ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅެއް ކަމަށްވާ ހުސްނުއް ސުއޫދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެެވެ.

ސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ފާސްކޮށްފައި ވަނީ، 64 މެންބަރުން ވޯޓުންނެވެ.

މިއަދު މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހުސްނުއް ސުއޫދު އައްޔަން ކުރުމާއި ގުޅޭގޮތުން ތައްޔާރު ކުރި ރިޕޯޓަށް ބަހުސް ކުރަމުން، އިދިކޮޅު ޕީއެންސީގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެފައި ވަނީ ހުސްނުއް ސުއޫދަކީ އެމަގާމަށް އައްޔަން ކުރެވޭފަދަ ޒިންމާދާރު ބޭޅެއް ނޫން ކަމަށެވެ. އަދި ހުސްނުއް ސުއޫދު ރައީސެއް މަގާމުގައި ހުންނަ މަރުކޮމިޝަނުން މުހިންމު މައްސަލައެއް އަދިވެސް ވީނުވީއެއް ނޭންގިފައި އޮތް ކަމަށާއި، އެކަމުން ދޭހަ ވަނީ ޒިންމާދާރުކަން ކުޑަކަން ކަމަށް އޭނާ ވިދާލުވިއެވެ.

މީގެ އިތުރުން އޭނާ ވަނީ ހުސްނުއް ސުއޫދަކީ ސިޔާސީ ބޭފުޅެއްކަން ފާހަގަ ކުރައްވައި، އެމަނިކުފާނަކީ އެމަގާމަށް އެކަށީގެންވާ ބޭފުޅެއް ނޫންކަމަށް ވިދާޅުވެފައެވެ.

ސުއޫދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ޖުޑީޝިއަލް ސާވިން ކޮމިޝަންގެ ލަފަޔަކަށް އެދިވަޑައިގެން ނަން ފޮނުވީ މިދިޔަ މަހުގެ 28 ދުވަހުއެވެ.

ސުއޫދަކީ، ސިޔާސީ ބައެއް ބޭފުޅުންގެ ކެމްޕޭން ތަކުގައި ބައިވެރިވުމުގެ އިތުރުން، ސިޔާސީ ބޭފުޅުންނާއި ދެކޮޅަށް ޓްވީޓް ކުރައްވަމުންގެންދަވާ ބޭފުޅެކެވެ.

އޭގެ އިތުރުން އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭންގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

އަދި ސުއޫދަކީ ރައީސް ސާލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް އެވެ.

ސުއޫދު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަންޑާރަނައިބު ކަން ވެސް ކުރައްވާފައެވެ.

މިއީ ރާއްޖޭގެ ތާރީހުގައިވެސް ސުޕްރީމް ކޯޓަށް ސިޔާސީ ބޭފުޅަކު އައްޔަން ކުރާ ފުރަތަމަ ފަހަރެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ގައުމީލޭ

  ސޫދުގެ ލަދުހަޔާތް ކުޑަކަންވެސް ކުޑަކަމޭ އަހަރެން ހިތައް އަރަނި. ބަޔަކު އަދި އޭނަ ފަނޑިޔާރުކަމަށް އައްޔަން ކުރަން އުޅުނު ކަމުގަވިޔަސް އޭނައަށްވެސް އިނގޭނެދޯ ތިމާމީ ސިޔާސީ ޕޯޑިޔަމްތަކުގަ ދާދި މިދާކަށް ދުވަހާ ހަމައަށްވެސް އެޖެންޑާ 19ގެ ހިސާނުމެން ކެންޕޭނުގަ އުޅުނު މީހެއްކަން. އަދި ފަނޑިޔާރުގެ ސިޔާސީ ނުކުރުމަށް އެންމެ ބޮޑަށް ވަކާލާތުކުރި އެކަކީ ތިމާކަންވެސް. ދެންކިހިނެއް މިކަހަލަ މީހުން ފަނޑިޔާރުގެއަށް ލައިގެން އިންސާފުލިބޭނީ؟ ފަންނީ އަޚްލާގުގެ ކަންފުޅެއްވެސް ސޫދު ކިބައިގަ ހުރި ނަމަ މިއަދު އޭނަ ފަނޑިޔާރުގެއަށް ނުވަނީސް.

  28
  2
 2. ލަނދާރު

  ފަނޑިޔާރުގެއައް މިވަރައް ސިޔާސީމީހުންވައްދައިގެން މުޅި ފަނޑިޔާރުގެ ހަލާކު ކުރަމުންދާއިރު ކޮބާތައެކިޔާ ބާރ ކައުންސިލްގެރައީސް ނިދާފަތަ ނޫނީ ހޭނެތިފަތަ

  13
 3. މިއަދު

  19 ވަނަ މަޖިލިހުގައި ތަންދޮރުނުދަންނަ މީހުންތަކެއްތިގެން ވިއަސް ތަންދޮރުދަން މީހުންތަކެއް އެހިމެނޭގޮތަށް ސްޕަރމެޖޯރިޓީ އޮތް އެމްޑީޕީގެ މިވެރިކަމުގައި މިފެށީ ޖުޑިސަރީގެ މިނިވަންކަން ގެއްލުވާލުމުގެ އައުސަފްޙާއެއްލިއަން ދެންމިއެތިދާނިކުރިއަށް މިއީ ރައިސްޔާމީނުގެ މައްސަލަ ސްޕްރިންކޯޓަށް ދިއުމުގެ ކުރިން އެމްޑީޕީން ވ ބޮޑަށްޭނުންވެގެންކުރިކަމެއް މިހާރު މިގައުމުމިއޮތީ ސިޔާސީގޮތުން އަތްނުފޯރާދަރަޖައަށް ހުރިހާކަމެއްބޮއްސުންލައިގެންގޮސްނިމިފައި

