ސަރުކާރު ހިންގާ މައި ޕާޓީކަމަށްވާ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއަށް ބައިނަލްއަޤްވާމީ އެވޯޑެއް ލިބިއްޖެއެވެ.

ޑިމޮކްރަސީއާ އިންސާނީ ހައްގުތަކަށް ކުރަމުންދާ މަސައްކަތް ފާހަގަކުރުމުގެ ގޮތުން އެމްޑީޕީއަށް ދީފައިވަނީ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމައްވާ އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަން (އައިޑީޔޫ) އިން ދެއްވާ ބުޝް ތޭޗާ ފްރީޑޮމް އެވޯޑެވެ.

އެމްޑީޕީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިއީ މި އެވޯޑު ދީފައިވާ ފުރަތަމަ ފަހަރުކަމަށެވެ. އަދި މި އެވޯޑު ދެއްވީތީ އައިޑީޔޫ އަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

އެމްޑީޕީއަށް މި އެވޯޑް ދީފައިވަނީ އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާއި، އެމްޑީޕީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފު އަދި ރާއްޖެއަށް އދ. އަށާއި އެމެރިކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ތިލްމީޒާ ހުސައިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މި އެވޯޑާއި ހަވާލުވެވަޑައިގެންވީ، އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ.

މީގެ ކުރިން 2010 ވަނަ އަހަރު ނޯވޭގެ ކޮންޒްވޭޓިވް ޕާޓީ، ހޮޔެރާ އިން ދޭ ޑިމޮކްރަސީ އަދި ހިއުމަން ރައިޓްސް އެވޯޑު ކަމަށްވާ ސުޖޫރު ލިންޑާބްރައެކެކޭގެ އެވޯޑްވެސް އެޕާޓީއަށް ވަނީ ލިބިވަޑައިގެންފައެވެ. މީގެ އިތުރުންވެސް އެތައް އެވޯޑެއް އެ ޕާޓީއަށް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. އޮޅާލާ

    ތިޔާއީ ލާދީނީ ކަން ކަން އިސްލާމީ ގައުމު ތަކުގައި ކުރިއަރުވަން އެމެން ދޮނޭ މެން ދިން އެވޯރޑް އެކޭ ތިޔާ އެވޯރޑް ޖެހޭނީ އޮޅާލަންއޭ އޮޅާލާ އޮޅާލާ އޮޅާލާ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް...

    95
    8
  2. ހޯލްޑްއޮން

    އެމްޑީޕީގެ އެންމެ އިސް ސަފުގައި އުޅޭ އަންހެން ވެރިން ވެސް ބުރުގާ ނާޅާ ޔޫރަޕްގެ ކާޅު ހެދުން ލުމުން ޔޫރަޕް ދޮނޭ މެން ބޭނުންވާ ގޮތް އަދި އެމެންގެ ކަލްޗަރ އެމެން ކުރިއަރުވާތީ އެކަމަށް ހިތްވަރު ދިނުމަށް ޓަކައި އެމެން އެވޯރޑް ދޭނެއޭ ރައީސް އޮފީހުގައި ރައީސް ސިޔާސީ މަގާމް ދީފައިވާ އެއްވެސް އަންހެނަކު ވެސް ނުހުރެއޭ ބުރުގާ އަޅާފައި އެއީ ސީދާ ލާދީނީ އެޖެންޑާ ގެ ދަށުން އެމެން ކުރިއަރުވާ ކަމެއް ކަމަށްވާތީވެ އެޒާތުުގެ ލާދީނިއަން ކަންކަން ކުރިއަރުވަން ޔޫރަޕް އިން އެވޯރޑް ދޭނެއޭ ސޯ ޑޯން އެކްސެޕްޓް އިޓް ކުދިންނޭ ޑޯން ލުކް އެޓް ދެމް ބަދަލުގައި ހުރިހާ ކުދިން ވެސް މަމެން ޕިންކީން ނާއި އަތާއި އަތް ގުޅުވާލަންވީއޭ ހޯލްޑް އޮން ޓު ޕިންކީސް ހޯލްޑް އޮން ހޯލްޑް އޮން ހޯލްޑް އޮން ހޯލްޑް އޮން ޓު މީ ޑާންސް ޑާންސް ޑާންސް ޑާންސް...

