ތުރުކީވިލާތުގެ ކުރީގެ ރައީސް މުޞްތަފާ ކަމާލް އަތާތުރްކު އާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ކިބައިން ފެންނަނީ އެއްގޮތް ސިފަތަކެއް ކަމަށް ޕީއެންސީގެ ރައީސް، ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވަމުން ގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ތުރުކީވިލާތަކީ އަތާތުރުކު ވެރިކަމަށް އައިއިރު ވަރުގަދަ އިސްލަމީ ހަޞާރަތެއް އޮތް ގައުމެއް ކަމަށެވެ. ނަމަވެސް ވެރިކަމަށް އައި މީހެއްގެ ސަބަބުން އެގައުމުގައި އިސްލާމްދީނަށް ވެގެން ދިއަ ގޮތާއި މެދު ވިސްނާލަން ޖެހޭ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
"މުސްތަފާ ކަމާލް އަކީ އެގައުމުގެ އަސްކަރިއްޔާގައި މަސައްކަތް ކުރެއްވި ބޭފުޅެއް. ވަރަށް ބަސް މަދު ބޭފުޅެއް. ހަރުކަށިކަން ގެންގުޅުނު ބޭފުޅެއް ނޫން. ނަމަވެސް ވެރިކަމަށް ވަޑައިގެން މަޑުމަޑުން ހުންނަވައިގެން ތުރުކީވިލާތުގައި ހުޅަނގުގެ އެޖެންޑާ ހިންގަމުން ގެންދިޔައީ. ނަތީޖާ އަކަށް ވެގެންދިޔައީ އިސްލާމީ ހަޟާރަތް ނެތިގެން ދިޔައީ." އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ އަތާތުރުކު ވެސް ވެރިކަމާއި ހަވާލުވެގެން ފުރަތަމަ ކުރިކަމަކީ އިސްލާމީ ތައުލީމް ހާސިލްކޮށްގެން ތިބި ފަނޑިޔާރުން މަގާމުތަކުން ދުރުކުރުން ކަމަށެވެ.
"ދެން މިއަދު ވިސްނާލާ ރާއްޖޭގައި ކަންތައްތަކާއި މެދު ވިސްނާލާ. އެހެން ނަޒަރަކުން މިއަދު ގައުމާއި މެދު ވިސްނާލަން ޖެހޭ. މުސްތަފާ ކަމާލް އަލްމާނީ ފިކުރު ތުރުކީވިލާތުގައި އަށަގެންނުވީ. މިއަދު މި ގައުމުގައި ކަންތައްތައް ކުރިއަށްދާ ގޮތް ބައްލަވާ." އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް ޞާލިހަކީ ވެސް އަތާތުރުކު ފަދަ މަޑުމައިތިރި ބޭފުޅެއް ކަމަށެވެ. ރައީސް ޞާލިހް ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު ހޭދަކުރެއްވެވިއިރު ދުވަހަކު ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަނާޅާ ކަމަށާއި މަޖިލީހުގައި ވާހަކަ ދައްކަވާފައި ވަނީ ވެސް ދެތިން ހަތަރު ފަހަރެއްގައި ކަމަށް އަދުރޭ ވިދާޅުވިއެވެ.
"ރައީސް ޞާލިހަކީ ވެސް ވަރަށް އޮގާތެރި އިހްލާސްތެރި މާތް މީހެއް ކަމަށް ހީކުރެވުނު. މިއަދު ރާއްޖޭގެ ޝަރުޢީ ދާއިރާ ފުނޑާލަން ކުރަމުން މިގެންދާ މަސައްކަތަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެކަނި ކުރާކަމެއް ނޫން. އެއީ ކެނެރީގޭ މުހައްމަދު ނަޝީދާއި ރައީސް ޞާލިހް އަދި ހުޅަނގުގެ ގައުމުތަކާއި އަވައްޓެރި ގައުމެއް ގުޅިގެން އެހެން ދީންތައް ފަތުރަން ކުރަމުން ގެންދާ މަސައްކަތައް މަގުފަހި ކުރުމަށް ކުރާ މަސައްކަތެއް." އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ދިވެހިރާއްޖެ މިނިވަންކަމާއި އެކު ބޭއްވޭނީ ޔާމީނަށް މި ގައުމުގެ ސިޔާސީ މައިދާނުގައި މިނިވަންކަމާއި އެކު ހަރަކާތްތެރިވެވޭނެ މަގިފަހިކޮށްދީގެން ކަމަށެވެ.
