ވިލިމާލެއިން މިއަދު ހުކުރު ނަމާދަށް ދިޔަފަހުން ވީނުވީތަނެއް ނޭނގިގެން މީހަކު ހޯދަން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ގެއްލިގެން ހޯދަމުން ދަނީ، ތ. ތިމަރަފުށީ ނައިންފަރު އިބްރާހީމް ޚަލީލް (41) އެވެ.

މިކަމާއި ގުޅިގެން ޚަލީލުގެ އާއިލާ އާއި ޙަވާލާދީ "ސަން އޮންލައިން"ގައި ބުނެފައިވަނީ، އެންމެފަހުން ޚަލީލު ފެނުނީ ވިލިމާލޭ "ގޯނބިލި ކެފޭ" އިން އޭނާގެ ރައްޓެއްސަކަށް ކަމަށާއި، ޚަލީލުގެ ފޯނު ނިއްވާލާފައިވާއިރު އޭނާ ގެއްލުނުއިރު ސިއްޙީ ހާލަތު ރަނގަޅު ކަމަށެވެ.

އާއިލާއިން ބުނެފައިވަނީ، އޭނާ ހޯދުމަށް އާއިލާއިން މަސައްކަތް ކޮށް ފެނިފައި ނުވާތީ، މިރޭ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

ޚަލީލުގެ އާއިލާ އިން ބުނިގޮތުގައި އޭނާ މިއަދު ލައިގެން ހުރީ ގަދަ ނޫކުލައިގެ ގަމީހަކާއި، ގަދަ މުށި ކުލައިގެ ފަޓުލޫނެކެވެ.

މިކަމާއި ގުޅޭގޮތުން އަދި ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ،

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމަދުސުލައިމާނު

    ނަޝީދުގެ ރޭވުމަކުން އޭނަ ވަގަށްނެގީކަމަށް ވަގުނޫހުން ތުހުމަތުމަތުކޮށް ޚަބަރުފަތުރަން ރަނގަޅުފުރުސަތެއް
    މީ!

    • ހުސޭނުބޭ

      ހަމަ ތިގޮތަށް ދިވެހި ސިފައިން، އެހެން ނޫނީ ޔާމީނު އަޑީގައި ހުރެ ކުރާ ކަމަކަށް ހަދާފައި އަޑު ފަތުރަން އެހެން ނޫސްތަކާ ޓީވީ ޗެނަލްތަކަށްވެސް ލިބިފައި އޮތް ފުރުސަތެއް މިއީ......... ނޭގޭނު މިހާރުވެސް މި ގޮވެލިފަތި ނުގޮވާކަމެއް!