ ޢަމަލުތަކަކީ "އެންމެ މަތިން އޯޑަރު އައިސްގެން ކުރާ ކަންކަން" ކަމަށާއި، އެކަމަށް ހުރަސް އެޅުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މަޖިލީހުގެ ޤަވައިދުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ދައުރުގެ ޖަލްސާތައް ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގައި ފަށަން ޖެހެއެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ޖަލްސާ މިދިޔަ ހޯމަ ދުވަހު ބާއްވަން ތާވަލުކޮށްފައިވަނިކޮށް ސަލާމަތީ ސަބަބުތަކަށްޓަކައި މަޖިލީހުގެ އިދާރާ އިން ވަނީ އެ ޖަލްސާ ކެންސަލްކޮށްފައެވެ.

މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފައި ވަނީ، ރިޝްވަތުގެ ނުބައި ރޭވުމެއްގެ ތެރެއިން ވެރިކަން ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން ކުރި ނާކާމިޔާބު މަސައްކަތަށްފަހު، އެކަން ހާސިލް ނުވުމުން މަގުމައްޗަށް ނިކުމެ ފުލުހުންނާއި ކުރިމަތިލައި ހަމަނުޖެހުން ހިންގަމުންދިޔަ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލަން ޖެހެއެވެ. އެއަށްފަހު އެ ފުރުސަތުވެސް ނުލިބުމުން އެފަރާތްތަކުން ދަނީ ޤައުމަށް އެކި ގޮތްގޮތުން ގެއްލުންދޭނެ ކަމަށް ބުނެ އިންޒާރު ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ނިދާލާ

    މަޖިލީހަށް ވަންނަން އުޅުނީ މެމްބަރުންތޯ ކަށަވަރުކުރަންޖެހޭ ބައެއް ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު ވިދާޅުވެެއްޖެނަމަ އެ ސުވާލު އުފައްދަން ޖެހޭނެއެވެ. ބޮޑު ދެ ހުކުމޭ މެން ގައުމަށް ގައްދާރު ވެގެން ނެރުނު ދަ ނަހަލާލު ކޯޓް އަމުރު ވާނީ ހަމަ ބާތިލް އެއްޗަކަށޭ މަމެން ބުނަން ނެތީމު ދޯ. ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ދެފަޔަށް ހިނިއަރައިގަނެގެން ތިޔާ ބުމަރެއް އެނބުރޭ ގޮތަށް ނޭބުރި ތަމެން ތިބެ ބަލަ ގޭގައި ނިދަން. އެނޫން ނަމަ ބާއު ކަލޯ އަތުވެދާނެއޭ އިނގޭތޭ އަވަހަށް ރަޖާ ލައިގެން ނިދާލާ އިނގޭތޭ. ބާއުބާއު ބާއުބާއު ކޮބާ އެއަންނަނީ ބާއުކަލޯ ތަމެން އަަވަހަށް މުޅި ގައި ގައި ރަޖާ ލައިގެން އޭސީ ފުލް ކޮށްގެން އޮވެ ނިދާލާ އިނގޭތޭ މަމެން ބާއު ކަލޯ އާއި ވާހަކަ ދައްކާ މިކަން ކަން ސްމޫތް ކޮށް ހައްލު ކޮށްލާނަން އިނގޭތޭ. ނިދާލާ ނިދާލާ ނިދާލާ އަވަހަށް އިނގޭ..

  2. ޑޭންޖުރެސް

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް. ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް.. ހޭއް ހޭއް ހޭއް ހޯއް ހޯއް ހޯއް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް..

  3. އަހުމަދު

    އިންސާފަކީ ހަމައެގޮތަން ފާރުމަތިންބޭރަންލާންވީ

  4. Anonymous

    ލޮލް

  5. ބޮލިހިލާ

    ސިޔާސީ ހަމަނުޖެހުމާ ހެދި އިންވެސްޓްމަންޓް ލިބުން މަދުވެދާނެ ކަމަށް މޫޑީސް އިން ބުނުމުން ދެން ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ދަ ބަތާހަރާމީ އުސޫލުން ރާއްޖޭގެ އިގްތިސާދު ފުނޑާލަން ރަނޑު ޓްވީޓް ނުކޮށް ތަމެން ތިބެބަލަ ބަދިގޭގައި ހަނޑޫހޮވާލަ ހޮވާލާ ތަމެންނަށް ވެއްޓޭނެ ވެރިކަން ހުރޭތޭ ނުދަންނަން މަމެން އެކަމެއް. މަހަށް ދާން ޖެހޭނީ ދޯ. އެމެރިކާ އިންޑިއާ އަށް ކޮފީ ލާރޖް ކޮށް ބޯން ދެމުން ދާ ބަޔެއް މަމެން މީ ދެން ތަމެން ތިޔާއީ ދެން ވަރަށް ލިޓިލް ލިޓިލް މީހުންނޫންތޭ ރަންރީނދުލޭ މެންނަކީ ޓިނުން ހަދާފައި ހުންނަ ހަރުގެ ގަނޑެއްގެ ތެރޭގައި ތިބެގެން ދޯ ތަމެން ފެލެނީ ވެސް. އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއެވެ. ތިއަށް ވުރެން މާ ރަނގަޅު ވާނެ އެއް ނޫންތޭ ތަމެން މިއޮތް ނެސްޕްރޭ ހުސް ކުރި ދަޅު ހިފައިގެން ކުރު ސޯޓް ބުރި ލައިގެން ހުޅުދޫ ދިގު ފަރަށް ބޮލި ހިލަން ދިޔައިއްޔާ މާތާހިރު ވާނެ އެއް ނޫންތޭ މަމެން ބުނަން ނެތީމު ދޯ. ދަގަ ބޮލި ހިލަން. ބޮލިހިލާ ދޯ. ހާއްހަހަހާހާޙާހާ ހޮހޮހޮހޮހޮ...

