ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ވަރުގަދަ އެކްޓިވިސްޓަކަށް ރޭގެ ވަގުތެއްގައި މަރުގެ އިންޒާރެއް ދިން މައްސަލައެއް އޭނާ ފުލުހަށް ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ޙަރަކާތްތަކުގައާއި، ކެމްޕެއިންތަކުގައި ވަރަށް އިސްކޮށް އުޅޭ، އަދި މީސްމީޑިއާގައިވެސް އެޕާޓީ ޕްރޮމޯޓް ކުރާ ފަރާތެއް ކަމަށްވާ 'ނައުޓީ' އަށް ރޭ ބަޔަކު މަރުގެ އިންޒާރު ދީފައިވަނީ ރޭ 23:40 އެހާކަށްހާއިރު އޭނާ މަޖީދީމަގު ޔޫރޯ ސްޓޯރް ކުރިމަތީގައި ސައިކަލް ޕާކް ކުރަނިކޮށް، ސައިކަލެއްގައި އައި 2 މީހެއް ކަމަށް އޭނާ ބުންޏެވެ. އެ ދެ މީހަކު އޭނާ ކައިރިއަށް ގޮސް "ކަލޭ ހޯ ނައުޓީ އަކީ؟ ދީނޭ ދީނޭ ކިޔާފަ ޓްވީޓް ކުރަނީ، އައްޑޫގައި ހުއްޓަސް މަރާލާނެ" ކަމަށް ބުނެ، އޭނާ އަށް މަރުގެ އިންޒާރު ދީފައިވާ ކަމަށް ނައުޓީ ބުންޏެވެ.

އެ މައްސަލަ އޭނާ ވަނީ ރޭ ފުލުސް އޮފީހަށް ހުށަހަޅާފައެވެ. އެކަމާ ގުޅޭގޮތުން ނައުޓީ ބުނީ އޭނާ އަކީ އެއްވެސް އިރެއްގައި އިސްލާމް ދީނާ ބެހި އުޅޭ މީހެއް ނޫން ކަމަށެވެ. "އިސްލާމް ދީނަކީ މަގޭވެސް ދީން. ސިޔާސީ މަގްސަދެއް ނެތި މަށަކަށް މަރުގެ އިންޒާރެއް ނުދޭނެ،" ނައުޓީ ބުންޏެވެ. ނައުޓީ އަށް މަރުގެ އިންޒާރު ދިނުމާއި ގުޅިގެން އެމްޑީޕީގެ ބައެއް އިސް ފަރާތްތަކާއި، މަޖިލިސް މެންބަރުންވެސް ވަނީ އެ މައްސަލަ ފުރިހަމަޔަށް ތަހުގީގުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

ނިމިދަޔަ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދުގެ ކެމްޕެއިނާއި، ފަހުން އިބްރާހީމް މުހައްމަދު ޞާލިހު އަށް އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގަތުމުން އޭނާގެ ރިޔާސީ ކެމްޕެއިން ޙަރަކާތްތަކުގައިވެސް ނައުޓީ ވަނީ އެކްޓިވިސްޓެއްގެ ހައިސިއްޔަތުން ބޮޑު ރޯލެއް ކުޅެފައެވެ. ދާދި ފަހުން ބޭއްވި އެމްޑީޕީގެ ލީޑާޝިޕް އިންތިޚާބުގައި އޭނާ ކެމްޕެއިން ކުރި އަސްލަމް ވަނީ އެ ޕާޓީގެ ނައިބު ރައީސަކު ހޮވުމަށް ބޭއްވި ވޯޓުގައި، ރައީސް އޮފީހުގެ މިނިސްޓަރު، ޝިފާޒް އާއި ވާދަކޮށް ބަލިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޖައްރާފު

  ތިޔައިންޒާރަށްވުރެ މާ މުހިއްމު ޓެކުސީ ޑުރައިވަރު މަރާލިމީހުން ހޯދުން މިކަމާތެޅި ނުގަނެ އަމިއްލަަ ޕާޓީ އިސްކުރަނީ ކީއްވެ؟

  75
  3
 2. ާައަސްލަމް

  ނައުޓީ ހާދަ ފިނޑިއެ މަނަމަ ނުދާނަން ޕޮލި ހަކަށް މީ ހަކު މެރީމަ އެމީ ހަކު ނު ހޯދޭއިރު އިންޒާރެއް ދިނީމަ މީ ހަކު ހޯދޭނެ

  53
  2
 3. ރަދީފް

  މިދެން ކާކުތަ؟ ހިތަދޫ ބޭންޑެއްގަ ގިޓާ ހިފައިގެން އުޅެފަ ދެންމީނަވެސް މީ ސިޔާސީ މީހެކޯ.ކެކެކެކެއައްޑޫ ބޮނޑި އެއީ ވަރަށް މީރުއެއްޗެއް.

  28
  3
 4. ޖައުފަރު

  އެމް ޑީ ޕީ ވީމަ ޚާއްޞަ ވާކަށް ނުޖެހޭ

  26
  2
 5. ޢަލީ

  އާނ! ތިމައްސަލަ ވަރަށް ރަނގަޅަށް ބަލަންވާނެ، ތީ ކޮންމެހެންވެސް ބަލަންޖެހޭނެ މައްސަލައެއް އަދި ބެލޭނެ މައްސަލައެއް، ތީގެ ކެމެރާ ފްޓޭޖްވެސް ފެންނަންހުންނާނެ.

  24
  3
 6. ސަޓޯ

  ތެޅޭ ވައްތަރުން ދޯ އިންޒާރު ދެނީ... ކަލޭބޭނުންހާ އެއްޗެއްކިޔަންޔާ އެހެން މީހުންގެ އަނގަވެސް އޮންނާނެކަން ދަނެގެން އަނގަތަޅާނީ... ނެގެޓިވް ފީޑްބެކެއް ލިބޭ އިރަށް ބިރުން ފުލުސް އޮފީހަށް... ތިކަހަލަ ފިނޑިން އޮވޭ ގޭގަ..

 7. ޖޯބެ

  އެމްސީ ހަމީދުގެ ފިޔަގަނޑު ދަށުގަ އޮތަސް މަރު އައިސް ޖެހުނީމަ ކަލެއަކަށް އެއްވެސް ފަރާތަކުން ހިމާޔަތެއް ނުލިބޭނެ... ސިއްހަތައް ބަލައިގެން އުޅޭ.