ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު ކަމުން ދުރަށް ޖެހިވަޑައިގަތުމަކީ ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ބޮނޑި ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިގޮތަށް ވިދާޅުވެފައިވަނީ މިއަދު ކުރިއަށް ދިޔަ މަޖިލީސް ޖަލްސާގައި މަޑުއްވަރީ ދާއިރާ މެމްބަރު އާދަމް ޝަރީފު އުމަރު، އެމަނިކުފާނު ޖޭއެސްސީއިން ދުރަށް ވަޑައިގަތުމަށް ގޮވާލެއްވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުގެ ގޮތުންނެވެ.

"އެތަނުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ދުރަށް ވަޑައިގަތުމަކީ ރާއްޖޭގެ ޝަރުޢީ ނިޒާމު އިޞްލާޙުކުރުމަށް ކުރެވޭނެ އެންމެ ރަނގަޅު ކަންތައް. އެއީ މަނިކުފާނަކީ ސިޔާސީ ބޭފުޅަކަށްވެފައި ސިޔާސީ މަސައްކަތްކުރަން މިއަށްވުރެ ރަނގަޅު މަސައްކަތްކުރުމުގެ ފުރުޞަތުތައް މުސްތަޤުބަލުގައި އޮންނާނެތީ. މިދެބައި އެއްކޮށްގެން މަސައްކަތްކުރުން ރަނގަޅުކަމަށް އަޅުގަނޑަށް ނުފެންނާތީ" އާދަމް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނު ޖޭއެސްސީގައި އިންނަވައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ޝަރުއީ ދާއިރާ އިސްލާޙު ކުރުމަށް މަސައްކަތް ކުރާއްވާނެ ކަމަށެވެ.

"މިވަގުތު ޖޭއެސްސީގައި އަޅުގަނޑު އިން މަގާމުން ދުރަށް ޖެހުމަކީ، މިވަގުތު ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ބޮނޑި،" ނަޝީދު ވިދާޅުވިއެވެ.

ޖޭއެސްސީގައި ނަޝީދު އިންނަވަނީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިންނެވެ. އެގޮތުން ނަޝިދު ޖޭއެސްސީގައި އިންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ.

ޖޭއެސްސީގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިމަނައިގެން 11 މެމްބަރަކު ތިއްބަވައެވެ. އެގޮތުން ހިމެނެނީ ރައްޔިތުންގެ މަޖިލިސް ރައީސް، މަޖިލިހުން ކަނޑައަޅާ މެންބަރެއް، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް، ބަންޑާރަ ނައިބު، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރެއް، ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައި ކޯޓުން ކަނޑައަޅާ ފަނޑިޔާރަކާއި ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެއް އަދި އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ސައިއްޓޭ ރ އުނގޫފާރު

    އެހެންތާ ވާނީ މީނަގެބައިގަނޑު މިހާރު ވަރައްބޮޑުވާނެ އެމީހުންގެ ޑްރީމްއެއް މިރާެްއްޖޭގައި ފައްޅިއެޅުމާއި ހުރިހާދީނަކައް އެއްވެސް ތަފާތުކުރުމެއްނެތި އުޅެވޭނެ ދުވަހެއްފަހިވުން އެކަންވާން އޮތީ ތި ކައްޒާބް ތިމަޤާމްގައި އިނދެގެން

    42
    1
    • ހަހަހަހަހަ

      ކެކެކެކެކެ މިއިއްޗަކު ހީކުރާގޮތް އެހެރީ. ކަލޭ އޮވޭ ހުރިހާތާކަށް ދެދަޅާ ނިގުލާވެސް ބާނައިގެން. ކަލޭ ތީ ދީވާލްޕާ.

  2. މަހްމޫދު

    މިދެން ކާކު ؟ ކަލޭ ދުރުކުރަންވީ ޖޭއެސްސީ އިން ނޫން މި ގައުމުންވެސް ކަލޭ ފަހާ ބޭރު ކުރަންވީ .

    38
    2
  3. ދިލަ

    އެއީ ކޮން ބޮނޑިއެއް؟ މިހާރު ލިބިފަ އޮތް ބޮނޑިއަށްވުރެ ބޮޑު ބޮނޑިއެއް ލިބޭނެތަ ގައުމަކަށް؟ ރުޅިއަރުވަން ނޫޅޭ.

    34
    2
  4. ? ރޮނޑާ

    ދިވެހިންނައް ރަގަޅީ ދިވެހިންގެ ދަތް ދޮޅި ދުއްވާލަން ބުނި އާދަން ޝަރީފު މަޖުލީހުން އިސްތިއުފާ ދިނިއްޔާ. ކަލޭމެންގެ ބޭނުމެއް މަޖުލިހަކު ނެތް. ރ ފައިސާ ބޭކާރު ކުރަން ތިބި ދެ ތިން މީހުން.

