ހުޅުމާލެ، ސެންޓްރަލް ޕާރކް ސަރަހައްދު ގަައި ރިވާރސް ވެންޑިންގް މެޝިން ބަހައްޓަން ނިންމާ އެކަމަށް ބޭނުންވާ ހަޓް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އެމްޑަބްލިއުއެސްސީ އިން އިއުލާން ކޮށްފިއެވެ.

އެމްޑަބްލިއުއެސްސީ އިން ކުރި އިއުލާނެއްގައި ވަނީ ހުޅުމާލެ، ސެންޓްރަލް ޕާރކް ސަރަހައްދު ގަައި ރިވާރސް ވެންޑިންގް މެޝިން ހަޓް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތު ދިނުން އާދީއްތަ ދުވަހު އޮންނާނެ ކަމަށާއި އަދި ބިޑް ހުށަހެޅުން އަންގާރަ ދުވަހު އޮންނާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ.

ރިވާސް ވެންޑިންގް މެޝިނަކީ ބޭނުން ކުރުމަށް ފަހު އުކާލާ ދަޅާއި ފުޅި ފަދަ ތަކެތި އެޅުމަށް ހާއްސަ ކޮށްފައި ހުންނަ މެޝިނެކެވެ. ބައެއް ގައުމުތަކުގައި މިފަދަ މެޝިންތަކަށް ދަޅާއި ފުޅި ފަދަ ތަކެތި އެޅުމުން ފައިސާ ވެސް ލިބެއެވެ.

އަވައްޓެރި ބައެއް ގައުމުތަކުގެ ޕާކް ފަދަ ތަންތަނުގައި މިފަދަ މެޝިންތައް ހުރި ނަމަވެސް ރާއްޖޭގައި އަދި މިފަދަ މެޝިނެއް ބަހައްޓާފައެއް ނުވެއެވެ.