2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުގެ ކުރިން ކުރީގެ ރައީސް ޔާމީން ގެއަށް ބަދަލު ކުރައްވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު، އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިގޮތަށް ވިދާޅުވީ ރައީސް ޔާމީން އަށް އިއްވާފައިވާ "އަނިޔާވެރި ޙުކުމާއި ދެކޮޅަށް" ގެ ނަމުގައި މިރޭ ކާނިވަލް ސަރަޙައްދުގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުގެ ފަރާތުން ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝިޔާމް ވިދާޅުވީ އެބޭފުޅުންނަށް ހިތްވަރު ލިބެނީ ޤައުމުގެ ޒުވާނުންގެ ފަރާތުން ކަމަށާއި، އެފަދަ އެތައް ޒުވާނުންނެއް އެބޭފުޅުންގެ މަސައްކަތުގައި ބައިވެރިވަމުންދާ ކަމަށެވެ.
"އަޅުގަނޑު ދިވެހި ލޮބުވެތި ރައްޔިތުންނަށް ޔަޤީންކަން މިދެނީ އިރާދަކުރެއްވިއްޔާ މިއަދުން ފެށިގެން 1 މަސް ދުވަސް ތެރޭގައި އަޅުގަނޑުމެން ރައީސް ޔާމީން ގެއަށް ބަދަލުކުރާނަން. އަޅުގަނޑުމެން މިދަންނަވަނީ ޖެނުއަރީ މަހުގެ 6 ގެ ކުރިން ރައީސް ޔާމީން ގެއަށް ބަދަލު ކުރާނަމޭ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ދައްކާނަން ރައީސް ޔާމީން މިނިވަން ކޮށްފައި." ޝިޔާމް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ހައްޔަރު ކޮށްފާނެތީވެ، ނުވަތަ ޖަލަށް ލާފާނެތީ، މިހާރު މިއޮތް ސަރުކާރު ދެކެ ކުޑަކޮށްވެސް ބިރެއް ނުގަންނާނެ ކަމަށާއި، ރައީސް ޔާމީނަށް ތާޢީދު ކުރައްވާ 96،000 ރައްޔިތުންވެސް ހައްޔަރުކުރެވިދާނެ ކަމަށާއި، ނަމަވެސް އެބޭފުޅުންގެ މަސައްކަތް ދުވަހެއް، ދުވަހަކުން އިތުރަށް ވާނީ ވަރުގަދަ ކަމަށެވެ.
"އަޅުގަނޑުމެން ހައްޔަރު ކުރެވިދާނެ، ހައްޔަރުކޮށްގެން ޖަލަށް ލެވިދާނެ. މަރާވެސް ލެވިދާނެ. އެކަމަކު މިހާރު މިއޮތް ސަރުކާރު ދެކެ ކުޑަކޮށްވެސް އަޅުގަނޑުމެން ބިރެއް ނުގަންނާނެ. އަޅުގަނޑުމެން ބިރު ގަންނަނީ ހެއްދެވި ފަރާތަށް އެކަނި." ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވަނީ ސީދާ ރައީސް އޮފީހުން ކަން އެނގޭ ކަމަށެވެ. ފަނޑިޔާރުންނަށް ފޯން ކޯލްތައް އަންނަނީ ސީދާ ރައީސް އޮފީހުން ކަމަށް އޭނާ ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ އެބޭފުޅުންގެ ވެރިކަމެއްގައި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާ ބޭފުޅުންނާ ޢަދުލު އިންސާފު އަރާ ހަމަކުރާނެ ކަމަށެވެ.
ތިޔަދައްކަނީ މިޤައުމުގައި ކަލޭ ބަޣާވާތް ކުރާ ވާހަކަ ! ބަޣާވާތް ކޮށްފީވިއްޔާ ކަލޭވެސް ލާނީ ޖަލަށް !
ބަގާވާތް ވިޔަސް ރިވޮލިއުޝަން ވިޔަސް ބަސްނޭހުން ކަމަށް ވިޔަސް ކުރާކަމެއް ކޮއްގެން މިގައުމު މިވެރިންގެ ނު ބައިވަކިތަކުން ސަލާމަތް ކުރާން އެ ބަޖެހޭ.
އެހްންތަ؟ ހާދަ ދުރުވިސްނޭ ބޭފުޅެއް. ތިހާ ވިސްނޭ މީހުން ވަގުތު ނިއުސް ގަ ކީބޯރޑް ޕޮލިޓިކްސް ކުޅެނީ
އަލްޖިބޫ ކަލެޔަށް އެނގޭތަ ފަލަމަސްގަނޑުގައި ފިސްތޯލަ ބަނދެގެން އެންމެ ފުރަތަމަ ބަގާވާތްކުރީ ކޮންބައެއްކަން؟ އަދި ބަގާވާތް ކުރަން ދަސްކުރީ ކޮން ބައެއްކަން؟ 19 ދިވެހިން ޝަހީދު ކުރީ ކޮންބައެއްކަން؟ ބަލަ އެހަޑި ހޭވި މީހުން އެތިބީ ވެރިކަމުގަ. ލާދީނީ ވަސްދުވާ ވައްްތަރު ވާހަކަ ނުދައްކާ އިހަށް.