ހާދަ ސަލަފުގެ ސްޕީޗަކާ ވައްތަރޭ!
ކިތަންމެ ވައްތަރަކަސް ހަގީގަތަކީ އެއީ.
ދެނޯ ؟ މާރަގަޅެއްނު ؟؟ ޙަގީގަތްވާނީ ހަމަ ހަގީގަތަށް އެއީ އަތާތުރުކު ބުންޔަސް ޔާމީނު ބުންޔަސް ސާލިހު ބުންޔަސް ސަލަފް ބުންޔަސް އެމްޑީއެން ބުންޔަސް..
ސާބަހޭ އަދުރޭ...ގާދީޔާނީއާ ވެސް އޭނަ އެއްގތް ކުރެވިދާނެ..މަތި އޮމާން ކޮށްގެން ހުރި ޖާހިލެއް....
ކިތަންމެ ވަރަކަށްވެސް ހަޅޭއްލެވިދާނެ ! ދެން އޮތީ ކަލޭ ޖަލަށް ވަނުން ! އޭރުން ޔާމީނާއި އެކު ހުރެވޭނެނު ؟ ހިތްވަރު ކުރޭ ! މާލަސްތަކެއް ނުވާނެ !
ތިޔަ ބުނާ އަތާތުރުކުގެ ފަލްސަފާގެ ތެރެއިންތޯ ޓިނު ވަގަށް ގެންދެވުނީ، އަދު ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭ މުޅިޤަުމު ފޮޅިއްސާލީ، ސާބަސް އަދުރޭ ލަދު ހަޔާ ތަކީ ކޮބާ؟ ވަގުތު ނޫހުން މިކޮމެންޓް ޝާއިރު ކުރައްވާނެ ކަމަށް ހިކުރަން
ވަގުންގެ ސަރުކާރެއްކަން އެގެނި
އަދުރޭ ތާރީކުގެ ވަރަށް ރަނގަޅަށް އެގިހުރެ ވާހަކަ ދެއްކެވުން މުހިއްމު. އަތާތުރުކު އަކީ ތުރުކީ އަސް ވަރަށް ގިނަ ޚިދުމަތް ކޮށްދެއްވި ބޭފުޅެއް. އޭނާގެ ހަރުކަށިކަން ބޮޑަށް ވައްތަރީ ޔާމީނާ.
ޢޭ ؟؟ޢަތާތުކާއި އެއްކޮޅަށްތަ ދެކޮޅައްތަ ؟
އަތާތުރުކު ތުރުކީއަށް ހެދި ގޮތް ދިވެހި ރާއްޖެއަށް ވެސް ހަދަން ބޭނުން. މަމެން ބޭނުމީ ސެކިއުލާ ދިވެހި ރާއްޖެ އެއް. ދީނުގެ އަޅުވެތިކަމުން ހުސްވެގެން ވާ ރާއްޖެ އެއް. މިނިވަން ރާއްޖެ އެއް.
ރާއްޖޭގައި ނޫޅެވެންޏާ ކަލޭދޭބަ އިންޑިޔާއަށް. ކަލޭގެ ކޮމެންޓަކީ ކުފުރުގެ ކޮމެންޓެއް.
އަދުރޭ ކަލޭ ތިޔައީ ޕީޕީއެމްގެ ދީނީ އިމާމު. ކަލޭގެ ފަތުވާ ވަރުގަދަ ވެ ފައި ބަލާޣާތް ތެރިވާނެ ސައުދީ މުފުތީ އައް ވުރެ. ކާކައް އޮޅުވައިގެން މީހުން އިތުރު ކުރަން ތިއުޅެނީ. މިވެރި ކަމުގައި ވަގުންގެ ގޮޅި ކަށަވަރު ކޮއްދޭނެ. އިތުރު ފުރުސަތެއް ނެތް. ސޮރީ.
އަތާތުރުކް އަށްވުރެ މިކަލޭގެ މާ މަކަރުވެރިވާނެ. މި ދެރައީސުންނަކީ ޔަހޫދީންގެ ޕަޕެޓުން