  6. އެވްރީ

    މަޖިލީހުގެ އިދާރާއަށް ވަން މެމްބަރުން އުފުލާލައިގެން ނެރެފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ. މިހާރު ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް އިނގޭނެ އެއް ނޫންތޭ ތަމެން އަދި ބަތާހަރާމީ ސްޓޭންޑަރޑް ކުރިއަށް ނެރެގެން ދަ ހަރާމްކޯރު އުސޫލުން ކަން ކަން މިރާއްޖޭގައި ގާއިމް ކުރަން އުޅުނަސް މަމެންގެ ފެހި ކުދިން އެ ގޮތަށް ތަމެންނަށް ޗާންސް ނުދޭނެ ކަން. ހުންނާނެ މިހާރު ރަނގަޅަށް ރާކަނި މަސް ކެވިފައި ދޯ. އެވްރީ ރޫލް ޔޫ ބްރޭކް އެވްރީ ރޫލް ޔޫ ބްރޭކް އެވްރީ ބޮންޑް ޔޫ ބްރޭކް އެވްރީ ސްޓެޕް ޔޫ މޭކް އެވްރީ ވޯރޑް ޔޫ ސޭ އެވްރީ ގޭމް ޔޫ ޕްލޭ އައި ވިލް ބީ ވޮޗިންގް ޔޫ. އޯ ކާންޓް ޔޫ ސީ ޔޫ އާރ ގޮނާ ފެއިލް. އައި ކީޕް ލުކިންގް އެޓް އިޓް ބޭބީ ޕްލީޒް ވޯކް އަވޭ ޕްލޭ ދަ ބޭސް ގިޓަރ އޮންދަ ސްޓޭޖް އެން ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް އޯ ކާންޓް ޔޫ ސީ ޔޫއާރ ގޮނާ ފެއިލް...

  7. ށުމޮން

    މަހުލޫފު މެން ބޮޑު ވީ ތިފާޑަށް ތެޅިބާލަމުން. މިނޫނީ ނޫޅޭނެ އަމިއްލަ އަށް އިއްޒަތް ހޯދައިގެން އުޅޭ ބައިގަޑެއް...

  8. އެވްރީ

    ސިޔާސީ ހަމަނުޖެހުމާ ހެދި އިންވެސްޓްމަންޓް ލިބުން މަދުވެދާނެ ކަމަށް މޫޑީސް އިން ބުނި ނަމަވެސް މިފަހަރު މަމެން ކުޑަ ވެސް ދުލެއް ނުދޭނަމޭ މަމެން ލާރޖް ކޮށް ޖައްސާ ރަންރީނދުލޭ މެން މިރާއްޖޭގެ ސިޔާސީ މައިދާނުން ފައްސާލާނަމޭ އަދި މަމެން ނަކީ މީ ކުއްލި ނުރައްކަލުގެ ހާލަތުގެ ބޮޑެތި މީހުންނޭ މަމެން އަދި ވެސް އެހާލަތު ސްޓްރެޗް ކޮށްލާނަމޭ ޖުލައި މަހުގެ ނިޔަލަށް އެއިރުން ހުންނާނީ ރަންރީނދޫ ޓްވިޓަރޭ މެންނަށް ރަނގަޅަށް ވެރިކަން ވައްޓާލަން އުޅެން ހަދައިގެން ރާކަނި މަސްކެވިފައޭ މަމެން ބުނަން ނެތީމު ދޯ. އެވްރީ ސްޓެޕް ޔޫ މޭކް ވީ ވިލް ބީ ވޮޗިންގް ޔޫ ބޭބީ ބޭބީ ޕްލީޒް ގިވް އިޓް އަޕް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް އޯއް ކާންޓް ޔޫ ސީ ޔޫއާރ ގޮއިންގް ޑައުން ޑައުން ޑައުން ލައިކް އަ ވޯޓަރ ޑްރޮޕް..

  9. ގަހާ

    ކޮބާ ޓްވީޓް އަކާއި ގުޅިގެން ތަމެން ފުލުހަށް ހާޒިރުވާންވީއޭ ކުދިންނޭ ރަންރީނދޫ ޓްވިޓަރޭ މެންނޭ ތަމެންނަށް އިނގޭތޭ މިތާނގައިވާ އެއްޗެއް ނުވާ އެއްޗެއް އަދި ވާން އުޅޭ ގޮތެއް އެއީ ކޯއްޗެއް ކަން ދައްކަގަ ތަމެން އަތް ތިލަ ބަލާލަން ތަމެންގެ ފޯރޗިއުން ލައިން ދަތުރު ކުރާ ގޮތް ބަލާލަން. އަވަހަށް ބަލާދޭށޭ އެހެންތޭ ދައްކަގަ އާއް ތަމެންގެ ފޯރޗިއުން ލައިން ގައި މިވާ ގޮތަކީ ތަމެންގެ އެއް ކެންޑިޑޭޓް ޖެހެނީ އޮޅާލަންއޭ މަމެން ބުނަން ނެތީމު ދޯ. ކީއްވެ އަތް ތިލަ ދަމައިގަތީ. ތަމެން ހަމަ ޖެހޭނީ އެއް ކެންޑިޑޭޓް އޮޅާލަންއޭ އެއީ މަމެން ކިޔާ އެއްޗެއް ނޫނޭ އެއީ ތަމެންގެ ފޯރޗިއުން ލައިން ބުނާ އެއްޗެކޭ ބުނަން މަމެން ނެތީމު ދޯ.

  10. ކޮޅޭ

    މޮޔަވީކަންނޭގެ