ބިނާކުރުވަނިވި ފިކުރުގެ މައި ތަނބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ރައްޔިތުން މަޖިލީހުގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިހެން ވިދާޅުވީ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕީޕީއެމް އާއި ޕީއެންސީ އިން މިރޭ ކާނިވާ ސަރަހައްދުގައި ބާއްވަމުން ގެންދާ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބިނާކުރުވަނިވި ފިކުރުގެ ތަނބަކީ ޔާމީން ކަމަށް ޣައްސާން މިރޭ ވިދާޅުވިއިރު ބިނާ ކުރުވަނިވި ފިކުރަކީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ރާއްޖެ ތަރައްޤީ ކުރެއްވުމުގައި ގެންގުޅުއްވި ފިކުރު ކަމަށް ކުރިން ޕީޕީއެމް އިން ބުނަމުން އައިސްފައި ވެއެވެ.
ޔާމީނަކީ ބިނާ ކުރުވަނިވި ފިކުރުގެ މައި ތަނބުކަމަށް ޣައްސާން ވިދާޅުވިއިރު ޔާމީން ޖަލަށް ލުމުން ދެން ޕީޕީއެމްގެ ލީޑާޝިޕާއި ހަވާލުވެ ވަޑައިގަންނަވަނީ ޣައްސާން ކަމަށް ވަނީ އަޑުފެތުރިފައެވެ. ޔާމީންގެ ވެރިކަމާއި ދެކޮޅަށް މައުމޫން ނިކުމެވަޑައިގެންނެވި ހިސާބުން ޣައްސާން އަރައިވަޑައިގެންނެވީ ޔާމީންގެ ފަހަތްޕުޅަށެވެ. އަދި ފަހަކަށް އައިސް ޔާމީންގެ ދިފާޢުގައި އޭނާ ގެންދަވަނީ ގިނަ ވާހަކަފުޅުތަކެއް ދައްކަވަމުންނެވެ.
ޣައްސާން ވިދާޅުވީ މިރޭ ޔާމީންގެ ސަޕޯޓަރުން އެއްވެ މިތިބީ "އެއް މަޤުޞަދެއްގައި، އެއް ބޭނުމެެއްގައި، އެއް ކަމެއް ހާސިލްކުރަން." ކަމަށެވެ. ޕީޕީއެމްގެ ސަފުތައް އެނބުރޭނީ ޔާމީންގެ ފަހަތުން ކަމަށް ވެސް ޣައްސާން ވިދާޅުވިއެވެ.
"ރައީސް ޔާމީން ބިނާކުރުވަނިވި ފިކުރުގެ މައިތަނބު. ޕީޕީއެމްގެ ސަފުތައް އެނބުރޭނީ ރައީސް ޔާމީންގެ ވަށައިގެން. އަޅުގަނޑުމެންގެ ލީޑަރަކީ ރައީސް ޔާމީން. މުޅިދުނިޔެ ހެކިވާނެހެން ރައީސް ޔާމީން އަކީ އިސްލާމްދީން ހިމާޔަތް ކޮށްދެއްވި ރައީސް. ގައުމުގެ އިގްތިޞާދު ވެއްޓިފައި މިއޮތް ހިސާބުން އަލުން ނަންގަވާ ހިރަފުސް ފޮޅާލައްވާ އަލުން ކުރިއަށް ވަޑައިގަންނަވާނެ ރައީސަށް ވީތީ. ރާއްޖޭގެ މިނިވަންކަން އެމަނިކުފާނުގެ މޭފުޅުންވިޔަސް ހިމާޔަތް ކުރައްވާނެ ރައީސަށް ވީތީ" ޣައްސާނު ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވީ މިވަގުތަކީ ހިތްދަތި ވަގުތެއް ކަމަށެވެ. ނަމަވެސް މައްސަލަ ހުއްޓާލަނީ ޔާމީން މިނިވަންކޮށްފައި ކަމަށް ވެސް ޣައްސާން ވިދާޅުވިއެވެ.
"އެއްހާސް އަހަރުން ހިނިވެސް ހިނގާ މަގު ފަރުބަދާގައި ކަނޑާ އުސޫލުން އަޅުގަނޑުމެންވެސް މިތިބީ، އަޅުގަނޑުމެންގެ މަގުސަދު، ﷲގެ އިރާދަފުޅުން ހާސިލް ކުރަން. ބަޔަކު ދައްކާނެ ބިރަކަށް އާޅުގަނޑުމެން ފަހަތަށް ނުޖެހޭނެ. ޖަލަށް ލިޔަސް ހެޔޮ. 40 އަހަރު އޮވެފައިވެސް ނިކުމެ ކުރާނީ ރައީސް ޔާމީނުގެ ހައްގުގައި މި މަސައްކަތް،" ޣައްސާން ވިދާޅުވިއެވެ.