    3
    37
    • Anonymous

      ރޮނޑާއަށް ހީވަނީ މިޤައުމުގަ ހަމައެކަނި ރައްޔިތުންނަކީ ރީދޫހުންޖެހިފަ ތިބި ބައިގަނޑުކަމަށްތަ ?

      6
      1
  5. ވެރިން

    ކަލޭ އެތާ އިނުން އެއީ މިގައުމަށް ލިބޭނެ އެންމެ ބޮޑު ބޮނޑި.އެބޮނޑި ލިބިފަ މިތިބީ

    32
    1
  6. ޙެހެހެ

    މިގަުމައްބޭނުންވަނީ އިސްލާމީ ޝަރީއަތް ކަލޭ އެތާހުރެގެން ެމއެކަމެއްނުވާނެ. ހެއޮނުވާނެ ގައުމު ހަލާކުނުކުރޭ.

    28
  7. ޛޒބސބ

    ކަލޭ އެތަނުގާވެސް މިތަނުގާވެސް އަދި މިރާއްޖޭގައިވެސް ނެތް ދުވަހަކުން ނޫނީ ރާއްޖެޔަށް ހަމަޖެހުމެއް ނެތް. ތީ މިގައުމަށް ޖެހިފައިވާ އެޗް.އައި.ވީ ވަރަސްއެއް.

    36
    1
  8. ކީލި

    ދެން ކަލޭ ސެކެ އްޓްރީ ކަމަށް ބުނެ ވެލެޒިނޭ އަނެ އްކާ ވެސް ތިތަނަށް ވަށްދާ ¿¿¿ ޭ ޢޭރުން ތިބުނާ ރަނގަޅު ބަދަލު ފެންނާަނެ . ާ

    13
  9. ޖަޒީރާ

    މުގާބެވެސް ތިހެންބުނި އޮބިއަޅާފަ މަގާމުންދުރުކުރީ އެގައުމުގެ ރައްޔިތުން ކިހާވަރަކުންދާނެބާ ރިޔާސީއިންތިހާބުގަ 50 ހާސްމީހުނެއްނުން ވޯޓުލާނީ ލައްކައިންމަތިން އިންތިހާބުތަކުގަ ސޫއޫދު އައްވެސް ދެންތިބި މީހުނައްވެސް ލެވެނީ އެއްވޯޓް އަހަރެއް ނިމުނީ ވީދަރަނީ ގައުމުފުނޑެނީ އިގްތިސާދީގޮތުންވެސް

    10
  10. ކެޔޮޅު

    ޖޭއެސްސީ ކަލޭވަކިނުވާތި އެއިރުން ދުނިޔެވެސް ފުނޑުފުނޑުވެދާނެ!

  11. އިސްލާޙް

    އެއީ ކޮންގޮތަކައް އިސްލާޙުކުރާވާހަކައެއްތޯ ދެއަތާ ފައިންޕުޅު ބާނުއްވައިގެން ކޯޓުތައް އިސްލާޙުކުރާވާހަކަތޯ އެގޮތައްއަޅުގަނޑުމެންނައްރަގަޅީ ކޯޓުތައްއިސްލާޙު ނުކުރިއްޔާ މުޅިއޮޑީގަ ހަސަނުގެދެފައޭ ބުނާހެން ހުރިހާކޯޓެއްގަކަލޭ ފުރަތަމަ ތިމާއިސްލާޙުވެގެންނު ތަނެއް އިސްލާޙުކުރެވޭނީ ތަނެއް އިސްލާހުކުރަންޏާ އާދަނުބުނިހެން އެތަނުން ދުރައްދާންއެބަޖެހޭ

  12. ނަސީދު

    މިއައްވުރެ ދެން ބޮޑު ބޮނޑިއެއް މިރައްއިތުންނަކައް ނުލިބޭނެ

    11
  13. މައިނާރު

    މިހާރުވެސް އެކެއްގެ މުށުތެރެއަށް ހުރިހާބާރެއް ދާތީކަންބޮޑުވާއިރު މަޖިލީހުގެ ރައީސްގެ
    މުށުތެރެއަށް ޖޭ އެސް ސީ އާ ޖޭ ޕީ އާ އެމް ޑީ ޕީ އާއި ޑީ އާރ ޕީ އާއި މިހެންގޮސް
    ކިޔާނެ ކަމެއްނެތް މުޅި މިޤައުމުގައި އޮންނަންވީ އަންނީގެ ދެފައި. ކުރާނެ ކަމެއްނެތް.ދުނިޔެ
    ނިމޭކަށް ދެންމާގިނަދުވަހެއްނެތް. މިފެންނަނީ އެކަމުގެ ޢަލާމާތްތައް.