ވަގަށް ނަގާފައިވާ ސައިކަލެއް ދުއްވާފައި ދިޔަ މީހަކު ފުލުހުން ރޭ ހިފަހައްޓައިފިއެވެ. ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައި ވަނީ ރޭ 00:40 އެހާކަންހާއިރު ކަމަށެވެ.

ފުލުހުން ވިދާޅުވީ ވަގަށްނަގާފައިވާ ސައިކަލު ދުއްވަމުން ދަނިކޮށް ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މިހާރު އެ ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ ދުއްވާފައި ދިޔަ ސައިކަލު މިހާރު އޭގެ ވެރިފަރާތާއި ހަވާލު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފަހަކަށް އައިސް ސައިކަލުގެ އިތުރުން ބައިސްކަލު ވަގަށް ނެގުމުގެ މައްސަލަ ވަނީ އިތުރުވެފައެވެ. މިއަހަރުގެ ފުރަތަމަ 6 މަހުގެ ތެރޭގައި ޖުމްލަ 401 ސައިކަލެއް ގެއްލިގެން ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ. އޭގެ ތެރެއިން 260 އަށްވުރެ ގިނަ ސައިކަލް މިހާރު ފުލުހުން ވަނީ ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބައިސްކަލޭ

    ދެންހަމަ ސައިކަލު ދުއްވާހިތުން ސައިކަލު ސައިކަލު ސައިކަލު ދެފާ ނޯންނަނީތަ ބައެއްފަހަރު ހިނގާލާފަ އުޅެން ދަސްކުރަން ޖެހޭ ދިވެހި ފިރިހެނުން!

  2. ޙަސަނު

    ޔަޤީންތަ ސައިކަލެއްކަން ޑްރަގް ވެއްޖިއްޔާ ޝައްކު ވާތީ އަހާލެވުނީ