މަމެން ޕިންކީން ނަކީ އެއީ ގައުމުގެ ތަރައްގީ އަށް ރައީސް އިބޫގެ ސަރުކާރުން ކުރާ ކަންކަމަށް ހުރަސް އަޅާނެ ބަޔެއް ނޫން ކަމޭ އެގިގެން މިދަނީ އެކަމަކު ބަޖެޓް ލިބުމުން ތަމެން ކުރާ ކަމަކީ ރައީސް އޮފީހުގެ ބަޖެޓް ދަވާލައިގެން އެފައިސާ އިން ޖަނގިޔަލާއި ބްރާ އާއި ލިޕް ސްޓިކްސް އާއި އަދި މައުތު ވޮޝް އާއި ލޯޝަން ނޫންތޭ ގަންނަނީ ރަންރީނދޫ އެއްޗިއްސޭ އެއީ ބޮޑެތި ކޮރަޕްޓް ކާރޓެލްސް އިންނޭ ސްޕިންގް ހެޑް ބޭޑް ހެޑް އެވްރީ ބޮޑީ އޮފް ދެމް ހޭޒް ގޯން ބޭޑް އެން މޭޑް އެން ކްރޭޒީ އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް އާއް ހާއް އާއްހާއް އާއްހާއް...
ޔޫރަޕް އިން ދޭ އެވޯރޑް ތަކަކީ އެއީ އިސްލާމީ ގައުމު ތަކުގައި ހުންނަ އިސްލާމިކް އައިޑެންޓިޓީސް ތައް އުވާލާ އެމެންގެ ކަލްޗަރ އެއް ގާއިމް ކުރުމަށް ޓަކައި ސިޔާސީ ޕާރޓީ ތަކަށް ދޭ އެވޯރޑްސް ތަކޭ ތިޔާ ވައްތަރު އެވޯރޑް މަމެން ޕިންކީން ނަށް ލިބުނޭ ފީނި ފީންނަށް މަމެން ޕިންކީންގެ ވެރިކަމުގައި މަމެން ކުރި ކަމަކީ ސައްޕެއް ޖަހާ ބޭރު އަރުވާލީއޭ ހުރިހާ އެވޯރޑްސް ތައް ރީޒަން އަކީ ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް އިނގޭތޭ ތަމެން ދަބޯރަތޭ ދަ ލާދީނިއަނޭ ރައީސް އޮފީސް ބަޖެޓް ދަވާލައިގެން ޖަނގިޔާ ގަންނައޭ ތަމެން ދެން މަހަށް ދޭބަލަ މަހަށްދޭ ބަލަ މަހަށް މަހަށް މަހަށް ދޭބަލަ...
ބަލާބަލަ މަޢުމޫނުގެ ހުރި ވިސްނުން! އެންމެ ފަހުން ޔާމީނު ޕީޕީއެމްއިން ބޭރުކޮށްލާފަ އަމިއްލަދަރި އެންމެފަހުން ލީޑަރަކަށް އެހަމަޖެއްސީ!
ފަނާކުރަނިވި މައިތަބަކީ " ޔާމީނު " !
ކިތަންމެ ރުޅިއަޔަސް ކަލޭމެންނަށް ޔާމީނާ އަރާހަމަކުރަން ވަރަށްގިނަދުވަސް ނަގާނެ.
ފަނާ ކުރާކަން އެއޮތީ ދައްކާލާފާ. އަލްޖިބްރާވެސް ބުރިޖުން ތިންހަތަރު ދަތުރު ނުކުރާ އެންމެ ދުވަހެއްވެސް ދާހެނެއްހިއެއްނުވޭ. މިސަރުކާރަށް ތަރައްގީގެގޮތުން ޔާމީނު ލާ ސީގެ ވަހާހަމައަށް ވެސް އާދެވޭނީ 100އަހަރު އެކްޓް ކޮށްގެން. އަދި ސީ އާ ހަމައަށް އާދެވޭނީ ކިތައްސަތޭކަ އަހަރު އެކްޓްކޮށްގެން؟
ބިނާކުރުވަނިވި ފިކުރުގެ މައި ތަނބު އެއޮތީ ހުރަގޭގަ ؟
ޣައްސާން ދަރިފުޅާ ދޫންޏާ ތިޔައީ ހަމަ މިޤައުމަށް އުއްމީދެއް. ރ.ޔާމީން ނެތް ޙާލަތެއްގައި ދަރިފުޅަށް ވުރެ ރަނގަޅު ޤާބިލް ބޭފުޅެއް ނެތް.
ހުރިހާ ގޮތަކުންވެސް މިޤައުމުގެ ވަލިއްޔުލް އަމްރު ކަމަށް ވ.ލާއިޤް ބޭފުޅެއް .މިކަމާއި ޕީޕީއެމް ވިސްނަށް ޖެހޭ. ރަނގަޅު މަޑު މައިތިރި ބަޕާފުޅު ކަހަލަ ޝަޚްޞިއްޔަތެއް. އުއްމީދުކުރަނީ މުސްތަޤްބަލުގައި ފެންނާނެކަމަށް.
ރައީސް ޔާމީނަކީ މިގައުމުގެ ބިމުންނެގި ރަންގަޑެއް.