އުއްތަމަ ފަނޑިޔާރުކަމަށް އަހުމަދު މުއުތަސިމް އަދުނާން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މުއްތަސިމް އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރުމަށް ނިންމާފައި ވަނީ 68 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އުއްތަމަ ފަނޑިޔާރުގެ މަގާމަށް އޭނާ އައްޔަން ކުރުމަށް ނިންމާފައި ވަނީއިދިކޮޅު ހުރިހާ މެންބަރުންގެ ވެސް ތާއީދާއި އެކުއެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެފައި ވަނީ އޭރު އެމަގާމުގައި ހުންނެވި އަހުމަދު އަބްދުﷲ ދީދީ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ އުއްތަމަފަނޑިޔާރުގެ މަގާމަށް މުއުތަސިމް އަދުނާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް މިއަދު މަޖިލީހުން ފާސްކުރި ގާނޫނީ ވަކީލް ހުސްނުއްސުއޫދު އައްޔަން ކުރުމަކީ އެކޮމިޝަނުން "ހައިލީ ރިކޮމެންޑް" ކުރާ ދެބޭފުޅުން ކަމަށެވެ.

އުއްތަމަފަނޑިޔާރުގެ މަގާމަށް މުއުތަސިމް އަދުނާނު އައްޔަނުކުރުމަށާއި، ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ހުސްނުއްސުއޫދާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އައްޔަނުކުރުމަށް ޖޭއެސްސީގެ ލަފައަކަށް އެދި ރައީސް ޞާލިހް ފޮނުއްވީ ނޮވެމްބަރު 28 ވަނަ ދުވަހުއެވެ.