    72
    4
  3. ހސހސ

    އިސްލާމީ ގައުމެއް ފުނޑާލައި ލާދީނިއްޔަތު ފަތުރާދޭ ކޮންމެ ބަޔަކަށް މިކަހަލަ އެވޯޑް ދޭނެ. އެމް.ޑީ.ޕީ އަކީ ލާދީނިއްޔަތު ފަތުރަން މިގައުމުގައި އުފެއްދި ޔަހޫދީންގެ ފަންޑިން ބަރާބަރަށް ލިބޭ ޕާޓީޔެއް. އިސްސަފުގައި ނޫޅޭނެ ދީން ގަބޫލުކުރާ އެކަކުވެސް. މާދަމާ ވެސް މިގައުމުގައި ފައްޅިޔެއް އެޅުނީމަ މިވާހަކައިގެ ތެދުކަން ދިވެހިންނަށް އެނގިގެން ދާނެ. މިބައިމީހުން 2020 ނިމުމުގެ ކުރީން މިގައުމުގައި ފައްޅި އަޅާނޭކަމުގެ ޔަގީންކަން މިބައިމީހުންނަށް ފަނޑުކުރާ ޔަހޫދީންނަށް ވަނީ މިހާރުވެސް ދީފައި. ޝަހިންދާ އަކީ މިކަމަށް ފަންޑިން ހޯދުމުގައި އެންމެ އިސްކޮށް އުޅޭ އެކަކު.

    75
    2
  4. ހޯލްޑްއޮން

    ތިޔާ ގޮތަށް ދޮނޭ މެން ދޭ އެވޯރޑްސް ތަކަކީ އެއީ ވަރަށް ބޮޑަށް ރޭވިގެން އެމެން ލާދީނީ އެޖެންޑާ އެއްގެ ދަށުން އެމެން ދޭ އެވޯރޑްސް ތަކެކޭ އެއީ އަންހެނުން ބުރުގާ ނޭޅުމާއި އަދި އެމެންގެ ކިބައިގައި ހުންނަ އިސްލާމީ އުސޫލު ތައް ދުއްވާލަން އެމެން ދޭ އެވޯރޑްސް ތަކޭ ޔޫރަޕް އާލާތުން ހިލޭ ތިޔާ ވައްތަރު އެވޯރޑް ދިން ނަމަވެސް މަމެން ޕިންކީން ޖަހާނީ ތިޔާ ޒާތުގެ އެވޯރޑަށް ކުޅެކޭ ބަދަލުގައި ރާއްޖޭގެ ރައްޔިތުންނަށް ފައިދާ ހުރި އެއްވެސް ކަމެއް އެމްޑީޕީން ކުރާ ތަން ފެނިގެން ނުދެއޭ މަމެން ޕިންކީންގެ ވެރިކަމުގައި މާލެ ސަރަހައްދުން ފްލެޓްސް ތައް ދީފައިވާ 80 ހާސް މީހުންގެ ފްލެޓްސް ތައް އެމްޑީޕީގެ ވެރިކަމުގައި ފޭރިގަންނަނީއޭ ކުދިންނޭ ޕިންކީންގެ ވެރިކަން އަލުން ގެނެވޭތޯ ބަލަން ޕިންކީން އަތުގައި ހިފާށޭ ސޯ ހޯލްޑް އޮން ޓު ޕިންކީސް ހޯލްޑް އޮން ހޯލްޑް އޮން ހޯލްޑް އޮން ޓު މީ ހޯލްޑް އޮން ހޯލްޑް އޮން ހޯލްޑް އޮން ޑާންސް ޑާންސް ޑާންސް ޑާންސް...

    55
    3
  5. ނުރަބޯ

    ތި އެވޯޑަށް ކިޔަނީ ލާދީނީ އެވޯޑް

    81
    3
  6. ދަންސޫރަ

    ގަންނަން ލިބޭ އެވޯޑެ އް ކެނެޑާގަ އެބަހުރި ކާފަރުންގެ މަރުކަޒުގަ

    77
    3
  7. އެމަންޖެ

    ލާދީނީ އެވޯޑް..

    71
    3
  8. ބޮލި މުލައް

    ދީނަށް ފުރައްސާރަކުރިވަރަކަށް ލިބޭ އެވޯޑު ގިނަވާނެ. އިސްލާމީ ޤައުމަކުން ދިން އެވޯޑެއް ނޯންނާނެ.

    71
    4
  9. ހޯއްހޯއް

    އެންމެ ސާދަ ބައިވެރިންނާ އެކު ފިޝަރީޒް އެކްސްޕޯ ފަށައިފި ނަމަވެސް ރައީސް އިބޫގެ ވެރިކަމުގައި މަސްވެރިކަމަށް އައި ކުރިއެރުމެއް ނެތޭ އެއީ ސީދާ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް ފެއިލް ވެފައިވާ ކަމުގެ ނިޝާންސް ތަކޭ ފެނިގެން މިދަނީ ސިޗުއޭޝަން ހޭޒް ގޯން ބޭޑް އެން މޭޑް އެން ކްރޭޒީ އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް...

