ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ޙުސެއިން ޝަމީމް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޕީޖީގެ މަގާމް ހުސްވެފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި، އައިޝަތު ބިޝާމް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ބިޝާމް އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އޭނާ އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލިއެވެ. އެ ފުރުސަތުގައި ޝަމީމްވެސް އެ މަގާމަށް ކުރިމަތިލާފައި ވެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެ މަގާމަށް ޝަމީމް އައްޔަން ކުުރުމަށް ފާސްވީ ވޯޓްގައި ބައިވެރިވި، 74 މެންބަރުންގެ އިއްތިފާގުންނެވެ.

ޝަމީމް އެ މަގާމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ފޮނުއްވީ ޑިސެމްބަރު ދެ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ޝަމީމް ޕީޖީގެ މަގާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރިއިރު އޭނާގެ މައްސަލައެއް އޭސީސީ އަށް ވަނީ ހުށަހަޅާފައެވެ.

ޝަމީމާއި ގުޅޭ ގޮތުން ހުށަހަޅާފައި ވަނީ ކުރިން އޭނާ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމުގައި ހުންނެވިއިރު މަގާމުގެ ނުފޫޒުން، މައްސަލައެއްގައި ދައުވާ ނުކުރަން ޝަމީމް ނިންމެވި ކަމަށް ބުނާ މައްސަލައެކެވެ. ނަމަވެސް އެނާގެ މައްޗަށް ކުރެވޭ ތުހުމަތު ޝަމީމް ވަނީ ދޮގު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާރީ

    ރަބަރުތައްގަނޑު

  2. ނަސްރުﷲ

    މޑޕ މުށުތެރެއައް ހުރިހާ ކޯޓެއް ދެން ކިޔާނީ އެޅިހާ ބަތަކައް ރިހަ އޯކޭ!!!!! އޯކޭވާނެ