ކީއްކުރަން ޖެނުއަރީ ހަޔަކަށް ލަސްކުރަނީ ! ހަމަ މިހާރު ގެއަށް ގެންނަގަ ! ޝިޔާމު ޔާންޓޭއަތުން ކޭބައިވަރުގެ ރަހަނުކެޑޭތީއޭ ތިހާއަށްޗިކޮށް ތިއުޅުއްވަނީ !
ކިތަންމެވަރަކަށް ފުއްޕިޔަސް މިފަހަރު ޔާމިނަކަށް ޖަލަކުން ނުނިކުމެވޭނެ.
މިފަހަރު ރައީސްޔާމީން މިނިވަންކުރާނީ ރައްޔަތުން އެދުވަހު ސޯލިިހުފިލާރައްކާވާނެ.
ތީއްޗަކު ތި އުޅެނީ ވަގު ކަލޭގެ ތިރީސް އަހަރައް ޖަލައް ކަޑާ ނުލެ ވިގެން. ރާއްޖެ އިން ބޭރުން އައިސް އިއްޔެގަ ހުރީ އަގަ އައްޕަނެއް ހެން ހަދައިގެން .. ދުވާލަކު ބައްތިރީސް ފަހަރު މުޒާހަރާ ކުރިޔަސް ކަލޭމެނައް ކުރެ ވޭނެ ކަމެއް ނެތް.
މިއީ ޔާމީނު ޝަރީއަތް ނިންމާފައި އަންނާނީ މިނިވަނެއްގެ ގޮތުގައި ބުނި މީހާ.
ހުކުރު ހޮނިހިރު އަދި ރަސްމިދުވަސްތައް އަދި ރަސްމީބަންދުދުވަސްތައް ނުލާ ގުނޭ އޭރުން ތިހިސާބު ކަމުދާނީ އޭރުން ޖަނަވަރީ 6 އަންނާނީ 2024 ގައި
އަލްޖިބްރާ ކައޭމެން ގެ ނޫހަކީ މިހާރު ނޫހެއްނު އެއީ ކައޭމެން ގެ މިލާދީނީ ސަރުކާރަށް ބައިއަތު ހިފައިގެން އުޅޭ ނޫހެއް މައިމެން ލާދީނީ ފިކުރާއި ދެކޮޅަށް ލިޔެލާ ކޮމެންޓެއް ޖަހާލަންވެސް ނުކެރޭ. އެވަރަށް ވިކިހުސްވެފައި ހަމަހަމަ ނޫސް ވެރިކަން. އަލްޖިބްރާ މެން ވަގުތުނޫހަށް ކޮމެންޓް ކޮށް މައިމެންނާއި ޒުވާބު ކެރާން ނަހައްދަވާ. ވ. ވެދުން
ޔާމިނު ގެއަށް ގެނެސްގެން ވަކި އަހަރެމެން ރައްޔިތުންނަށް ވާނެ މޮޅެއް އެބައޮތްތަ؟ ހުރިތާކު ބަހައްޓާ
ކިތަންމެ ފޮނެއް ބުރުވިޔަސް ތިދާނީ ހަވަޔައް އަރައިގެން.
ޔާމީނަށް ތާއީދުކުރާ 96000 ރައްޔިތުންނޯ އެއީ ބިރުދައްކައިގެން ވޯޓުދިން މީހުންގެ އަދަދުދޯ ތާއިދު އިތްވަރު ފެނޭ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުން އެތިބެނީ ނުކައި ނުބޮއި އިހުތިޖާޖުގަ
ވައްކަންކޮށްގެން ވަރަށް ގިނަމީހުން ޖަލަށް ލައިފަ އެބަތިބި
ޗިޗި މޮޔަވަނީ
ބަޢާވާތް ކުރުމުގެ އެންމެ އަޑީގައި ތިބީ އޭރުގަކަލޭމެން އެންމެން ވެގެން އެވަރެއް ނެތިގެން ކަލޭމެންގެ ކޮޑަށް ލައިގެން އުޅުނު މާމަތީ އިލްމުވެރިއެއް ! މިހާރު ވީގޮތް ފެނޭތަ ؟
ތިހާ ބާރެއް އޮތީވިއްޔާ ކޮން ޖަނަވަރީ އެއް ފެބްރުވަރީއެއް ؟ ތިޔައީ ކަލޭމެންގެ ޖަލްސާތަކުގައި ބައިވެރިވާ މަދު މީސްކޮޅުގެ ބޯކާލަން އަރުވާ އަޑެއް !
ތެދެއް ޖަލަކީ ނިކަމެތިންގެ ތަނެއް.
ޢެމް.އެމް.ޕީ.އާރު.ސީ ގެ ލާރި ބަނޑުއަޅައިގެން އުޅުނު ހުރި ހައި ވަގުންނޭވެ. ތިޔަބައި މީ ހުން ފިލަންނުދުވާ ހުށި. ދެންފަ ހެ، ތިޔަބައި މީ ހުންގެ މައްޗައް ހުކުމްކޮށް ޖަލުގޮޅިއަށް ގަޅާލުމުގެ ވަގުތު އައިސްފިކަން ކަށަވަރެވެ. އިބްރާ ހީމް މުޙައްމަދު ސާލިހ ހް ގެ ވެރިކަން ދިގުކުރައްވާ ގައުމައް ގައްދާރުވި ހުރި ހައި ވަގުން ހިފަައި ހައްޔަރު ކުރައްވައިފާދޭވެއެވެ.