އިދިކޮޅު ސިޔާސީ ހަރަކާތްތަކުން ބައެއް ފަރާތްތައް ފޭވާން ފަށައިފިކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ، ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތަކުން ތިބީ ވަރަށް ބަދަހިކޮށް ކަމަށް ވިދާޅުވި ނަމަވެސް، މިހާރު ފެންނަނީ އޭގެ ތެރެއިން ބައެއް ބޭފުޅުން ފޭވަމުންދާ މަންޒަރު ކަމަށެވެ.

އަބްދުﷲ ރިޔާޒް މަސައްކަތް ކުރެއްވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދަވަން ކަމަށާއި، އެކަމަށް ކުރެއްވި މަސައްކަތަށް ހިޔަނި އެޅުނު ހިސާބުން، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އަޑަށް ބާރުލާފައި ވާހަކަ ދައްކަވާތަން ނުފެންނަ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"މި ވީ ގޮތަކީ، ޤާސިމް އިބްރާހިމްގެ އެޑްވައިޒަރުންގެ ގޮތުގައި ޑރ.ޖަމީލް އާއި އުމަރު ނަސީރު އައްޔަން ކުރެއްވީމަ، ރިޔާޒްއަށް އެނގިއްޖެ ދެން ޖުމްހޫރީ ޕާޓީގެ ތެރެއިން ފުރުޞަތެއް ނެތްކަން." އަދުރޭ ވިދާޅުވިއެވެ.

މި ޤައުމަށް އޮތް އެންމެ މަސްލަހަތު އޮތް ގޮތަކީ ރައީސް ޔާމީނާ އެކުގައި ކުރިއަށް ވަޑައިގަތުން ކަމަށް ވިދާޅުވެ، އެންމެހާ ރައްޔިތުން ރައީސް ޔާމީނާ އެކުގައި ސާބިތު ތިއްބެވުމަށް އަދުރޭ ގޮވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮލިހިލާ

    ސިޔާސީ ހަމަނުޖެހުމާ ހެދި އިންވެސްޓްމަންޓް ލިބުން މަދުވެދާނެ ކަމަށް މޫޑީސް އިން ބުނުމުން ދެން ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ދަ ބަތާހަރާމީ އުސޫލުން ރާއްޖޭގެ އިގްތިސާދު ފުނޑާލަން ރަނޑު ޓްވީޓް ނުކޮށް ތަމެން ތިބެބަލަ ބަދިގޭގައި ހަނޑޫހޮވާލަ ހޮވާލާ ތަމެންނަށް ވެއްޓޭނެ ވެރިކަން ހުރޭތޭ ނުދަންނަން މަމެން އެކަމެއް. މަހަށް ދާން ޖެހޭނީ ދޯ. އެމެރިކާ އިންޑިއާ އަށް ކޮފީ ލާރޖް ކޮށް ބޯން ދެމުން ދާ ބަޔެއް މަމެން މީ ދެން ތަމެން ތިޔާއީ ދެން ވަރަށް ލިޓިލް ލިޓިލް މީހުންނޫންތޭ ރަންރީނދުލޭ މެންނަކީ ޓިނުން ހަދާފައި ހުންނަ ހަރުގެ ގަނޑެއްގެ ތެރޭގައި ތިބެގެން ދޯ ތަމެން ފެލެނީ ވެސް. އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއެވެ. ތިއަށް ވުރެން މާ ރަނގަޅު ވާނެ އެއް ނޫންތޭ ތަމެން މިއޮތް ނެސްޕްރޭ ހުސް ކުރި ދަޅު ހިފައިގެން ކުރު ސޯޓް ބުރި ލައިގެން ހުޅުދޫ ދިގު ފަރަށް ބޮލި ހިލަން ދިޔައިއްޔާ މާތާހިރު ވާނެ އެއް ނޫންތޭ މަމެން ބުނަން ނެތީމު ދޯ. ދަގަ ބޮލި ހިލަން. ބޮލިހިލާ ދޯ. ހާއްހަހަހާހާޙާހާ ހޮހޮހޮހޮހޮ...

  2. ކޮސް

    ޢަބްދުﷲ ރިޔާޒް ފުލުހުންގެ ފުލެޓްތައް ބަހާލާ ފުލެޓް ލިބުނު ލިޔުން ހިފައިގެން ގޮސް ފުލުހުންނޭ ކިޔާގެން ތެޅި އަރުވާނެކަމެއްނެތް ތި ތުއްތުދޮންބެ ކަންތައް ކުރި ގޮތް މިތާތިބި ފުލުހުންނަށް ވެސް އެނގޭ މީ ވަރަށް ވާހަކަ