    52
    1
  10. ޝާހް، ރ.ވާދޫ

    ތިޔަކަހަލަ ދޮންމީހުންގެ ކޮންމެ އެވޯޑެއް ތިޔަ ދޮންމީހުންގެ ޕަޕެޓުން، އިސްލާމުދީނާ އިދިކޮޅު އަދި މުސްލިމު ގައުމުތައް ބައިބައިކުރަން އެމީހުން ފަނޑުކުރާ ފިތުނަ އުފައްދާ ކޮންމެ ބަޔަކަށް ލިބޭނެ.

    52
    1
  11. ާާާޢަލީ

    އިސްލާމްދީން ނޫން އެހެންދީންތަ އް ފަތުރަށް ކުރާމަސަ ކަތަ އް ހި އްވާރުދިނުމުގެ އެވޯޑު...މުސްލިމަކު ފިޔެ އްބޭނުމެ އް ނުވާނެ....

    49
    1
  12. Anonymous

    އިސްލާމީ ގައުމަކުން ދިންނަމަ ވަރަށް އުފާވީސް.

    40
  13. ގައުމީލޭ

    ތީ އާކަމެއް ނޫން. އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ހިތްވަރު ދިނުމަށް ތިކަހަލަ އެވޯޑް ދިނުމަކީ ވަރަށް އާންމުކޮށް ކުރާކަމެއް. އެކަހަކަ ފަރާތަކުން ކުރާ ކުށަަކަށް އެގައުމެއްގެ އަދުލުގެ ނިޒާމުން އަދަބެއް ދޭކަށްވެސް އެގައުމުތަކަކުން ނޭނދޭނެ. އެހެންވީމަ އަދި ކުރިއަށް އޮތްތާގަ ތިކަހަކަ ކިތަންމެ އެވޯޑެއް މިގައުމުގެ ލާދީނީ ފަރާތްކަށް ލިބޭނެ. ތީ އެކަމުގެ ފެށުމެއް. ޝަހިންދާމެންނަށް ދޭނެ ދެން އޮންނަ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގަ.

    35
    1
  14. ކާފަ

    ރޔާމީން ސަލާމަތްކުރަން ޕޕ ކުދިން އެއައީ ދޮންމީހުން ކާރިއަށް ގޮއްސައެއްނު.. އިސްލާމީ ޤައުމަކަށްނުދޭ.. ލާދީނީ ޕޕމ..

    7
    41
  15. ޚަރުން

    ކާފަރު އެވޯޑް

    38
    2
  16. ރޮނޑާ

    މި އެވޯރޑު ޕީޕީއެމް އައް ލިބުނުނަމަ ރައިވަރު ފަތި ކިޔާނީ އެކޮޅު ކޮޅުން. " އިސްލާމީ ހަޡާ ރަތް ދިރުވާ ކުރި އަރުވަން މަސައްކަތް ކުރާތީ. ރާއްޖެ އައް ޑިމޮކުރެސީ އާއި އިންސާފާއި ހަމަހަމަ ކަން ގާއިމު ކޮއްދޭތީ. . ތި ކުދިން ތިއުޅޭ ވައްތަރު މަމެންނައް ދަސްވެެއްޖެ،،،އިއްޔެގަ ޝިޔާމާ ސައީދު ނުދޭތަ ޔަހޫދިން ކައިރީގަ އާދެސްކުރަން. ކާކުތަ ބަރަހަނާވެ ހުރެ ބުދުދީނުގެ ފާދިރީ އަކު ލައްވާ ގަޔައް ދުންބުރުވާ އަމަށުން ހުރެ ފެން އެއްޗަކައް އެރިހުރީ. ކަލޭމެން ތާއީދު ކުރާމީހަކައް ވީމަ އެކަންވެސް ރަގަޅު. ޥައްކަންވެވެސް އޯކޭ.
    މަމެންނުވާނެ ކަލޭމެން ހެނެއް..މަމެންނައް ގޯސް ކަންތައް ވާނީ ގޯސްކަމަކައް.ވައްކަން ކުރީމަ ވާނީ ވަކައްކުރީކަމައް.

    7
    39
    • Anonymous

      އެހެންވެތާ ލާދީނީ ވީމަވެސް އޯކޭ ވަނީ ކަލޭމެންނަށް. ލަދު ހަޔާތް ކޮބާ

      28
      4
  17. އެންދެރި

    އިސްލާމީ ޝަރީއަތުގަ ހުންނަ ކަންކަން ގާނޫނު އަސާސީ އިން ބަދަލަކުރާނަމަ ފަރަންޖީން އެވޯޑް ދޭނެ އެވެ.

