ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ހަތަރު ބޭފުޅަކު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ނިންމައިފި އެވެ.

ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައިވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވަން ނިންމެވީ ޅ. ކުރެންދޫ މާތިލަ، އާދަމް މުހައްމަދު ކަމަށެވެ. ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް އެ ކޯޓުގެ ރެޖިސްޓްރާ އަހުމަދު އަބްދުލްމަތީން އާއި ދ. ކުޑަހުވަދޫ ވައިލެޓްގޭ ރިޒްމީނާ އާއި ސ. ހިތަދޫ ހަސަންކާރީ ފައްޔާޒް ޝާތިރުގެ އަދި މއ. ޕެންޒީވިލާ އައިޝަތު އަޒްފާ އަބްދުލްޣަފޫރު އައްޔަން ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.

ބައެއް މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން އައްޔަން ކުރައްވަން ވެސް ޖޭއެސްސީ އިން މިރޭ ނިންމެވިއެވެ. މެޖިސްޓްރޭޓް ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ތ.ހިރިލަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ތ.ކިނބިދޫ ނަސްރުއްސަބާ، އަބްދުﷲ ހުސައިން އާއި ކ.ގުރައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ލ. މާވަށު ނަލަމަލަ ފަތުހުުﷲ ޖަމީލް މޫސާ އައްޔަން ކުރުމަށް ވަނީ ނިންމާފައެވެ.

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި 39 ބޭފުޅަކު އެ މަގާމުތަކަށް ކުރިމަތިލެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އިންޞާފު ޤާއިމުކުރަން ނަމުގައި ނުފޫޒެއް އެއްގޮތަކަށްވެސް ނުފޯރުވަ ބާރުގެ ބޭނުންކޮށްގެން ެެެެެެެެެ އިޖްރާއާތުތަކާއިވެސް ޚިލާފަށް ހުތުހުތި ގޮތަކަށް މާކސްދީގެން ނެގި ބަޔަކު ނެގީ. އިޞޫލުތައް އޮންނަނީ ތިމާމެން ބޭނުންވީމާ. ކުރިއަށްވުރެ ފަސްގުނަ ނުބައި.