އެމްޑީޕީގެ ބޭފުޅުން ވެރިކަމަށް އަންނަން ވެގެން މަސްވެރިންނަށް ވެވަޑައިގަތް ވަޢުދުތަކުގެ މެނިފެސްޓޯގައި މަސްވެރިންނަށް ރާއްޖެއިން 100 މޭލު ބޭރު ދުރު ހިސާބުތަކަށް ގޮސް މަސާޖްވެސް ކޮށްލެވޭ ގޮތަށް ސިފަކޮށްފައިވާ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު، އަހްމަދު ތާރިޤު ވިދާޅުވެއްޖެއެވެ.
ތާރިޤު މިގޮތަށް ވިދާޅުވެފައިވަނީ ރައީސް ޔާމީން އަށް އިއްވާފައިވާ "އަނިޔާވެރި ޙުކުމާ ދެކޮޅަށް" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުގެ ފަރާތުން މިހާރު ބާއްވަމުންދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެމްޑީޕީގެ 2018 ވަނަ އަހަރުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ މަސްވެރިންނަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ވަރަށް ބައިވަރު ޤަރާތުތަކެއް ހުށަހެޅި ކަމަށާއި، އޯފްޝޯ ޕްލެޓްފޯމްތަކާއި، ކަންނެލި ޖަގަހަ ތަކަކާއި، އަދި ގޭދޮށު މަސް ފެކްޓަރީތަކެއްގެ ވާހަކަތަކެއްވެސް އެބޭފުޅުން ދެއްކި ކަމަށާއި، ނަމަވެސް މިއަދު އެ ވާހަކަ ނުދައްކާ ކަމަށެވެ. ރައްޔިތުން ގުނބޯ ހެއްދުން ނޫން ކަމެއް އެމްޑީޕީ ބޭފުޅުން ނުކުރައްވާ ކަމަށް ޓޮމް ވިދާޅުވިއެވެ.
"ރައްޔިތުން ތިބީ ގުނބޯ ހައްދާފައި. އޯފްޝޯ ޕްލެޓްފޯމްތައް ސިފަކޮށްދިން އިރު، މަސްވެރިން، ރާއްޖެއިން 100 މޭލު ބޭރުގައި ސްޕާތަކުގައި މަސާޖްވެސް ކޮށްލެވޭ ގޮތަށް އޮތީ ތަރުތީބު ކޮށްފައި، ބަޖެޓު އައިއިރު އެއްވެސް ތަނެއްގައި އޯފްޝޯ ޕްލެޓްފޯމެއްގެ ވާހަކައެއް ނެތް. ކޮބާތޯ ގޭދޮށު މަސް ފެކްޓަރީ؟" ޓޮމް ވިދާޅުވިއެވެ.
ޓޮމް ވިދާޅުވީ އެބޭފުޅުން އެމް ފެކްޓަރީ އެއްވެސް ހަދާ ވާހަކައެއް ބުނި ކަމަށާއި، ގަރުދިޔަ ފެކްޓަރީ އެއްގެ ވާހަކަވެސް ބުނި ކަމަށެވެ. އަދި ދިއްގަރަށް ގޮސް ރިހާކުރު ފެކްޓަރީ އެއް ހަދާ ވާހަކަވެސް ބުނި ކަމަށެވެ. "އެމްޑީޕީގެ ބޭފުޅުން ރައްޔިތުންނަށް ދޮގު ވަޢުދުތަކެއް ވަމުންދާ ބައެއް. އެބޭފުޅުންގެ ސަރުކާރުގައި މިހާރު ކޫއްޑޫ އާއި ފެލިވަރު މަސްފެކްޓަރީ ތަކުން މަސްވެރިން ބާނާ މަސްތަކަށް ފައިސާވެސް ނުލިބޭ." ތާރިޤު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.
ޕީޕީއެމްގެ ނައިބު ރައީސް، އަހްމަދު ތާރިޤު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ހިންގާފައިވަނީ ނާއިންސާފު ޝަރީޢަތެއް ކަމަށް ޤަބޫލުކުރެވޭ ކަމަށާއި، އެ މަނިކުފާނުގެ މައްޗަށް ދަޢުވާ ކޮށްފައިވަނީ ވެސް މުޅިން ގޯސްކޮށް ކަމަށެވެ. އެގޮތުން ޓޮމް ވިދާޅުވީ ދަޢުވާ ކުރަން ފޮނުވާފައިވާ މައްސަލަ އުފައްދާފައިވަނީވެސް ޤާނޫނުގައި ނެތް ކަމެއްގެ މައްޗަށް ބިނާ ކޮށްފައި ކަމަށެވެ.
އޭސީސީ އިން ކޯޓު އަމުރެއް ހޯދުމަކާ ވެސް ނުލާ، އަދި އެ ފައިސާ ދަޢުލަތުގެ ބެލުމުގެ ދަށަށް ގެނައުމަކާ ވެސް ނުލާ ރައީސް ޔާމީން ލައްވާ އެސްކްރޯ އެކައުންޓެއް ހަދައި، އެ އެކައުންޓަށް ފައިސާ ލެއްވި ކަމަށާއި، އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރެވޭނެ ދަޢުވާ އެއް އޮންނާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.
"ރައީސް ޔާމީންގެ މައްޗަށް ދަޢުވާ ކޮށް ޙުކުމް ކޮށްފައިވަނީ އޭސީސީ އިން ހެދި އެކައުންޓަކަށް ޖަމާކުރި ފައިސާއެއްގެ އަސްލު އޮޅުވާލި ކަމަށް ބުނާ މައްސަލައެއްގައި، އެއްވެސް ޤާނޫނީ މަސައްކަތެއް ނުކޮށް، އެކްސްކްރޯ އެކައުންޓޭ ކިޔާ އެކައުންޓޭ ކިޔާ އެކައުންޓެއް ހުޅުވައި ޤާނޫނުގައި ނެތް ކަމެއް ރައީސް ޔާމީން ލައްވާ ކުރުވާފައި ދެން އިތުރު ދަޢުވާއެއް ނުހިންގޭނެ." ޓޮމް ވިދާޅުވިއެވެ.
ކިނބޫ ތެޔޮ ދަމައިގެން އައީ...މަސްވެރިންނަށް ލިބެނީ ބިލު ކޮޅު...
ގޭދޮށު ދުމަށި ތަކުން އަރާ ދުމުން ވަސްނުފިލަ. ބުލާ މަސްކޮޅު ގެންގޮސްދާނެތީ ހަމަނިދި ނުނިދި ދުމަށި ދޮށުގަ ފާރަޔައް. ކޮންމެ ގެއެއްގަ ޕީއޯއެސް ކާޑްމެސިނެއް، މަސްކިރާލާފަ ކައުންސިލަރު ބިލުކަނޑާލީ ރުޕީސް ކާޑުން. ހައްގު މިންވަރު
ކިނބޫ، އަމާރިޔާ އަދި ތަލަ ޝާހިދު ބޭރުން މަސާޖް ކޮށްގެން އައުން ނޫން ކަމެއް ނެތް. ތިމަން ހުރިހާ ޤައުމަކަށް ދާން ބުނި ވައުދު އެބަ ފުއްދާ.