    39
    3
  18. ބިޖޫ

    އެމްޑީޕީ އައްލިބުނީ ލާދީނިއްޔަތު ފެތުރުމުގެ ހަނދާނީ އެވޯޑް
    ލިބުނު ޖާހިލްކަމުގެ އެމަތިވެރި އެވޯޑް ގެނެސްކުރީ ހަވާލް ދީނީލާ ހާމާން އާއި އަބްރަހާ އަތަށެވެ

    37
    2
  19. ބުރޯ

    މިއީ ލާދީނިއްޔަތަށް ކުރާމަސައްކަތުގެ އަގުތަ ؟

    27
    2
  20. އައްޑޫ މީހާ

    ލާދީނީ އެވޯޑް އަދި ލާ އިންސާނީ އެވޯޑާއި ބައިނަލް އަޤްވާމީ ހަރުކަށި ފިކުރާއި އަނދިރި ދައުލަތުގެ އެވޯޑްވެސް މިއަހަރު އެޕާޓީއަށްވަނީ ލިބިގެންގޮސްފައި މީގެ އިތުރުން ހައްދުފަހަނަ އަޅާފައިވާ އެމް.ޑީ.އެން އިންދޭ އެންމެ މަތީ ޓްރޮފީ ކަމުގައިވާ މާތްﷲ އަށާއި ކައުއިތުރު ނަބިއްޔާ މިއުންމަތުގެ ރަސޫލާ މުޙައްމަދު ސއވއަށް ޖޯކްޖަހައި ފުރައްސާރަ ކުރުމުގެ އެވޯޑްވެސް ވަނީ ލިބިފައި މި އެވޯޑާއި ހަވާލުވެފައިވަނީ އެމް.ޑީ.ޕީގެ ރައީސް އަދި ރައްޔިތުންގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރާ މަޖްލިހުގެ ރައީސް ކެންނާރި ދަންނަ ނުދަންނަ މާފަތް އެދުރު ސޫލާސިރާޒް ބޮވުނު ގަންޖާ މަހާރަދުން މިހަފްލާގައި އިތުރައް ބައިވެރިވެފައިވަނީ މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް އެމް.ޑީ.އެން ހަމީދުގެ އިތުރުން ސޮކުންދާ އާއި އިތުރު ލާދީނީ ބައިގަނޑުގެ މީހުން މިހަފްލާ ޝަރަފްވެރިކޮށް ދެއްވުމަށް ވަޑައިގަތީ ޝޭޚް އިލްޔާސް އޭނާގެ އަރިހުގައި ޖަޒީރާ ގުއިރާއްޖޭގެ ރައިސް އިބިރިހިމާވެސް ބައިވެރިވެ ވަޑައިގެންފައިވޭ

  21. ޕޮގުބާ

    ރާއޖެ ކާފަރުދީނަށް ބަދަލުކުރަން މަސައްކަތްކުރާތި ދިން އެވޯޑެއް 100 ކާފަރުން ސޮއިކޮއްފަ

  22. މެސީ

    އެވޯޑުގެ ނަމުންވެސް އިނގޭތީ ލާދީނީ ކަމުން ދިން އެއްޗެއްކަން.

  23. ޙުސެން ސުވާސާ

    ހިންޏޭ އަންނަނީ....

  24. ބޯލަބޭ

    ޢަނެއްކާ ކީއްބާވަ ކުރީ

  25. ބުނަން.....

    ދޯ! އަހަރުންނަށް މާ ކުރިންވެސް އިނގޭ ތިޔާ އެތި ތިޔާ ބައިގަނޑަށް އެ ބައިގަނޑުން ދޭނެކަން ތިޔާ އެހާވަރެއްގެ އެއްޗެއްނޫން " ޗައޮއްތީ އައޮ ފޮށައެއް ލިބިފޭ އައްޗޭސް"

  26. ޑައެލޯގް

    އެެމެރިކާ، ޔޫރަޕް އަދި ޔަހޫދީން ރީދޫކުދިންނަށް އެވޯޑްދޭނެ އެއީ ޔަހޫދީންގެ އެޖެންޑާއެއް، އަންނިވެސް ވެރިކަމަށް އަރާ 3 މަސްނުވެ ތިމާވެށިން އެވޯޑްދިން ެމެރިކާ، ޑެންމާކް،އޮސްޓްރޭލިއާ ބޭނުމަކީ އަންނި ޕްރޮމޯޓްކޮށް ސެކިލަރިޒަމް ރާއްޖޭގައި މަޑުމަޑުން ހިންގުން

  27. Anonymous

    ލާދީނިއްޔަތު ފަތުރަން މަސައްކަތްކުރާތީ ދިން އެވޯޑެއްތީ ކޮންމެ ނަމެއްގައި ދިނަސް.