  11
 4. ފާރޫގް

  މި ސަރުކާރަކީ ތިޔަހެން ކިޔާ އެއްޗަކަށް ބަލާނެ ސަރުކާރެއްނުން.ގައުމު ހަމަ މަގަށް އަޅުވާލެވޭނީ އަނެއްކާވެސް 2023 ގަ ވޯޓަކުން.ވެރިކަމަށް ގެނެވުނު ބަޔެއްގެ ސަބަބުން އުންނީދު ފެނަށް ގޮއްސި.މިވަރުގެ ވެރިކަމެއް އަދި ނުދެކެން.

  13
 5. އިކްލީލް

  އަޅުގަނޑު ހަމަ ހިތަށް ވެރިވަނީ 2018 ގެ ރިޔާސީ އިންތިޚާބުގައި ޔާމީން ޢަބްދުލްޤައްޔޫމު ދެއްކެވި ވާހަކަފުޅުތަކެވެ. ވަކި ދާއިރައެއް ތަފާތެއްނެތި ވިދާޅުވީހާ ކަންކން މިދަނީ ލޯކުރިމަތިން ސާފުކޮށް ފެންނަމުންނެވެ. ރާއްޖެ ބޮޑުތަނުން ދަރަނިވެރިވާނޭވާހަކަ ، އިޤްތިޞާދީ ދުވެލި ހުއްޓޭނޭ ވާހަކަ ، ތަރައްޤީ މަޑުޖެހޭނޭ ވާހަކަ ، ދައުލަތުގެ މުޅި އާމުދަނީ ޢާއިލާއަށް ބަހާ ހުސްކުރާނޭ ވާހަކަ ، ދައުލަތަށް އާމުދަނީ ހޯދާނޭގޮތެއް ނުއެގި ޓެކްސްތަށް އިތުރުކޮށް ރައްޔިތުން ފެލާނޭ ވާހަކަ ، ޚިދުމަތްތައް އަގުބޮޑުވާނޭ ވާހަކަ ، ޞިއްޙީދާއިރާއާ ތަޢުލީމީ ދާއިރާ ބޮއްސުންލާނޭ ވާހަކަ ، މިނިވަންކަމަށް ބުރޫއަރާނޭ ވާހަކަ ، އިސްލާމްދީނަށް ގޮންޖަހާނޭ ވާހަކަ ، ޢަދުލު އިންޞާފްގެ ދާއިރާ މުށުތެރެޔަށް ލާނޭ ވާހަކަ، މިހުރީ ސާފްބަހުން ޔާމީން ރައްޔިތުންނަށް ވިސްނައިދެވޭތޯ ދެއްކެވި ވާހަކަފުޅުތަކެވެ.

  19
  1
 6. ބުނަން.....

  މި ސަރުކާރު މިގޮތަށް އޮތިއްޔާއީ، މިކަހަލަ ޚުދުމުޚުތާރު، ލާއިންސާނީ އަދި ލާދީނީ އެތަށްކަމެއް މި ރާއްޖޭގެ ތާރީޚުގައި "ފުރަތަމަ ފަހަރަށް" ހިންގައި އެޙަބަރުތައް ނޫސްތަކުގެ ފަލަސުރުޚީއްށް އަރުމުންދާނެ، "ތޯތޯ ނުކުރަނި މުޖައްރިބު"

 7. ސަލާމަތީ ބިންތް ހަސަނިން

  މޑޕ ގެ ޕަޕެޓް ފަނޑިޔާރަކަށް ސުއޫދަކީ އިންސާފޭ ކިޔާފަ އަނގަހުޅުވޭނެ މީހެއްނޫން މީބޮޑު ..........ލެއް މިގައުމުގެ ހަލާކު މިއޮތީ އައިސް ޖެހިފަ ދުވަސްކޮޅަކުން ދަހޭގްގެ ފޑިޔާރަކަށް މިވެރިން ގެންދާނެ ލޮލް

 8. ޢަލީ އާރިފް

  ސުރުޙީގައިވާ ކުށެއް އިސްލާޙް ކޮށްލުމަށް ދަންނަވަން.
  ކުރިން ސުޕްރީމް ކޯޓުގައި ފަނޑިޔާރެއްގެ ގޮތުގައި މަސައް ކަތް ކުރެއްވި އަބުދުއްﷲ ޑީޑީ އަ ކީވެސް ސިޔާސީ އެ ކްޓިވިސްޓެއް، ނިމިދިޔަ ސަރު ކާރަށް އިންތިހާބުތަކުގައި ބުރަ ކޮށް ކެމްޕެއިން ކޮށްދެއްވުމުގައި އަތޮޅުތެރޭ ހަރަކާތްތެރިވި ކަމުގެ ސާބިތުހެކި ފެންނަން އެހުރީ. މިކޮމެންޓް ޖަހާލަދެއްޗެ

  1
  2